16 ފެބުރުއަރީ 2020 - 07:27
މިދިޔަ އަހަރު ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި "އަލައްދިން" ގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.
ޑިޒްނީން ކުރިން ގެނެސްދީފައިވާ ކާޓޫން ފިލްމުގެ ވާހަކަ އަސްލު އެކްޓަރުންނާ އެކު ފައްކާކޮށްގެން ގެނެސްދީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދުމާ ގުޅިގެން، "އަލައްދިން" ގެ ވާހަކަ ބޮޑު ސްކްރީނުގައި އިތުރަށް ދިގުދަންމައިލަން ނިންމި ނަމަވެސް، ގައި ރިޗީ ފިލްމު ޑައިރެކްޓްކުރާނެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
ނަމަވެސް "އަލައްދިން" ގެ ސްކްރީންރައިޓަރުން ކަމަށްވާ ޖޯން އޮގަސްޓާއި އެންޑްރިއާ ބާލޮފް މިހާރު ވަނީ "އަލައްދިން" ގެ ދެވަނަ ބައި ލިޔުމުގެ މަސައްކަތް ފަށައިފަ އެވެ. ވެރައިޓީން ބުނިގޮތުގައި މި ފަހަރު ވެސް ފިލްމުގެ މުހިއްމު ރޯލްތައް ކުޅޭނެ ކަމަށް ބެލެވެނީ ޓައިޓްލް ރޯލް ކުޅުނު މޭނާ މައްސޫދާއި ޕްރިންސެސް ޖޭޒްމިންގެ ރޯލް ކުޅުނު ނިއޯމީ ސްކޮޓާއި ޖީނީގެ ރޯލް ކުޅުނު ވިލް ސުމިތެވެ.
ނަމަވެސް އެ ތަރިންގެ ސޮއި ފިލްމަށް ހޯދުމުގެ މަސައްކަތް ފަށާނީ ސްކްރީންޕްލޭ އެއްކޮށް ނިންމައިލެވުމުންނެވެ.
މިދިޔަ އަހަރުގެ މެއި މަހު ރިލީޒްކުރި "އަލައްދިން" ބޮކްސް އޮފީހުގައި ޖުމްލަ 1.051 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އިރު، ފިލްމު ހަދާފައި ވަނީ 183 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަބަރި
16 February 2020
މަ ހީކުރީ ޓައިޓަލް ރޯލް ކުޅެނީ މޭނާ ހައްސާނުކަމަށް. މޭނާ މަސްއޫދު ދޯ؟