ޚަބަރު / ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން

ރަސްފަންނުން ބައެއް މަގަކަށް ހަދަނީ

ރަސްފަންނުގައި ކުރިން ވެލިގަނޑު އޮތް ތަން މަގަކަށް ހެދުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އެސްޓީއޯ ހެޑް އޮފީސް ބިއްދޮށުގައި އޮންނަ ވެލިގަނޑު ނަގައި، ދެ ކޮޅަށް ދުއްވާ މަގަކަށް ހެދުމުގެ މަސައްކަތް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ފަށައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރަސްފަންނު ތަރައްގީކުރުމުގެ ކުރިން އެއީ ބޮޑުތަކުރުފާނު މަގުގެ ބައެކެވެ. ނަމަވެސް އެ މަގުގައި، ހަމައެކަނި ހިނގާލެވޭ ވަރުގެ ޖާގައެއް ބޭއްވުމަށް ފަހު ބަދަލުކުރީ ދޮންވެލިގަނޑެއް ހިމެނޭ ސަރަހައްދަކަށެވެ.

އެތަން އަނެއްކާވެސް މަގަކަށް ހަދަނީ އެސްޓީއޯ ހެޑް އޮފީސް ކުރިމަތިން އޮންނަ ކަނބާއައިސާރަނި ހިނގުން އަލުން ހަދަންވެގެން ބަންދުކުރަން ނިންމާފައިވާތީ އެ ސަރަހައްދުގެ ޓްރެފިކް ހަމަޔަކަށް އެޅުވުމަށްޓަކަ އެވެ.

ގާ އަތުރައިގެން ހަދާ އާ މަގުގެ މަސައްކަތް އަންނަ ހަފްތާގައި ނިންމާލެވޭނެ ކަމަށްވެ އެވެ.

އެ މަގަށް ޖާގަ ހުސްކުރުމުގެ ގޮތުން ވެސްޓް ޕާކް ކުރިމަތި ސާފުކުރުމުގެ ގޮތުން އެ ސަރަހައްދުގައި ކުރިން ހުރި ގާޑިޔާތައް ވެސް މިހާރު ވަނީ ނަގައިފަ އެވެ.

އާ މަގު ހަދަން ވެލިތައް ނެގުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އެސްޓީއޯ ހެޑް އޮފީހުގެ ބިއްދޮށުން މިހާރު ހަދަނީ ވަގުތީ މަގެއް ކަމެއް ނުވަތަ އެތަން، ކަނބާއައިސަރަނި ހިނގުން ތަރައްގީކޮށް ނިމުމުން، އަނެއްކާވެސް ރަސްފަންނުގެ ބަޔަކަށް ހަދާނީ ކަމެއް، ސިޓީ ކައުންސިލަކުން އަދި ނުބުނެ އެވެ.

އެކަމަކު ކަނބާއައިސާރަނި ހިނގުން ބަންދުކޮށް މާލޭ މަގުތައް ހެދުމުގެ އާ މަޝްރޫއުގެ ފުރަތަމަ މަސައްކަތް ފެށޭނީ، ރަސްފަންނުގެ އާ މަގު ނިމުމުންނެވެ.

ކަނބާއައިސާރަނި ހިނގުން ހަދަނީ އަޖުމަބެލުމުގެ ގޮތުންނެވެ. މިހާރެކޭ އެއްގޮތަށް އެ މަގުގައި ވެސް އަތުރަނީ ގަލެވެ. އެކަމަކު އެ މަގާ ގުޅޭ ދިރާސާއަށް ފަހު ނަތީޖާ ނުކުންނަ ގޮތަކުން ތާރު އަޅަން ވެސް ޖެހިދާނެ ކަމަށް އާރްޑީސީން ބުނެފައިވެ އެވެ.

ކަބާއައިސާރަނި ހިނގުމާ އެކު އެ ސަރަހައްދުގެ އަށް މަގެއް ހަދަން 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވާނެ އެވެ.

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ މިދިޔަ މަހެވެ. މާލޭގެ މަގުތައް އަލުން ހެދުމުގެ މަޝްރޫއަށް 462 މިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ. މި މަޝްރޫއު އެއްކޮށް ފުރިހަމަކުރަން ދެ އަހަރު ދުވަސް ނަގާނެ އެވެ.

