ސިފައިންގެ ކޮމާންޑާސް ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަދި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
17 ފެބުރުއަރީ 2020 - 11:32
ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބޮޑެތި އިސްލާހުތަކާ އެކު ދައުލަތް ހިންގުމުގެ އިދާރީ އޮނިގަނޑުގައި ލާމަރުކަޒީ ކުލަތައް ޖެހެމުން އަންނަ ކަމަށާއި ސިފައިންގެ ވިސްނުން ވެސް އެ މުހިއްމު ބަދަލާ ދިމާލަށް މިސްރާބު ޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެދިވަޑައިގެންފި އެވެ.
ސިފައިންގެ ކޮމާންޑާސް ކޮންފަރެންސް ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ގައުމީ ޚިދުމަތުގައި ތިބޭ ސިފައިންގެ އެހީތެރިކަން އެކި ދާއިރާތަކުން ގައުމަށް މިހާރު ވެސް ލިބެމުން އަންނަކަން ރައީސް ފާހަގަކުރެއްވި އެވެ. ކުރިއަށް އޮތް މުހިއްމު ބަދަލުގައި ވެސް އެ އެއްބާރުލުން ދެއްވަން ރައީސް އެދިވަޑައިގަތެވެ.
ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި ބޮޑެތި ބަދަލުތަކާ އެކު ކުރިން މައި ސަރުކާރަށް ޖަމާވެފައި ހުރި ގިނަ ބާރުތަކެއް ރައްޔިތުންނަށް ދޫކޮށްލަން ނިންމައި އިދާރީ ހިންގުން ލާމަރުކަޒު ކުރަން ނިންމާފައިވާ ކަން ރައީސް ހަނދާންކޮށްދެއްވި އެވެ. އަންނަ އެޕްރީލް މަހު ބާއްވާ ކައުންސިލް އިންތިޚާބަށް ފަހު ކައުންސިލްތައް ބާރުވެރިވެ، މުޅި ރާއްޖެ ހަގީގީ ލާމަރުކަޒީ ނިޒާމަކުން ހިންގަން ފަށާނެ އެވެ.
މި ބަދަލު އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނީ، ކައުންސިލްތަކާ އެކު ސިފައިން ގާތް ގުޅުމެއް ބާއްވައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"ކައުންސިލްތަކާ ގާތް ގުޅުމެއް ބާއްވައި ސަރަހައްދުތަކުގެ ރައްޔިތުންނާ ވީހާ ގާތުން ޚިދުމަތް ދެވޭނެ ގޮތަށް އޭރިއާ ކޮމާންޑުގެ ޚިދުމަތް އަލުން ބައްޓަންކުރައްވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" ސިފައިންގެ އެންމެ މަތީވެރިޔާ ވިދާޅުވި އެވެ.
ސިފައިންގެ ކޮމާންޑާސް ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ ކުޑަވެފައި މީހުންކޮޅު މަދަސް ބައިނަލްއަގުވާމީ މުޖުތަމައުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ކުރިމަތިލާން ޖެހިފައިވާ ނުރައްކާތަކާއި ގޮންޖެހުންތައް ބޮޑެވެ.
އެއްފަރާތުން އޮތް ބިރަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ފެތުރިފައި އޮތް ޓެރަރަރިޒަމް ކަމަށާއި އަނެއް ފަރާތުގައި އޮތީ ހަރުކަށި ފިކުރާއި އެހެނިހެން ފިކުރީ އޮއިވަރުތައް ކަމަށް ވިދާޅުވި އެވެ. މޫސުމީ ބަދަލުތަކުގައި ރާއްޖޭގެ ރަށްތައް ހޭޅިފަޅާއެކު ގިރައި ނާޒުކު ގޮނޑުދޮށްތަކާ އެކު ތިމާވެށި ސުންނާފަތިވަމުންދާ ކަމަށް ވިދާޅުވި އެވެ.
"ގައުމެއްގެ މިނިވަންކަމާއި ސިޔާދަތާއި އެންމެ ބޮޑަށް ލާމެހިފައިވާ ބަޔަކީ އެ ގައުމެއްގެ ސިފައިން. ގެއްލިފައި އޮތް މިނިވަންކަން އަނބުރާ ހޯދުމަށް ވުރެން ލިބިފައިވާ މިނިވަންކަން އެ ގޮތުގައި ދެމެހެއްޓުމަކީ އެއަށް ވުރެން މާ ބުރަ ކަމެއް،" ރައީސް
ރައީސް ވިދާޅުވީ ދުރު ގައުމުތަކުގައި ފެތުރޭ ވަބާތަކާއި ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދަށް ދަނީ ލޮޅުން އަރަމުން ކަމަށެވެ.
