ޝިފާ: ކޮރަޕްޝަން ހުއްޓުވުމަކީ ނުރައްކާތެރިކަމެއް ކަމަށް ވިދާޅުވި
22 ފެބުރުއަރީ 2020 - 10:52
ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ބިރުވެރިކަމެއް ކަމަށާއި ބައެއް ކަންކަން ނުފެންނަ ކަމަށް ހަދައިގެން ހުރި ނަމަ ރަނގަޅުވީސް ކަމަށް މާލޭ މޭޔަރު ޝިފާ މުހައްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ތިން ވަނަ ދައުރަކަށް މާލޭގެ މޭޔަރުކަން ކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވ ޝިފާ ވިދާޅުވީ، މާލޭގެ އާއްމު ފާހާނާތައް މުޑުދާރުވެ، މައްސަލަ ބޮޑުވުމާއި މާރުކޭޓު ގޮޅި ސަޕްލަޔަރުނަށް ބައްޓަން ކުރުމުން އެކަން ހުއްޓުވުން ފަދަ ކަންކަން ނުފެންނަ ކަމަށް ހަދައިގެން ހުރި ނަމަ ރަނގަޅުވީސް ކަމަށެވެ.
Corruption huhtuvumah masahkai kurumakee biruveri kaameh. Vakinhahsakoh Malege public faahaanaathah mududhaaruve mahsal boduvun. Market golhi supplierunah bahtan kurumun ekan huhtuvun fadha kankan nufennaakamah handigen hurinama rangalhuvees.
— Shifa Mohammed🎈 (@SifaMohammed) February 21, 2020
ޕްރައިމަރީގައި ޝިފާއާ ވާދަކުރައްވައި، ކުރި ހޯއްދެވީ އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. އެކަމަކު ޕްރައިމަރީއާ މެދު ޝިފާ ފަހުން ވަނީ ސުވާލު އުފައްދަވައިފަ އެވެ. އަދި ސަރުކާރާއި އެމްޑީޕީއާ ގުޅުން ހުރި ބައެއް ކަންކަމުގައި އޭނާ ގެންދަވަނީ އޭގެ ފަހުން ހިޔާލު ތަފާތުވާކަން އެކިއެކި ފޯރަމްތަކުގައި ހާމަކުރައްވަމުންނެވެ.
މި ފަހުން މާލޭ ސިޓީ ކައުންސިލްގެ ތެރޭގައި އެންމެ ބޮޑު ހިޔާލުތަފާތުވުމެއް އުފެދުނީ ދަތުރުވެރިންގެ މާރުކޭޓްގައި ގޮޅި ދޫކުރާނެ ގޮތާއި ހަދާނެ ގޮޅީގެ އަދަދާ މެދު އެވެ. އަދި އެކަމުގައި ބައެއް ކައުންސިލަރުން، ޝިފާގެ މައްޗަށް ތުހުމަތުތަކެއް ވެސް ކުރެއްވި އެވެ.
ކައުންސިލުން އެންމެ ފުރަތަމަ ފާސްކުރީ، ދަތުރުވެރިންގެ މާރުކޭޓްގައި 117 ގޮޅި ހެދުމަށެވެ. އެކަމަކު ފަހުން އެ އަދަދު 193 އަށް ބަދަލުކުރަން ޝިފާ ހުށަހެޅުއްވި އެވެ. އެ ހުށަހެޅުން ކައުންސިލުން ފާސް ނުވުމުން ވެސް އެގޮތަށް ބަދަލު ކުރެއްވުމަށް މޭޔަރު މަސައްކަތް ކުރެއްވި ކަމަށް ބުނެ ބައެއް މެމްބަރުން ތުހުމަތު ކުރެއްވި އެވެ.
ޝިފާގެ ލީޑަޝިޕްގައި މާލޭ ސިޓީ ކައުންސިލަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެ، އެތައް ބައެއްގެ ނުރުހުން ލިބުނު އެއް ކަމަކީ ވެސް ދަތުރުވެރިންގެ މާރުކޭޓު މަރާމާތަށް ބަންދު ކުރުމަށް ފަހު، އެތައް މަހެއް ވީއިރު ވެސް ގޮޅިތައް އަލުން ދޫކުރާނެ ގޮތަކާ މެދު އެއްބަސް ނުވެވުނު މައްސަލައިގަ އެވެ. މިކަމުގައި މާލޭ ސިޓީ ކައުންސިލަށް ގޮތެއް ހޯދައި ނުދެވުމުން، އެއްޗެހި ވިއްކާ މީހުން ވިޔަފާރި ހިންގަނީ ބާޒާރުމަތީގެ ސަރަހައްދުން މަގުމަތީގައި ގޮނޑި އާއި މޭޒު ޖަހައިގެން ތިބެ އެވެ.
ސިޓީ ކައުންސިލުން މިހާރު ބުނަނީ އަންނަ އޭޕްރީލް މަހު ފަށާ މި އަހަރުގެ ރޯދަ މަހުގެ ކުރިން މާރުކޭޓުގެ ގޮޅިތައް ދޫކުރެވޭނެ ކަމަށެވެ.
ލޮނުޒިޔާރަތް ކޮޅުގައި ސިޓީ ކައުންސިލުން ޕާކް ތަރައްގީ ކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ވެސް ޝިފާގެ މައްޗަށް ތުހުމަތު ކުރެއްވި އެވެ. ކައުންސިލްގެ ބައެއް މެމްބަރުން ތުހުމަތު ކުރެއްވި ގޮތުގައި، އަޑި ޕާކްގައި ފާހާނާ ބަރިއެއް ހެދުމުގެ މަސައްކަތް އަމީން ކޮންސްޓްްރަކްޝަނުން ކުރީ އެއްވެސް އެއްބަސްވުމަކާ ނުލައި، ރަސްމީކޮށް އެ މަސައްކަތް ހަވާލު ވެސް ނުކުރަނީހެވެ.