59 ކޮމެންޓް, 213 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 4%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރީތި މޫސަ

22 February 2020

އިތުރު ޚަރަދުތަށްނުކޮށް މަގުހެދުމަށް ޚަރަދުކޮށްގެންކޮށްފައޮތް ޕުލޭންއާއި އެއގޮތަށް ގެންދިނަމަ މާލޭވާށާއޮތް ބޮޑުމަގާއި އިތުރު 10 މަގު 2019 ގަ ނިންމުނީސް އަބަދުވެސް އުޅެނީ ކޮންމެކަމެއްވެސް އޮޅުވާލެވޭތޯ

ޙަމަ ބޯގޯސް

21 February 2020

ކުރިން ހަދާފަ ހުރި ތަނެއް ވިއްޔާ ހަލާކު ކޮށްލާތި ގައުމަށް ރަށަށް ފައިދާވާނެ ގޮތެއް އިސް ކުރާނީ ކޮން އިރަކުން ބާ ޢެވަރަށް މި ސިޔާސީ ބޭފުޅުން މެޗުއަރ ވާނޭ ދުވަހެއްގެ އިންތިޒާރުގައި

ރަށުމީހާ

21 February 2020

ރާއްޖެ އަކީކަނޑުގެ ބޮޑު ބަޔެއް އޮށްނަ ތަނަކަށްވާތީވެ ކޮންމެހެން ހާސަތަނެއް ނޯތަސް ރަގަޅުކަމަށް ފެނޭ.

ޜަންނަމާރި

21 February 2020

މިހާރު ދެން މާފަންނު ރައްޔިތުން ހަނާކުރަނީ އެވެ.

ވަތަން އިސްކުރަންޖެހޭ

21 February 2020

އެތަނުގަ ގަސްތަކާ ހިޔާވާނެ އުފާވެރި މަންޒަރު ކުޑަކުދިން ކުޅޭނެ މަންޒަރު ހަލާކޮއްލަނީ މި ސަރުކާރު.

ހަނުހުންނަ މީހާ1

21 February 2020

ހޮސްޕިޓަލް އަޅަން ސައުދީން އޮތީ ފަނޑްހަމަޖެހިފަ ކައުންސިލްއިން އޮތީ ބިންދައްކާފަ ވީއިރު އެހެން ބޭނުމަކަށް ހެދިފަ ހުރި އިމާރާތެއް ހޮސްޕިޓަލަކަށް ބަދަލު ކުރުމަށްވުރެ އާ ހޮސްޕިޓަލެއް އެޅުން ރަގަޅުކަމަށް ފެނޭ.

ޢަލީ އަލީ

21 February 2020

ޙިރިޔާ ސްކޫލް އާއި ޖެހިގެން އޮންނަ މަގު ހުޅުވާލައިފިއްޔާ އަދި މާ ރަނގަޅުވާނެ، އެއީ މާފަންނު ސަރަހައްދުގަ ދިރިއުޅޭ ރައްޔިތުންގެ ވަރައްބޮޑު އެދުމެއް...

ރަގަޅުވިސްނުން

21 February 2020

ރަސްފަންނުވެސް ނަގަންވީ ބާއްވާނެކަ މެއްނެއް ވެހިކަލްޕާކިން ކުރާތަނަކަށް ބަދަލުކުރީ މަ ވަރައްފަސޭހަވާނެ

ސުލްދާން

21 February 2020

އާން ހަމަ ރަނގަޅު ކަމެއް. އެ ސަރަހައްދު ބަދަލުވެގެން ގޮސްފައިވަނީ ފާޅުކަން ބޮޑުގޮތުގައި ފާހިޝް ޢަމުލުތައް ހިންގާ ތަނަކަށް. ގްރޫޕްތަކުގެ ހާއްޔަކަށް.

ވަހިދު

21 February 2020

ނޭނގޭ ވާހަކަ ނުދައްކާ. ހީވާ ހީވުމަށް ވެސް ވާހަކަ ނުދައްކާ. އެސަރަހައްދުގައި ގުރޫޕެއް ނޫޅޭ. އެއީ ފުލުހުންނާއި ހައުސިން މިނިސްޓްރީން ދާއިމީކޮށް ބަލަހައްޓާ ސަރަހައްދެއް. ހަޑިހުތުރު ބަހުން އެތަނުގައި ވާހަކަ ނުދެއްކޭނެ. ސިނގިރޭޓެެއް ނުބޮވޭނެ. ފުލުހުން އައިސް އެގޮތަށް ކަންތައް ކުރާ މީހުން ހުއްޓުވާނެ.

ނަޝީދު.

21 February 2020

ތީ ވަރަށް ބޮޑު ލުޔެއް އަންނާނެ ކަމެއް ތިހިސާބު މަގުތަކަށް. މަރުހަބާ ޝިފާ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454