ރޭޕްއާ ދެކޮޅަށް އިންޑިއާގައި މުޒާހަރާ ކުރަނީ. --ފޮޓޯ:ގެޓީ އިމޭޖަސް
08 ފެބުރުއަރީ 2020 - 17:15
ނިއު ދިއްލީ (ފެބްރުއަރީ 8) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ އެމެރިކާ އެމްބަސީގެ ގޯތި ތެރޭގައި ފަސް އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރުމުގެ ކުށުގައި 25 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.
ޕީޓީއައި ނިއުސް އެޖެންސީން ބުނީ އެ މީހާ ހައްޔަރު ކުރީ ކުޑަ ކުއްޖާގެ މައިންބަފައިން ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ޑޮކްޓަރުން ބުނީ ފަސް އަހަރުގެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.
އަންހެން ކުއްޖާގެ އާއިލާ ދިރިއުޅެނީ އެމެރިކާ އެމްބަސީއާ ކައިރީގަ އެވެ. އެ ކުއްޖާގެ ބައްޕަ އަކީ އެމްބަސީގެ ހައުސްކީޕިން ސްޓާފެކެވެ.
ފުލުހުން ބުނީ ކުއްޖާ ރޭޕްކުރީ އެމްބަސީގެ މުވައްޒަފެއް ނޫން ކަމަށެވެ. އަދި އޭނާ އަަކީ ޑްރައިވަރެއް ކަމަށް ބުންޏެވެ. އެކަމަކު އޭނާ ދިރިއުޅެނީ އެމްބަސީ ސްޓާފް ހެޑްކުއާޓަރުގަ އެވެ. އެއީ އޭނާގެ ބައްޕަ އަކީ އެމްބަސީގެ ސްޓާފަކަށްވާތީ އެވެ. އަންހެން ކުއްޖާ ރޭޕްކޮށްފައި ވަނީ އެ ކުއްޖާގެ މައިންބަފައިން ނެތް ދަނޑިވަޅު ބަލައިފަ އެވެ. ނަމަވެސް ކުއްޖާ ފަހުން ވަނީ ބަފައިންނަށް އެ ވާހަކަ ކިޔައިދީފަ އެވެ.
ފުލުހުން ބުނީ އެ ފިރިހެން މީހާގެ މައްސަލަ ބަލަނީ އިންޑިއާގެ ކުޑަ ކުދިން ރައްކާތެރި ކުރުމާ ބެހޭ ހަރުކަށި ގާނޫނުގެ ދަށުން ކަމަށެވެ.
ކުޑަ ކުދިން ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދިނުން އިންޑިއާ އިން 2018 ވަނަ އަހަރު ވަނީ ތައާރަފްކޮށްފަ އެވެ. އިންޑިއާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ގައުމުގައި ކުރާ ރޭޕުތަކުގެ ކޮންމެ ހަތަރު ރޭޕަކުން އެއް ރޭޕުގެ ޝިކާރަކީ ކުޑަ ކުއްޖެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމް
09 February 2020
" ކުޑަ ކުދިން ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދިނުން އިންޑިއާ އިން 2018 ވަނަ އަހަރު ވަނީ ތައާރަފްކޮށްފަ އެވެ. " މީމަކިޔާ ވާހަކައަކީ. ކުއްކުރާ މީހުންނަށް ހައްޤު އަދަބު ނުދޭނަމަ ރޭޕިސްޓުން އަދި ޑްރަގް ލޯޑުންވެސް ގިނަވާނެ. އެންމެ 4 ލައްކަ އާބާދީއެއްގައި ނިސްބަތުން ކުއްކުރާމީހުން ވަރަސް ގިނަ.
ހަގީ
09 February 2020
އިންސާފޭ ކިޔާ މިގައުމުގައި އެންމެ އަޑުއުފުލާ ޕާޓީއަށް އެންމެ ތާއީދު ބޮޑީ އަނިޔާލިބިފައިވާކަަމަށް ކިޔާ ކުއްވެރިންގެ. މައުމޫން ޒަމާނުގައި އެބަޔަކަށް ހައްގު އަދަބެއް ލިބުނު މީހުންވެސް ލިބުނު އަދަބު ފައްތާލީ އަނިޔާގެ ތެރެއަށް. އެންމެ ހާޑްކޯކޮށްއުޅޭ އޭގެމީހުން އިންސާފޭ ކިޔައި ފަނޑިޔާރުން ގޯސްކަމަށް ކިޔަން ފެށީ މިގައުމުގައި. ކުށްވެރިންނަކީ ކުށް ގަބޫލުކުރާނެ ބައެއް ނޫން. އެކަމު އެމީހުން ކިޔަންފެށި އެއްޗެއްގެ އަޑުގަދަކަމުން ވައިގައި ހިފައިގެން ފެތުރެނީ.