12 ފެބުރުއަރީ 2020 - 11:40
އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، އައްޑޫގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ) ވާދަކުރަން ނިންމައިފި އެވެ.
އޭޕްރީލް ހަތަރެއްގައި ބާއްވާ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ ވާދަކުރަނީ ހިތަދޫ މޫލެކެޑެ އޮޑައްސައު ދާއިރާއަށެވެ.
އައްޑޫގައި އުފެދުނު އެންމެ ހުނަރުވެރި ފުޓުބޯޅަ ތަރިންގެ ތެރޭގައި ހިމެނުނަސް ބޮންޑާ އަކީ މިހާތަނަށް ސިޔާސީ ކަންކަމުގައި އެހާ ބޮޑަކަށް ހަރަކާތްތެރިވެފައިވާ މީހެއް ނޫނެވެ.
ރާއްޖޭގެ އެންމެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބޮންޑާ ބުނީ ކައުންސިލަށް ވާދަކުރާ އިރު، ދާއިރާގެ ހުރިހާ ރައްޔިތުންގެ ތާއީދު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ބޮންޑާގެ ކެމްޕެއިން ވީޑިއޯ
ރަސްމީކޮށް ފުޓުބޯޅަ ކުޅުމާ ދުރުވި ފަހުން ބޮންޑާ ބޮޑަށް ހަރަކާތްތެރިވަމުން އަންނަނީ މަސްވެރިކަމުގެ ދާއިރާގަ އެވެ. އޭގެ ތެރެއިން ވެސް، ސްޕޯޓްސް ފިޝިން އަކީ އޭނާގެ ހާއްސަ ދާއިރާ އެކެވެ. އެކަމަކު، ބޮންޑާ އަކީ އަދިވެސް ޒުވާން ފުޓުބޯޅަ ކުޅުންތެރިން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ.
ބޮންޑާގެ ފުޓްބޯޅަ ކެރިއަރުގައި ރާއްޖޭގެ މަޝްހޫރު ކުލަބްތަކަށް ކުޅެ، ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އޭނާ ކުޅުނު ކުލަބްތަކުގެ ތެރޭގައި ނިއުރޭޑިއަންޓާއި ވީބީ އާއި ވެލެންސިއާ އަދި ޓީސީ ސްޕޯޓްސް ކްލަބް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަގު
13 February 2020
ވަރަށް ފުރިހަމަ ކާމިޔާބަކަށް އެދެން އަދި މަށް ވަގުތުވީ ވަރަކުން ޝަންވީލު އަށް މަގެ އެހީތެރިކަން ލިބޭހެއް. ވަކި މީހަކާގެ އާއިލީ މީހުންނާއި އެމީހާއް ތާއީދު ކެރާ މީހުން ކަންކާކަން ނިއެގޭ ގޮތައް މިތަނި އެއްތެތި ކިއުމަކީ ހަމަ ލިބޭ އިތިރި ހިއްވަރަށް.
މިޝްކް
12 February 2020
ކާމިޔާބީއަށް އެދެން ގާއުމީ ޚިދުމަތަށް ބޭނުންވަނީ ޕާޓީތަކުގެ އަޅުންނެއް ނޫން މިނިވަން ޚިޔާލުގެ މީހުން
ޢހމދ007
12 February 2020
ބޮންޑާއަށް ކާމިޔާބީއަށް އެދެން
ނަސޫ
12 February 2020
މީހަކު ޤައުމޯޚިދުމަތާއި ގުޅުމަކީ މައްސަލައެއްނޫން ކަމެއް ނުކުރެވޭ މީހުން އަނގަމަޑުން ލައިގެންތިބޭ. ބޮންޑާ އަށް ކާމިޔާބީއަށް އެދެން
މޮޑަފްް
12 February 2020
ބޮންޑާމެން ރަނގަޅުވާނީ ފުޓުބޯޅަޔަށް ނޫނީ މަސްވެރިކަމަށް. ތިކަހަލަ ދާއިރާއަކަށް ކުރިމަތިލާކަށްނުޖެހޭ. މަޝްހޫރުވިޔަކަސް އަދި އެއީ ހޮވޭނެ ކަމެއްނޫން.
