ކުށުގެ ވެއްޓެއްގައި ފުލުހުން ހަރަކާތްތެރިވަނީ. -- ފޮޓޯ: މިހާރު
21 ފެބުރުއަރީ 2020 - 21:03
މީގެ ތިން އަހަރު ކުރިން ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި ދައުވާ ލިބުނު ތިން މީހަކަށް ގާނޫނުގައި ބުނާ މުއްދަތަށް ވުރެ ލަހުން ދައުވާ އުފުލާފައި ވާތީ، ކްރިމިނަލް ކޯޓުން ދައުވާ ބާތިލްކުރުމުން އެ ތިން މީހުން މިނިވަންވެއްޖެ އެވެ.
މިއީ މެއި 23، 2016 ގައި، ލަޓިބުރިއަކާއި ރެންޗަކުން މީހެއްގެ ބޮލާއި ކަންފަތްމަތީގައި ތަޅައި އަދި ހަށިގަނޑުގެ އެތަންމިތަނުގައި ލަޓިބުރިންނާއި ދަނޑިބުރިއަކުންނާއި ކޮޅުފައިން ތަޅައި މާރާމާރީ ހިންގި މައްސަލައެއްގައި ކުރި ދައުވާއެކެވެ. މި މައްސަލާގައި ހިމެނުނު ތިން މީހުންގެ މައްޗަށް ކުރީ، މީހަކަށް ނުރައްކާތެރި ހާނީއްކައެއްވާ ގޮތަށް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މި މީހުންގެ މައްޗަށް ޑިސެމްބަރު 6، 2016 ގައި ދައުވާކުރީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއްހި ގެންގުޅުމުގެ ގާނޫނުގެ އަށް ވަނަ މާއްދާގެ ދަށުންނެވެ.
މި މަހުގެ 16 ވަނަ ދުވަހު ކުރި ހުކުމުގައިވާ ގޮތުން ދައުވާ ލިބުނު ތިން މީހުން ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ. އަދި މާރާމާރީ ހިންގި ކަމަށް ދައުވާގައި ބުނާ ވަގުތު އެ ތިން މީހުން ވެސް ތިބީ ތިން ތަނެއްގައި ކަމަށާއި މާރާމާރީ ހިންގި ތަނުގައި ނެތް ކަމަށް ވެސް، ދައުވާ އަށް ޖަވާބުދާރީ ވަމުން ބުނެފައިވެ އެވެ. އަދި އެ މީހުން ބުނެފައިވަނީ ދައުވާގައި ބުނާ ރެންޗާއި ހަތިޔާރުގެ ފޮޓޯއެއް ވެސް ތަހުގީގަށް ހުށަހަޅާފައި ނުވާ ކަމަށާއި ތަހުގީގު ރިޕޯޓްގައި ވެސް އޭގެ ވާހަކައެއް ނެތް ކަމަށެވެ. އަދި އަނިޔާ ލިބުނު މީހާ އަށް އަނިޔާވި ދުވަހެއް އަދި އެއީ ކާކުގެ ފަރާތުން ލިބުނު އަނިޔާއެއްކަން ވެސް މެޑިކަލް ރިޕޯޓްގައި އެނގެން ނެތް ކަމަށް، ދައުވާ ލިބުނު މީހުން ވަނީ ބުނެފަ އެވެ.
ގާޒީ މުހައްމަދު ސަމީރު، މި ދައުވާ ބާތިލް ކަމަށް ހުކުމް ކުރެއްވީ ދައުވާކުރި ގާނޫނުގައި ހަވާލާދީފައިވާ މާއްދާ އަށް ބަލާއިރު އެއީ ތުހުމަތުގައި މީހާ ހައްޔަރުކުރާތާ 15 ދުވަހުގެ ތެރޭގައި ދައުވާކުރަންޖެހޭ މައްސަލައަކަށް ވެފައި، ދައުވާ އުފުލާފައި ވަނީ ތުހުމަތުގައި މީހުން ހައްޔަރުކުރިތާ ހަ މަސް ދުވަސް ފަހުން ނޮވެމްބަރު 29، 2016 ގައި ކަމަށް ވާތީ އެވެ. އަދި ދައުވާކުރި މާއްދާގައި ބުނާ ބާވަތުގެ ކުށްތަކުގައި، މީހާ ހައްޔަރުކުރާތާ 15 ދުވަހުގެ ތެރޭގައި ދައުވާކޮށް 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަންޖެހެ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ވަނީ، ގާނޫނުގައި ބުނާ މުއްދަތުގައި ދައުވާ އުފުލިފައި ނުވާ ކަމަށާއި ގާނޫނުގައި ބުނާ ގޮތަށް، ދައުވާކުރުމަށް އިތުރު މުއްދަތެއް ދިނުމަށް ވެސް އެދިފައި ނުވާ ކަމަށް ޝަރީއަތުގައި އެއްބަސްވެފަ އެވެ. އެހެންވެ އެދުނީ މިކަމުގައި ޝަރީއަތުން ގޮތެއް ކަނޑައަޅައިދިނުމަށެވެ.
