ޔަމަނުގައި ހިންގާ އަލްގައިދާގެ ގޮފީގެ ލީޑަރު ގާސިމް އަލް ރީމީ. --ފޮޓޯ:އޭއެފްޕީ
07 ފެބުރުއަރީ 2020 - 15:54
ސަންއާ (ފެބްރުއަރީ 7) - އެމެރިކާ އިން ވައިގެ ހަމަލާދީ އެރޭބިއަން ޕެނިންސުލާގެ އަލްގައިދާ ލީޑަރު ގާސިމް އަލް ރީމީ މަރާލާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ޖިހާދީ ޖަމާއަތުގެ ލީޑަރުކަން ކުރާ ރީމީ މަރާލީ، ވައިޓް ހައުސް އިން ބުނި ގޮތުގައި، ޔަމަނުގައި އެމެރިކާ ސިފައިން ހިންގި އަސްކަރީ އޮޕަރޭޝެއްގަ އެވެ. ނަމަވެސް އޭނާ މަރާލި އިރެއް ނުބުނެ އެވެ. ދެހާހުގެ އަހަރުތަކުގައި ހުޅަނގުގެ ބައެއް ގައުމުތަކުގައި ދިން ހަމަލާތަކުގެ ފަހަތުގައި ހުރީ އަލް ރީމީ އެވެ.
ރީމީ ތަމްރީނު ހޯދާފައި ވަނީ 1990 ގެ އަހަރުތަކުގައި އަފްޣާނިސްތާނުގެ އަލްގައިދާ ކޭމްޕަކުންނެވެ. އޭނާ ޔަމަނަށް ދިޔައީ 2004 ވަނަ އަހަރު އެވެ. ޔަމަނުގެ ވެރިރަށުގައި ފަސް އެމްބަސީއަކަށް ހަމަލާ ދިނުމުގެ ކުށުގައި އޭނާ ވަނީ ފަސް އަހަރަށް ޖަލަށްލައިފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ޔަމަނުގައި އަލްގައިދާ އިން ހިންގާ ހުރިހާ އޮޕަރޭޝަނެއްގެ އެންމެ އިސް މޭސްތިރިޔާގެ ގޮތުގައި ހަރާކާތްތެރިވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިއީ
08 February 2020
ތިއީ މުސްލިމުންނެއް ނޫން. ހަމަ ޙަވާރިޖުން.
ސަޅި ބައިސާ
07 February 2020
ތިއީ އިސްލާމްދީނަށް ހުތުރު އަރުވަންއުޅޭ ބައިގަނޑެއް. ޖިހާދު ކުރުމުގެ ނަމުގަ ފަސާދަކުރާ ބައިގަނޑެއް.