ހައި ކޯޓް: އެ ކޯޓުގެ ދެ ގޮފީގެ ޝަރީއަތްތައް އެއްފަހަރާ މާދަމާ ހިންގާނެ -- ފޮޓޯ/މިހާރު
07 ފެބުރުއަރީ 2020 - 21:31
ހައި ކޯޓުގެ ދެކުނާއި އުތުރު ގޮފީގެ ޝަރީއަތް އެއް ވަގުތެއްގައި ފުރަތަމަ ފަހަރަށް މާދަމާ ހިންގަން ނިންމައިފި އެވެ.
އައްޑޫ އާއި ހދ. ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ހައި ކޯޓުގެ ދެ ގޮފީގެ ޝަރީއަތް މީގެ ކުރިން ހިންގަނީ ކޮންމެ ގޮތްޕަކަށް ފަނޑިޔާރުންގެ ވަފުދެއް ވަކިން ގޮސްގެންނެވެ. އެގޮތަށް ފަނޑިޔާރުންގެ ވަފުދުތައް ޒިޔާރަތްކުރަނީ ވެސް ފަހަރަކު ގޮތްޕަކަށެވެ.
އެކަމަކު މާދަމާ އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދެ ގޮފީގެ ޝަރީއަތްތައް އެއްކޮށް ހިންގާނެ ކަމަށް ހައި ކޯޓުން ބުންޏެވެ. އެ ކޯޓުން ބުނީ ޝަރީއަތްތައް ހިންގުމަށްޓަކައި ފަނޑިޔާރުންގެ ދެ ވަފުދެއް އައްޑޫ އާއި ކުޅުދުއްފުށްޓަށް މިހާރު ގޮސްފައިވާ ކަމަށެވެ.
ހައި ކޯޓުގެ ދެ ގޮފި ގާއިމުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާ އެކު ފުރަތަމަ ހަމަޖެއްސީ ކޮންމެ ގޮތްޕެއްގައި ތިން ފަނޑިޔާރުން ދާއިމީކޮށް ތިބޭ ގޮތަށެވެ. އެކަމަކު އެގޮތަށް ހެދުމުން އޭރު ނުވަ ފަނޑިޔާރުންގެ ބެންޗެއް އޮތް މާލޭގެ ހައި ކޯޓަށް ފަނޑިޔާރުން ދަތިކަން ކުރިމަތިވި އެވެ. އެހެންވެ، ފަނޑިޔާރުން ދާއިމީކޮށް ގޮފިތަކުގައި ނުތިބޭ ގޮތަށް ސުޕްރީމް ކޯޓުން ފަހުން ވަނީ ހަމަޖައްސައިފަ އެވެ.
އޭގެފަހުން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ހައި ކޯޓުގައި މިހާރު 11 ފަނޑިޔާރުން ތިއްބަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން މޫސާ އަލީ
08 February 2020
ހައިކޯޓުގެ އިސްފަނޑިޔާރުގެ ހަތް މައްސަލަ ޖޭއެސްސީގައި ޕާކުކޮށްފައި
ސުލެއިމާން
08 February 2020
ގޮފީގެ ޝަރިއަތަކީ މިހާރު ހައިކޯޓުގެ ފަނޑިޔާރުންގެ ޕިކްނިކެއް. ހައެއްކަ ނިހާއީ މަައްސަލަ ހިފައިގެން ދެ ކޮޅުން ދެ ވީކެންޑް ލިބޭ ގޮތަށް ދައުލަތުގެ ފައިސާއިން ބޭނުން ސްޓާފުންކޮޅެއް ހޮވާލައިގެން ގޮސް މަޖާކުރަނީ. ތަރިކައިގެ ބޮޑެތި މައްސަލަތައް ހުރީ ހުރި ގޮތަށް. މަދަނީ މައްސަލަތައް ހުރީ ހުރި ގޮތަށް. އެކަމަކު ދެ މަހުން ދެ މަހުން ގޮސް މަޖާ ކުރޭ، ފޯއްމުލަކަށްވެސް ދޭ ހަމަ މަޖާކުރަން
ޒިޔާދު މޫސާ
08 February 2020
ތިއީ ވަރަށް ބޮޑު ތެދެއް. ދެކުނުގަ ޝަރީއަތް އޮންނަނީ ޝަންގްރިއްލާ ބްރިޖުމަތީ.. މިހާރުވެސް އެތާ އެބަތިބި ހައިކޯޓު މުވައްޒަފުންނާ ފަނޑިޔާރުން ފޮޓޯ ނަގަން
ޤަބީލާ
08 February 2020
ފަނޑިޔާރުން ވެއްޖިއްޔާ މަޖާ ނުކުރެވޭތަ؟
ކިޔު
09 February 2020
އެތެރޭގަ ހުރެގެން ފިތުނަ ވާހަކަ ފެތުރުން ރަނގަޅެއްނޫން.
ދަގެތި
08 February 2020
ފަނޑިޔާރުން ގިނަވުމަކުން ލިބުނު ފައިދާ އެެއް ނެތް..މައްސަލަ ތަށް ހުރީ ތާށި ވެފައެވެ.
ގަޑުބަޑު
08 February 2020
މަޖާ ކުރަން ނޫޅެ ތި ތާންގާ ހުރި ކަންތަށް ތަށް ނިންމަން އުޅެ ބަލަ...