ބާސެލޯނާގެ މެޗެއްގެ ތެރެއިން މެސީ (ވ) އަށް ގާޑިއޯލާ ބުނެދެނީ.-- ފޮޓޯ: އޭއެފްޕީ
08 ފެބުރުއަރީ 2020 - 09:11
މެންޗެސްޓާ (ފެބްރުއަރީ 8) - އެދޭ ގޮތަކީ ލިއޮނަލް މެސީ ބާސެލޯނާގައި މަޑުކުރުން ކަމަށް، އޭނާ އަށް ކުރިން ބާސެލޯނާގައި ކޯޗުކޮށްދިން މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލް އާއި މެސީއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާއިރު، މި ސީޒަން ނިމުމުން މެސީ ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކޮށްފާނެ ކަމުގެ އަޑުތައް މީޑިއާގައި ވަނީ ގަދަވެފަ އެވެ. މެސީ ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރަމުން އަންނަ އެއް ކްލަބަކީ ސިޓީ އެވެ. އެކަމަކު އެ ޓީމުގެ ކޯޗު ގާޑިއޯލާ ބޭނުންވަނީ މެސީ ބާސެލޯނާގައި މަޑުކުރާށެވެ.
"އޭނަ (މެސީ) ބާސެލޯނާގައި މަޑުކުރާނެ. އެއީ އަހަރެން ބޭނުންވާ ގޮތް. ކުރިން ވެސް ބުނިހެން އަހަރެން ބޭނުމެއް ނޫން އެހެން ކްލަބްތަކުގެ ކުޅުންތެރިންނާ ބެހޭ ވާހަކަ ދައްކާކަށް. އެކަމަކު މެސީއާ ބެހޭގޮތުން އެއްޗެއް ބުނާނަމަ އަހަރެންގެ ނަޒަރުގައި އޭނާ ކެރިއަރު ނިންމާލާނީ ބާސެލޯނާގައި ހުރެ،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ 2008 އިން 2012 އަށް ބާސެލޯނާ އަށް ކޯޗުކޮށްދިންއިރު އެ ޓީމާ އެކު އޭނާ ވަނީ 14 ތަށި އުފުލާލައިފަ އެވެ. އޭގެ ތެރޭގައި ދެ ޗެމްޕިއަންސް ލީގު ވެސް ހިމެނެ އެވެ. އުމުރުން 32 އަހަރުގެ މެސީ ވަނީ ގާޑިއޯލާގެ ކޯޗުކަމުގައި ގިނަ އިންޑިވިޖުއަލް ކާމިޔާބީތައް ވެސް ހޯދައިފަ އެވެ. ކޯޗިން ކެރިއަރުގައި އަދި އެއް ފަހަރު މެސީއާ އެކު މަސައްކަތްކޮށްލުމުގެ ޝައުގުވެރިކަން ގެންގުޅޭ ކަމަށް މީގެ ކުރިން ގާޑިއޯލާ ވަނީ ބުނެފަ އެވެ.
މެސީ އެންމެ ފަހުން ބާސެލޯނާއާ އެކު ހެދި ކޮންޓްރެކްޓް ހަމަވާނީ 2021 ގަ އެވެ. މި ކޮންޓްރެކްޓުގެ ދަށުން އޭނާ އަށް މި ސީޒަން ނިމުމުން އެހެން ކްލަބަކަށް ބަދަލުމުގެ ފުރުސަތު ލިބެ އެވެ. އެއްބަސްވުމުގެ މި މާއްދާގެ ބޭނުންހިފައި އެކި ކްލަބްތަކުން އަންނަނީ މެސީ ގެނެވޭތޯ މަސައްކަތްކުރަމުންނެވެ. ސިޓީ އަކީ މެސީ ގެންނަން އެންމެ ބޮޑަށް މީގެ ކުރިން ވެސް މަސައްކަތްކޮށްފައިވާ ކްލަބެވެ.
ސިޓީގެ ޑިރެކްޓާ އޮފް ފުޓްބޯލް އަދި ބާސެލޯނާގެ ކުރީގެ ޑިރެކްޓަރު ޓިކްސީ ބެގިރިސްޓެއިން ގާތުގައި މެސީ ލިބޭނެ ގޮތެއް އޮތްތޯ ކޮންމެ ޓްރާންސްފާ މާކެޓެއްގައި އޮޅުންފިލުވާ ކަމަށް ދާދި ފަހުން ސިޓީގެ ޗެއާމަން ހަލްދޫން އަލް މުބާރަކް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހާރެހެންދި
08 February 2020
ތީ ހަމަ އެންމެ ރަނގަޅު ގޮތް! އެހެން ޓީމަކަށް ގޮސްގެން ނުކުޅެވޭނެ ކަން ގާޑިއޯލާއަށް އިނގޭ! މެސީ ލަދެއްގަ ބެދެން ބޭނުން ނޫންނަމަ ނަމަ ނަމަ އެހެން ޓީމަކަށް ނުދާތި! ސީއާރ އަށް ވިޔަސް މެސީއަކަށް އެކަމެއް ނުވާނެ
އަސަރޭ
08 February 2020
ދެން އެހެންވެއްޖެއްޔާ ބަލާބަލަ އިނގިރޭސި ގަދަ ހަތަރުޓީމުކޮޅައް މެސީތޯ ގިނަ ގޯލްޖަހާފަ އޮތީ ނުވަތަ ސީއާރުތޯ، ހެޔޮ ދެލޯ ފުޅާކޮށްފަ ބެލިޔަސް
Aliumar
08 February 2020
މެސީއާ އަޅުވާ ކިޔޭ ފެންވަރެއް ހުރި ސޮރެއް ނޫނޭ ތި ސީއާރުއަކީ.
ޖޯލިފަތި ރެހެންދި
09 February 2020
މަހާރެހެންދި ކޮމެންޓްކުރީ ހަމަހޭގައި ހުރެގެންބާ .
ރަދީފްް
08 February 2020
ހަހަ. މެސީ މުސްކުޅިވެ ތަރި އޮއްސިފަވާކަން ޕެޕްވެސް ގަބޫލުކުރޭ. ސިޓީ ކަހަލަ ހުރިހާ ތަށްޓަކަށް ކުޅޭ ކްލަބެއްގަ ކުޅޭވަރަށްވުރެ މެސީ މުސްކުޅި. އަދި އިނގިރޭސި ޓީމުތަކުން ކުޅެންޖެހޭ މުބާރާތްތައް ގިނަވުމުން އެކަން ތަޖުރިބާ ކޮށްފައި ނެތް، މުޅި އުމުރު ވަން ހޯސް ރޭހެއްގައި ކުޅުނު، މުސްކުޅި ކުޅުންތެރިއަކަށް ޕްރެޝަރ ހޭންޑްލްއެއް ނުކުރެވޭނެ. ސިޓީގެ ފޭނުން ކަޑަވިޔަސް ޕެޕްގެ ވިސްނުން ރަނގަޅު
މެސީ
08 February 2020
ސިޓީގެ ފޭނުން ކަޑަވާންވީ ކީއްވެ؟
އިންސާފް
08 February 2020
ކަޑަ ވާންވީ އެއްވެސްް ސަބަބެއް ނެއް