"ދުނިޔޭގެ ގައުމުތަކާ ކިތަންމެ ދުރުގައި އޮތަސް މިއީ މިއަދު އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތައް،" ރައީސް ވިދާޅުވި އެވެ.
ސިފައިންގެ ކޮމާންޑާސް ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް އޮފިސަރުން.---ފޮޓޯ: ރައީސް އޮފީސް
ކޮންމެ ގައުމެއްގައި ވެސް ދިފާއީ އައްޑަނައަކީ ސިފައިން ކަން ފާހަގަކުރައްވައި ވިދާޅުވީ އެ ގައުމެއްގެ މިނިވަންކަން ހިމާޔަތްކުރާ ކިއްލާއަކީ ވެސް ސިފައިން ކަމަށެވެ. ގައުމިއްޔަތުގެ މައި މުގޫގެ ގޮތުގައި ދިފާއީބާރު ސިފަކުރަނީ ގައުމާއި ރައްޔިތުންގެ ހައްގުގައި ވަމުންދާ ގުރުބާނީއާ ހެދި ކަމަށް ރައީސް ވިދާޅުވި އެވެ.
ގައުމަށްޓަކައި ސިފައިންގެ ގުރުބާނީއަކީ، ރައީސް ވިދާޅުވި ގޮތުގައި، އިނާމަކުން ނުވަތަ ތައުރީފްގެ ބަހަކުން އަގު ވަޒަނެއް ނުކުރެވޭނެ އެވެ. މުދަލާއި ފައިސާ އިން ވެސް ސިފައިންނަށް އެ އަގު ނުދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހިނގި އަލިފާނާއި އެ ނޫން ހާދިސާތަކަށް ބެލިއަސް ސިފައިންގެ އަގުނުކުރެވޭ މަސައްކަތް ފެންނަން ހުރި ކަމަށް ރައީސް ވިދާޅުވި އެވެ. ސިފައިންގެ ޚިދުމަތަށް އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
"ގައުމެއްގެ މިނިވަންކަމާއި ސިޔާދަތާއި އެންމެ ބޮޑަށް ލާމެހިފައިވާ ބަޔަކީ އެ ގައުމެއްގެ ސިފައިން. ގެއްލިފައި އޮތް މިނިވަންކަން އަނބުރާ ހޯދުމަށް ވުރެން ލިބިފައިވާ މިނިވަންކަން އެ ގޮތުގައި ދެމެހެއްޓުމަކީ އެއަށް ވުރެން މާ ބުރަ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ސިފައިންގެ ކޮމާންޑާސް ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް އޮފިސަރުން.---ފޮޓޯ: ރައީސް އޮފީސް
"ތިޔަ ހިތްވަރުގަދަ ސިފައިން ރެ އާއި ދުވާލު ތި ކުރައްވަމުން ގެންދަވަނީ އެ ބުރަ މަސައްކަތް. އެކަމަށްޓަކައި ކޮންމެ ރައްޔިތަކު ޝުކުރުވެރިވާނެ."
ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުން ކަމަށާއި އެކަމުގައި ރާއްޖޭގެ ސިޔާސަތަކީ ސަަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހައިގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުން ކަމަށް ވިދާޅުވި އެވެ. އިންޑިއާ ކަނޑުގެ ސުލްހައިގެ ކަންކަމަށް ލޮޅުމެއް އެރިޔަ ނުދޭން ރާއްޖެ އިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގިލި
17 February 2020
މާލޭ އަސްކަރިއްޔާ ވަރުގަދަކޮށްގެން އެތިބެނީ، މާލެތެރޭ އަލިފާން ރޯވާއިރަށް ދިހަބާރަ ފަޔާލޮރީ ގޭދޮށަށް ވައްޓާލާނެ، ރަށަކު ތަނެއްގަ އަލިފާންރޯވެއްޖިއްޔާ މޫސުން ރަނގަޅިއްޔާ ޖެހިގެންއަންނަ ދުވަހު އައިސްދާނެ.
އަރުވާލި އާދަނުގެ ސިޔާސީހާސަރު
17 February 2020
ރައީސް އިބޫއަށް ދެއްވާ ކޮންމެ އެއްބާރުލުމަކީ ކިއަވަން ތިބި ބޭފުޅުންނާއި ކިއަވައިގެން ތިއްބެވި ޒުވާނުންނަށް އުޖާލާ ކުރިމަގެށް. ގައުމަށް އުޖާލާ މުސްތަގްބަލްއެށް. -1 ބަޑިގުދަން ލީކް ބެލޭނެ. -2 ހިބަޅިދޫ ހަތިޔާރު ބެލޭނެ. -3 ޑިފެނސް މިނިސްޓަރ ގޭ ދޮރުވެއްޓި ފިސްތޯލަ ބެލޭނެ. ރައީސް އިބޫ އާއި ތިއްބެވުން ރައްޔިތުން އެދޭ އިންތިހާއަށް.