މި ކަންކަމަށް ރިއާޔަތްކޮށް ގާޒީ ހުކުމް ކުރެއްވީ ގާނޫނުގައި ބުނާ މުއްދަތަށް ވުރެ ފަހުން ދައުވާ އުފުލާފައި ވާތީ، މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވެން ނެތް ދައުވާއެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމް
23 February 2020
މިހާރު ނޫހުން އުޝާމު ގާތު އަހާލަބަލަ މީކިހުނެއްވީ ކަމެއްތޯ. އެބޭފުޅާ އޭރުހުރީ އެސިސްޓަންޓު ޕ.ޖ ކަމުގަ.
ފެއިލް
23 February 2020
ތިބުނާމުއްދަތުގައި ތިކަންކަމާއި ހަވާލުވެ ދައުލަތުން އުޖޫރަނެގިބަޔަކުތިބޭނެތާ! އެމީހުންނަށް އޮތީ ކޮންކަމެއްބާ ދައުލަތަށްގިނަދުވަހު ހިދްމަތްކުރުމުގެ އެވޯޑުބާ؟
ބޫމް
23 February 2020
އެހެން އެވީ ކޮންމެވެސް ބަޔަކު ޤާނޫނާ ޚިލާފު ވީތީ. އެމީހާ އަށް އަދަބު ނުދެވޭހާ ދުވަހަކު ތިޔަ ބާވަތުގެ ކަންކަން ތަކުރާރުވާނެ.
ޢަލިމަނިކުފާނު
23 February 2020
ޙައިރާންވެ ހަމަ އަންތަރީސް ވެއްޖެ.
ވީ މާ
23 February 2020
ފަހު ދުވަހުން (ގިޔާ މަތް ދުވަހުން) އިންސާފު ލިބޭނެ.
ހަޒާނާ
22 February 2020
ތިޔަ މައްސަލައިގަ ޒިންމާ ވާން ޖެހޭ މީހުން ހައްޔަރު ކުރަން ޖެހެ އެވެ. އެވާހަކަ ވެސް ދައްކަ ބަލާށެވެ.
ތިމަންނަ
22 February 2020
ބައެއް މީހުން ބުނެފާނެ މިއީ މަގޫ ދަޑި ސަރުކާރޭ
މަޖީދު
22 February 2020
މީ މިދައްކާ ވާހަކަ ޔާމީނުގެ އެއް މިލިއަން ބަލަން ބޮޑު ކޮމެޓީއެއްހެދި އެއްމިލިއަން ކޮމިޓީއަންވެސް ހަރަދު ކުރި ...850 މިސަރުކާރުން ބަދަލުދިން ..ސުވާލަކީ ރައްޔިތުން ރައްކާތެރިކަމަށް ކުރެވުނު ކަމަކީ ކޮބާ ހޭ.
އަން
22 February 2020
މަޖްލިހުން ކީއްވާނީ މިކަމާ ބެހުނިއްޔާ؟ ގައުމުގަ ހެއްދެވި ހުރިހާ ކަމަކާ ބެހެނީވިއްޔަ.
ފަހީމާއިބުރޭ
22 February 2020
"ނިޔާވި މީހަކު ވަޅުލާންޖެހޭ ވަގުތުހަމަވިއިރުވެސް ވަޅުނުލެވުނީމާ އެމީހާ ދޮޅިދާންގެ ދޫކޮށްހިނގައްޖެ" ސްޕްރީމްކޯޓުން ތަދައްޚުލެއް ނުވެވޭނެތާދޯ އިޖުރާތު އިޖުރާތު " ފިރިމީހާ ގާތުން ވަރިއަށްއެދުނު އައިންބަކު ބޭނުންވި ވަގުތައްވުރެ ވަރިކުރުން ލަސްވުމުން އެމީހާ އެހެން މީހަކާ ކައިވެނި ކޮށްފި " މީހަމަ ހިތަށްއަންނަ ހެއްވާކަންކަން ތިޔަ ހިނގި ކަންތަށް ހިތަށް އަރާފަ " ބޯޓު ލޭންޑް ކުރަން ބުނި ގަޑިޔަށްވުރެ ލަސްވުމުން ފަސިންޖަރުން ބޯޓުން ފުންމާލައިފި" ހައްހައް
މިމީހާ
23 February 2020
ހިތުން މާަމޮޅުވަާހަކައެއް ދޯ ތިދެއްކީ!!!ކަލޭެމެން ބުނަާަ ބޭެރުމީިހުން ބުނަާގޮތައް ހުއްނަ ޤާނޫނު ހަދައިގެން އަމިއްލަ މީހާައަށް ޖޯކުޖަހަން ތިބޭ.