ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ: އެ މިނިސްޓްރީން ވަކިކުރި ނުވަ މީހެއްގެ ވަޒީފާއަށް އާ މީހުން ނެގުން މަޑުޖައްސާލަން ޓްރައިބިއުނަލުން ވަނީ އަންގާފައި -- ފޮޓޯ/މިހާރު
20 ފެބުރުއަރީ 2020 - 14:00
ޓްރާންސްޕޯޓް މިނިސްޓްރީން ވަކިކުރި ނުވަ މުވައްޒަފުންގެ މަގާމަށް އާ މީހުން ނެގުން މަޑުޖައްސައިލަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން 11 މުވައްޒަފަކު ވަޒީފާއިން ވަކިކުރީ މިދިޔަ މަހު އެވެ.
އޭގެ ތެރެއިން ނުވަ މުވައްޒަފަކު، އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައި، މައްސަލަ ނިމެންދެން އެ ވަޒީފާތަކަށް އާ މީހުން ނެގުން މަޑުޖައްސައިލުމުގެ އަމުރަކަށް އެދުމުން އެ ޓްރައިބިއުނަލުން ނެރުނު އަމުރުގައި ވަނީ އެ މައްސަލަ ނުނިމެނީސް އެ މަގާމުތަކަށް އިތުރު މީހުން އައްޔަން ކޮށްފި ނަމަ މައްސަލަ ހުށަހެޅި ފަރާތްތަކުގެ ހައްގުތަކަށް އުނިކަން އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެ ވަޒީފާތަކަށް އާ މީހުން އައްޔަން ކޮށްފައި ވަނިކޮށް، މައްސަލަ ހުށަހެޅި މީހުންނަށް ވަޒީފާދޭން ޖެހިއްޖެ ނަމަ، އެކަމަށް ޓްރައިބިއުނަލުން ނެރޭ އަމުރެއްގެ ގާނޫނީ ބާރު ނެތިދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
އެހެންވެ، އެ މައްސަލަ ޓްރައިބިއުނަލުން ނިމެންދެން އެ މަގާމުތަކަށް ދާއިމީ ގޮތެއްގައި އެއްވެސް މީހަކު އައްޔަން ނުކުރުމަށާއި އެފަދަ މަސައްކަތެއް ހިނގަމުންދާ ނަމަ، އެކަން ވަގުތުން މަޑުޖައްސައިލުމަށާއި ވަޒީފާ އަނބުރާ ދޭން އަންގާ ހާލަތެއްގައި، އެފަދަ އެންގުމެއް ތަންފީޒު ކުރަން ހުރަސް އެޅިދާނެ އެއްވެސް ކަމެއް ނުކުރަން ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ) އަށް އަންގާ ކަމަށް ވެސް ޓްރައިބިއުނަލްގެ ތިން މެމްބަރުންގެ އިއްތިފާގުން ނެރުނު އަމުރުގައިވެ އެވެ.
އެ މުވައްޒަފުން ވަކިކުރަން އުޅުނު މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ކުރިން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް ހާޒިރުކުރި އެވެ. އޭރު ނަހުލާ ވިދާޅުވެފައިވަނީ އެއްވެސް މުވައްޒަފަކާ މެދު ގާނޫނާ ޚިލާފަށް ފިޔަވަޅު ނާޅާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާސްތު
21 February 2020
އަހަރެން ނޫޅެން އެކަކު ވެސް ވައްދާ ކަށެއް
ޑރ. ރާމީ ހަސަަން ނިއުޔޯކް/އެމެރިކާ
21 February 2020
ބީރަށްޓެހި ކުދިން މާލޭ ގައި ތިބޭ ތަންތަނަށް ކުލި ނުދެއްކިގެން އުޅެނިކޮށް ނައިފަރު މީހުން ބުނާހެން، " ޓެސްލެއިފޭ " ވަޒީފާ އިން ވަކި ކުރީމާ ވާނީ ކިހިނެތް ؟
ވައިސޫރި
20 February 2020
ދުވާލަކު ހަތްގަޑީއިރު މަސައްކަތް ކުރަން އޮންނައިރު ( ބުޜޭކު ގަޑިޔާއެކް ) ދެގަޑީއިރު މަސައްކަތް ނުކޮއް ފަރުވާ ކުޑަކުރާތީ ބޭރުކުރީ ދެން ކޮންވަޒީފާއެއް ހޯދަން ވެގެން ތިއުޅެނީ
ޒަރޭ
20 February 2020
ޖޭޕީ ވަޒީރުންގެ ތެރެއިން މީހަކު ވަކިކުރަންޏާ އަލީ ވަހީދު ނަގާފައި ދެން ކުރަންވީ ނަހުލާ. ޓްރާންސްޕޯޓަކީ މުޅިން އޯވަހޯލް ކުރަންޖެހިފައި އޮތް ތަނެއް. ރައްޔިތުން ބޭނުންވާ އެތަކެއް ހިދުމަތެއް ހަމަ މަގަށް ނޭޅި އެހެން އޮޔާ ގޮސް އޮތް ތަނެއް. މިތަން ހިންގަން ނަހުލާ ދުުރުކޮށްފައި ނިކަން ރަނގަަޅަށް ކިޔަވައިގެން ހުރި ކުއްޖަކު ލާބަލަ.
ކުމާރުބޭ
20 February 2020
ނަހޫ ހާދަ ސަޅިޔޭ އެހެންވީމޭ އަޑުބަރޭމެން މޭކަރަނީ.
ޢަނީ
20 February 2020
ދެން މަޑުޖައްސާފަ ބަހައްޓާ އަނެއް 5 އަހަރު. ވަރަށް ޑިމޮކުރެޓިކް ކަމަށް ހެދިގެން އުޅޭނީ.. ކަން އޮންނަނީ މުގާބޭ ސްޓައިލަށް..
ޒަހާ ރަޝީދު
20 February 2020
ސިވިލް ސާވިސްގެ ވަޒީފާ ތަކަކީ އަމިއްލަ މިލްކަކަށް ހަދައިގެން ހިތައް އެރިހާ ގޮތަކަށް ބޭނުން އިރަކު މަސައްކަތް ކޮއްލާފަ ބޭނުވަރަކަށް ސަލާން ބުނެފަ ކަޓުނެގެން އޮތިއްޔާ އެކަންވެސް ހިތުހުރި ގޮތަކަށް އުޅެން ހުރި ތަނެއް ނޫން..
ބަބުރުލް ސަލީމް
20 February 2020
އެންމެ ހިންގުންތެރި ވަޒީރާ.
އައްބާސް
20 February 2020
ވަގަށް ޑޮމެއިން ވިއްކީމަ ވާނެ ގޮތް އެވީ!
ާއުނިމާ
20 February 2020
ސިޔާސީ މަގާމުތައް އިތުރު ކުރެވޭ