އަރުވާލި އާދަނުގެ ބޮޑުދައިތަ
17 February 2020
ކޮންކަ ހަލަ ހާސަރެ ތިދެމަނީ.ރައްޔިތުން އިބޫއަށް ނުދީއޮތީ މި ހާރު އުނުގައޮތް ކަޑިކެގަޑުއެކަނި..އެ ހެން ހުރި ހާއެއްޗެ އިބޫ ގެންދިޔަގޮތަކަށް ގެންގޮއްސި.ދެންއޮތީ ދިފާއީ ބާރުތަކުން ބޭނުންކުރާ ޔުނީފޯމު މި ހާރު އެބުނީ އެވެސްދޭށޯ.ލާމަރުކަޒީ ވުމުންއިސްތިގްލާލު ބަލަ ހައްޓަނީ ބޭރުގެ އަސްކަރިއްޔާއިން.މިނިވަންކަންއޮތީ ކޮއްމެޖުލައި26ގަ.ރައްޔިތުންގެބާރު ނޮވެމްބަރު11ގަ ގައުމީދުވަސް ރަބީއުލްއައްވަލު1ގަ.މިދުވަސްތަ ފާ ހަގަކުރުމުން ގައުމުގެ ބަ ހާތައް ފުރި ހަމަވީތަ
ރާއްޖެ
17 February 2020
ރައްޔިތުން މަގާމްތައް ހަވާލު ކުރަންވީ ތައުލީމީ ގާބިލް މީހުންނަށް. މިބުނީ ތެދެއް ކަން މިހާރު ގިނަ މީހުންނަށް ވިސްނޭނެ.
ބޭކާރު
17 February 2020
ފޮޓޯއިން ފެންނަ %90 މީހުންނަކީ އެއްވެސް ބޭނުމެއް ނުހިފޭ ބައެއް. އެމީހުން ނެތިއްޔާ މިތަނަށް ހިންދެމިލެވޭނެ. މިހާރު މަތި ބަރުކަމުން މި އުޅެނީ ހިންދެމި ނުލެވިގެން.
ކިއްލިބާޝާ
17 February 2020
90 އެއް ނޫން 100
އިސްމާލްކަލޭފާނު
17 February 2020
އޮނިގަނޑަކާޖެހުންފަހު މިއުޅެނީ ގުޑުވާނުލެވިގެން. އޮނިގަނޑު ތަންފީޒުކުރާން ހުރިހާ މުއައްސަސާތަކުން އޮތީ ނަގިލިލައިގެން.
ނައީމާ
17 February 2020
އޮނިގަނޑެއް ހޮޅިގަނޑެއްކިޔާނެކަމެއްނެތް. އަލީ ވަހީދު ބޭރުކުރޭ.
ބޮޑު މުހައްމަދު
17 February 2020
ކޮއްކޯ މިކަމެއް ނުވިއެއްނު ދެން ފައިބާ..
ބޮޑު މުހައްމަދު
17 February 2020
ކޮން މިނިވަންކަމެއްގެ ވާހަކަތަ މިދައްކަނީ. ގައުމު އޮތީ އިންޑިއާއަށް ވިއްކާ ހުސްކޮށްލާފަ.
ސަޅިއަގަ
17 February 2020
މާ ބޮޑެތި ވާހަކަ ނުދައްކާ ރައްޔިތުންގެ އަނގަޔާ އަތާ ދިމާވެތޯ ބަލައިދީ ރައްޔިތުންނާއި ގައުމު އޮތީ ވަރަށް ދަށްހާލަތެއްގައި ވެރިކަމަށް 15 މަސްވެގެން ދިޔައިރު ރައްޔިތުމީހާއަށް ލިބުނު އުފަލެއް ލިބުނު ކުރިއެރުމެއްނެތް ގައުމުގެ ކަންކަން އިސްލާހުގެމަގަށް އަޅުވާނަމޭ ކިޔާ އައި ބަޔަކަށް ކުރެވުނު އިސްލާހެއް ނެތް ކަންކަން ދަނީ ގޯހުން ގޯހަށް
ހޮޓްކިންގ
17 February 2020
ގައުމަށް އެއްވެސް ކުރިއެރުމެއް ގެނެސް ނުދެވޭއިރު ތިހެން ނުހުންނަވާ ގެއަށް ވަޑައިގަންނަވަން ނުވޭތޯ؟