ކްލެމެންސީި ބޯޑުގެ ބައްދަލުވުމެއް: އެ ބޯޑަށް މައްސަލަ ހުށަހެޅޭތާ ތިން މަސް ތެރޭގައި ލަފާ އަރުވަން ވަނީ ނިންމާފައި -- ފޮޓޯ/އޭޖީ އޮފީސް
10 ފެބުރުއަރީ 2020 - 17:57
މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމާ ބެހޭގޮތުން ކްލެމެންސީ ބޯޑުން ތިން މަސް ތެރޭގައި ރައީސަށް ލަފާ އަރުވާ ގޮތަށް ހަމަޖައްސައިފި އެވެ.
ކްލެމެންސީ ބޯޑަކީ މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގައި ރައީސަށް ލަފާ އަރުވަން މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން އުފެދިފައި އޮންނަ ބޯޑެކެވެ. އެކަމަށް އެދި ހުށަހަޅަން ޖެހެނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ދަށުން ހިނގަމުންދާ އެ ބޯޑަށެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ކްލެމެންސީ ބޯޑުގެ މަސައްކަތްތައް ހަލުވި ކުރުމަށްޓަކައި އެ ބޯޑަށް ފޯމް ހުށަހެޅޭތާ ތިން މަސް ތެރޭގައި ރައީސަށް ލަފާ އަރުވަންޖެހޭ ގޮތަށް އެ ބޯޑުން އިއްޔެ ނިންމާފައިވާ ކަމަށެވެ.
ކްލެމެންސީ ބޯޑުގެ މައްސަކަތްތައް ހަލުވި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކުރުމަށްފަހު ކްލެމެންސީ ބޯޑަށް އިލްތިމާސް ފޯމް ލިބޭތާ 3 މަސް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭންޖެހޭ ގޮތަށް އައު އުޞޫލު ފާސްކޮށްފި. މިގޮތަށް ފާސްކުރީ އިއްޔެ ބޭއްވި ބޯޑު ބައްދަލުވުމުގައި pic.twitter.com/C14RvJK5Fz
— AG Office Maldives (@AGOmv) February 10, 2020
އޭޖީ އޮފީހުން ކުރި ޓްވީޓް
މައާފް ދިނުމަށް ނުވަތަ އަދަބު ލުއިކޮށް ދިނުމަށް އެދި ކްލެމެންސީ ބޯޑަށް ހުށަހެޅޭނީ އިސްތިއުނާފްގެ މަރުހަލާތައް ނިމިފައިވާ ނުވަތަ އިސްތިއުނާފް މުއްދަތު ހަމަވުމުން އެ ފުރުސަތު ގެއްލިފައިވާ މީހުންނަށެވެ. އަދި އެކަމަށް އެދި ހުށަހެޅޭނީ ވެސް ހުކުމުގެ ވަކި މުއްދަތެއް ތަންފީޒު ކުރުމަށް ފަހު އެވެ. އެކަމަކު އެ ބޯޑުން ދޭ ލަފައަށް އަމަލު ކުރުމާއި ނުކުރުމުގެ ބާރު ރައީސަށް އޮވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙުއްމާ
11 February 2020
އަދަބު ލުއި ކރާތީއޭ މި ކުށް ގިނަވަނީ. މާތް ﷲ އަށްވުރެ އޯގާތެރި އެއްވެސް ފަރާތެއް ނުވާނެ. ޤުރުޢާނުގައި ބޮޑެތި އަދަބުތަށް ކަޑައޅިފައިވަނީ ކުށްކުރުން ހުއްޓުވުމަށްޓަކައިކަން ވެރިންނަށް ނުވިސްނޭތީ ޙައިރާންވޭ.
ވިސްނާލު މަށް އެދެ މޭ
11 February 2020
ކައުންސިލް އިންތިހާބަށް ވޯޓުހޯދަން.. ..މިއީ ޒީރޯޓޮލަރެންސް.. މަގު މައްޗަށް ބިއްޖެހިފަތިބި މީހުން މަދުކަ މުން..ތަރައްގީގެ މަޝްރޫތައް ހޯދަން ކުއްވެރިން ދޫކޮއްލަނީ...
މަހުރަމް
11 February 2020
ފާޅުކަން ބޮޑު ގޮތެއްގައި ގައުމުގެ ބައިތުލްމާލު ދަވާލައިގެން ހުކުމްކޮށް ޖަލަށް ލެވިފައިވާ ގައިދީއަކަށް ލުއި ދެވިގެން ނުވާނެ
ކަރޭ
11 February 2020
ކޮރަޕްޝަންގެ މައްސަލަތައް ބަލަން އަވަސްކޮއްބަލަ. މާފުށި ޖަލުގޮޅި އަޅަން ބިޑަށް ހުޅުވާނެ ދުވަހެއް ބަލަން ހުއްޓަ އެގުނީ ބަޔަކަށް ދީފިކަން. ކޮބާ ބިޑަށް ހުޅުވުން ކޮބާ ޒީރޯ ޓޮލަރަންސް
ދަތްނެތްކުއްޖާ
11 February 2020
އެއްގޮތަކަށްވެސް ތިއީ އަކީ ކޮއްގެން ވާނެކަ މެއްނޫން ވަރުގަދަ ޤާނޫނެއް ތިކަ މުގައި ހަދަންޖެހޭ އެއްވެސް ޝަރުޢީ ކޯޓަކުން މީހަކު ކުށެއް ކޮއްގެން ޙުކު މެއް ކޮއްފި ކަ މުގައި ވަނީ ނަ މަ އެ ޙުކު މެއް އެ މީހަކު ތަންފީޒު ކުރަން ޖެހޭ ގޮތައް. މަޢާފު އަކީ އެއްވެސް ފަރާތަކަށް ދެވިގެނެއް ވާނެ އެއްޗެއް ނޫން ގޮތުގައި ކަލާއި ހުދުން ޤާނޫނު ގައި ލިޔެ ބަޔާން ކޮއްފައި އޮންންޖެހޭ. އޭރުން މީހުން ކުށްތައް ކުރު މުގައި މަދުވާނެކަން ޔަޤީން.