މުހައްމާ
12 February 2020
ފިލްމު ކުޅުނު މުހައްމާ، ފުޓުބޯޅަ ކުޅުނު ޓޮމް، ގާރީކަން ކުރި ގާރީ... މިތިބަ އެންމެން ހޮވުނު އިރު ބޮންޑާ ކީއްވެ ނުހޮވެންވީ؟ ހޮވޭނެ.
ބަބުރަންޖީ ހާޖީ
12 February 2020
ބޮންޑާވެސް ގައުމީ ޚިދުމަތަށް ނުކުންނަނީދޯ.
ބުރުއްޓާ
12 February 2020
ކައުސިލަށް ވާދަކުރެވޭ ޝަރުތަކީކޮބާ؟ ގްރޭޑް 7 ނުވަތަ ގްރޭޑް 10 ތަ؟ މާސްޓާސް ހަދާފަ ހުރި މީހަކު މީހުންގެ މެދުގަ މަޝްހުރޫ ވެފަނެތީމަ އެއީ އޭނަ ވޯޓް ލިބުމުގަ އުނދަގޫތަކާ ކުރިމަތި ލާންޖެހޭނެ ކަމެއްތަ؟
ފޮނިޓައްޕު ހަސަނު
12 February 2020
އައްޑުގަވެސް ބޮންޑާއެއް އުޅެނީ ދޯ. ރައްޔިތުންގެ މަޖްލިސްގެ މާފަންނު ދެކުނު ދާއިރާގަ މެމްބަަރަކަށް ވެސް ބޮންޑާއެއް އެބަ އުޅޭ.
ދާދު
12 February 2020
މާފަންނު މެދުދާއިރާގަ އުޅެނީ އިބްރާހިމް ރަޝީދު ބޮންޑޭ ބޮންޑާއެއްނޫން
އައްލާ
12 February 2020
މީހަމަ ރާއްޖޭގަ އެކަނިވާކަމެއްތަ؟ މަޝްހޫރުވީމަ އެކަމުގެ ފައިދާ ނަގައިގެން ބޮޑެތި ޒިންމާދާރު ވަޒީފާތަކަށް ކުރިމަތިލުން. ސަރުކާރު ކުންފުނިތަކުންވެސް ވަޒީފާ ދީފަ އެބަހުރި ކުޅުންތެރިއާ މަޝްހޫރުވީމަ އެމީހާ އެއްޗެއް ކިޔެވިތޯވެސް ނުބަލާ އޮފީމުބާރާތުގެ ތަށި އެހެން ހުރިހާ އެއްޗަކަށް ވުރެ މުހިންމު ވެގެން.
ސިޓީބިޓީ
12 February 2020
ތެދެއް. ސިފައިންގޭގަވެސް އުޅޭ ވޮލީ ކުޅެލައިގެން ބޮޑު ރޭންކު ޖަހާ މީހެއް.
ރަދީފް
12 February 2020
އެއްޒަމާނެއްގަ ބޯޅަކުޅުނޭ ކިޔާފަ ބާކިއެ ނިހިނގަތާ ތައް ވޯޓް ދޭކަށް ވާ.
އޯއި ތައް ކެންވީ
12 February 2020
އޯއި ތޯ މައިކާލޯއައު ނިކޭ. އެދެ އެއްވެސް މީހަކާގެ ހައްގަކަށް ނިއަރައި. ތަ ވޯޓް ނިދޭފެހޭ ތޯ ނިދެ. ބޯދަށްފަޑާނެ ކަމަށްނެތް.
ބޮނޑާާ
12 February 2020
ބޮންޑާ އަށް ވޯޓު ލިބޭހެއް. ސޯބޭ މެންނަށް ވީ ކޮންކަމަށް؟