ހޯމް މިނިސްޓަރު އިމްރާން، އިންޑިއާގެ ހޯމް މިނިސްޓަރާ އެކު
21 ފެބުރުއަރީ 2020 - 20:50
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހްއާ މިއަދު ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޝްވަރާތައް ކުރައްވައިފި އެވެ.
އިންޑިއާގެ ނިއު ދިއްލީގައި ހުންނަ އެ ގައުމުގެ ދާޚިލީ ވުޒާރާގައި ބޭއްވި މި މަޝްވަރާތަކުގައި ފުލުހުންގެ ޚިދުމަތް ތަރައްގީ ކުރުމުގައި އެއްބާރުލުން އިތުރުކުރަން ވާހަކަ ދެއްކެވި އެވެ. ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކަށް ވިސްނުން ގެންގުޅުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
އިމްރާންއާ އެކު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ސްޓޭޓް މިނިސްޓަރު އަލީ ނަޒީރާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަބްދުއްރަހްމާން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.
އިންޑިއާގެ ހޯމް މިނިސްޓަރާ އެކު ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދަނީ. --ފޮޓޯ/ހޯމް މިނިސްޓްރީ
ހޯމް މިނިސްޓްރީން ބުނީ ދެ ގައުމުގެ ދާޚިލީ ސަލާމަތާއި ހަމަޖެހުމަށްޓަކައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމުގެ މުހިއްމުކަން ފާހަގަކޮށް އެކަމަށްޓަކަައި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާގުޅޭ ގޮތުން ވެސް މަޝްވަރާކުރި ކަމަށެވެ. ވަކިން ޚާއްސަކޮށް ޓެރެރިޒަމާއި ހަރުކަށިފިކުރުގެ ސަބަބުން ކުރިމަތިވަމުން އަންނަ ނުރައްކާތަކާއި އެކަމާ މެދު ދެ ގައުމުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް ވާހަކަ ދެއްކެވި އެވެ.
އިންޑިއާގެ ހޯމް މިނިސްޓަރުގެ އިތުރުން އިމްރާން ވަނީ، ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ އިސް އޮފިޝަލުންނާއި އިންޑިއާގެ ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް ޝުރީ ވައިސީ މޯޑީއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. ވަކިވަކިން ބޭއްވި މި ބައްދަލުވުންތަކުގައި ގުޅިގެން މަސައްކަތްކޮށް ނަތީޖާ ނެރެވޭނެ ވިސްނުންތަކާއި އިންވެސްޓިގޭޝަންތަކުގައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
23 February 2020
ޢިންޑިއާގެ މިމީއަކު މިހާރު އިންޑިއާގެ ސަރުކާރުން އެއޮހޮރުވާ އިސްލާމުންގެ ލޭ އޮހޮރުވުމުގެ މޭސްތިރިއެއް. ޢިމްރާނު ކަލޯ ކޮބާ ލިބިފައި ހުރި ޢިލްމުގެ ބޭނުމަކީ، ކޮބާ ދީނުގައި އޮންނަ އަލްވަލާއު ވަލް ބަރާއުގެ މަފްހޫމަކީ. ޚާއިނުން ނިމިގެންދާނީ ހިތިކޮށްކަން ދަންނާތި
ދޮންދީދީ
23 February 2020
އިމްރާނަކީ ޢިލްމެއް ނުލިބުނުތާ ހިލްމެއްވެސް ނުލިބި ހުރި ވަހުތާނެއް.
ކަނބިލި
23 February 2020
ޢިންޑިއާގެ މުށު ތެރެއަށް ވަދެ ނި މިއްޖެ. ހުރިހާ ސްޓްރެޓެޖިކް ތަންތަނަކަށް އިންޑިއާގެ ކުންފުނިތައް ވައްދާ ނި މިއްޖެ. ލާރިއެއް ލިބޭ ކޮންޓްރެކްޓެއް ނަ މަ އިންޑިއާ ކުންފުންޏަކަށް ބައިނާޅާ ނުވޭ. ވެރިކަ މާއި އަ މިއްލަ އެދު މާ ހެދި ގައު މެއް މިއޮތީ ބައެއްގެ އަޅުވެތި ކަ މުގެ ދަށަށް ގޮސް ނި މިފާ
އާނފަހެ
22 February 2020
އިންޑިއާގެ ބެކްޔާޑްގެ ހާލަތު ހުރި ގޮތް ކިޔައިދޭން ކޮންމެހެންވެސް ތިހެން ދާންވާނެ. އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަން ބަލަހައްޓާއިރު ރާއްޖެއަކީ އެންމެ މުހިއްމު އެއް ގައުމު. ޗައިނާގެ ދަތްކޮށްޓާ އިލޮށްޓެއް އިންޑިއާގެ ބެކްޔާޑަށް ވެއްޓުނުތޯ ކޮންމެހެންވެސް ބެލޭނީ ތިހެން ގޮސް ބައްދަލުކޮށްގެން.
ސައްހަ ކަރެޕްޝަން
22 February 2020
ޢިންޑިޔާއަކީ މިސަރަހަދުގެ ގައު މުތަކަށް އޮތް އުނދގުލެއް
ޢަފްލަ
22 February 2020
މިގައުމައް ނާންނަތި އިމްރޯނު
ސަމީ
22 February 2020
ލަދުކުޑަ އިމްރާން ލަދެއް ނުގަނޭ ތިޔަ ޝާހު އާ ަބއްދަލު ކުރާކަށް ، އަނެއްކާ އަނެއް ބައި ވިއްކާ ލަނީ ދޯ
ސައި
22 February 2020
އިމްރާނު މީ ކުރިން މަ ވ ރެސްޕެކްޓް ކުރި މީހެއް
ރަދީފް
22 February 2020
ހޫ ކެއާސް؟؟!!
ފުނާ
22 February 2020
އިސްލާމް ދީނުގެ އަދުއްވުންގެ ފައިބުޑައް ސަލާން ޖަހަން މިދަނީ ކޮބާތޯ ލަދު އިމުރާނޫ؟
ފާތިމާ-ދ×ވ
22 February 2020
މީނަ މީ ކާކުކަން ގިނަ ދިވެހިންނަށް އެގޭބާ؟
ދެދޮރު
23 February 2020
އެނގޭ، މާބޮޑަށްވެސް އެނގޭ