އެކަމަކު ޝިފާގެ މައްޗަށް ކުރި ކޮރަޕްޝަންގެ ތުހުމަތުތައް އޭނާ ވަނީ ދޮގު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
23 February 2020
މީހާގެ ދުވަސް ދުއްވާލަފާނެ. ޝިފާ ތިޔަ ޕާޓީގަނޑުން ނުކުމޭ. ނިކަން ވިސްނަބަލަ މަހޭއަށް މިނިސްޓަރުކަން ދީފައި ކަމެއް ކުރަން އުޅުނީމަ އެހުއްޓުވީ. ޥަކި ބަޔަކު ބޭނުންވާ ގޮތަށް ކަންކަން ވަނީ
ވަހީދާ
23 February 2020
ޝިފާ ފަދަ ކިޔަވައިގެން ތިބޭ މީހުންނަށް އެމްޑީޕީން ލިބޭނީ ފެނު ކެއްކި ބޮޮލީގެ އިއްޒަތް. ޢުމުރު ދުވަހު މަގުމަތީގައި ތެޅުނު ބަޔަކާއި އެކު ޝިފާ މެން ކެތް ކުރާތީ އަޖައިބުވޭ. ތިޔަ ޕާޓީން ވަކިވޭ
ާވަހީދު
23 February 2020
ޢެމްޑީޕީއަކަށް ވެރިކަން ހިންގަން ނޭނގޭނެ. ބައެއް މިނިސްޓްރީ ތަކަށް ލާފައި އެބަތިބި ދިވެހި ބަހުން ލިޔަންކިޔަން ނުދައްނަ މީހުން. ކޮށަ ކޮށައިން ކިޔަން އެނގޭއިރު، ލިޔެފައި ހުންނަ އެއްޗެހީގައި ހުސް ގުއި. މިވަރުގެ ބަޔަކާއި ދިވެހި ގައުމު ހިންގަން ހަވާލު ކުރާކަށް ނުވާނެ. މީކީ ނަވާރަ ސަތޭކަ ސުމެއް ސުމެއް ނޫނޭ.
ދޮންދީދީ
23 February 2020
މިހާރުން މިހާރަށް ތިޔަ ޕާޓީން ކެޑިގެން ތައުލީމީ ދާއިރާއަށް ވަނުން މާރަގަޅު ކަމަށް ފެނޭ.
މަހޭ ފޭން
23 February 2020
ކޯޗެއް ކިޔާކައް..ދެން ވެސް ކެވޭން ގޮތެއް ހޯދޭތޯ ބަލާ...ތީ ހަމަ މިގައުމުގެ ހަލާކު
ދަންނަ ޝިފާ
23 February 2020
ފެއިލްވީމާ ކޮންމެ މީހަކުވެސް ދައްކަނީ ތިޒާތުގެ ވާހަކަ. ތީ އައު ކަމެއް ނޫން
ބަބުރުލް ސަލީމް
23 February 2020
ނުފެންނަކަމަށްހާދާބަހައްޓާާ ރަނަގަޅެއް ކަޓެއްނެގީމާ އެއްޗަކަށްވާނީ.
އަހުމަދުބޭ
22 February 2020
މިބާއްވާ ޕުރައިމަރީދެން ނުބާއްވަންވީނު، ޕުރައިމަރީއަށް އެންމެން އެބަކުރިމަތިލައި ނަތީޖައި އައުމުން އެކަކަށްވެސް ބަލިގަބޫލެއް ނުކުރެވޭ؟ ތިޔައްވުރެ ރަނގަޅުވާނެ ގުރުއަތެއްލައިގެން ތިކަން ކުރިއްޔާ އޭރުން ގައިމު އެކަކު އަނެކަކަށް މަސްކައި ފަހުން ރޯކަށް ނުޖެހޭނެދޯ، ސިފާމެންވެސް ގަބޫލުކުރަން އެބަޖެހޭ އަބަދަކު ސިޔަސީގޮތުން އެއްހަމައެއްގައި ނުތިބެވޭނެކަން މިހާރު ސިފާއަށްވެސް ޖެހިފައިވާ ބައްޔަކީ ހަމަ ބަލިގަބޫލް ނުކުރެވުން
ނޫމާ
23 February 2020
ވަރަށް ރަނގަޅު ވާހަކައެއް. ސިޔާސީ ޕާޓީތަކުގައި އުޅޭވަރަށް ދިވެހިން ތަސައްތަފެއް ނުފުދޭ އަދި. ކޮންމެ މީހަކަށް ވެސް މިޖެހެނީ އުމުރަށް އެމަޤާމްގައި ހުރެވެން. ކުރިމަތިލާ އެންމެން ވެސް ބޭނުންވަނީ ހޮވެން. ބަލި ގަބޫލެއްނުކުރެވޭ. މަޖުލިސް އިންތިހާބުގަވެސް ޕްރައިމަރީގަ ވާދަކޮށް ބަލިވި މީހުންގެ ސަޕޯޓަރުންގެ ވޯޓު ހަމަ ޖެހުނީ ފައިސާ ދީފަގަންނަން. އެކަންކުރިކަން ވަރަށް ރަންގަޅަށް އެނގޭ
ކޮމިޝަނަރު
22 February 2020
މާރުކޭޓުން ގޮޅިއެއް ދޫކުރަން ނޭނގުނު ސަރުކާރަކަށް ދެން ކުރެވޭނީ ކޮންކަމެއްބާއޭ މަގޭ ހިތަށް އަރާ...
އަޒީޒް ގައްދޫ
22 February 2020
މާލޭ ސިޓީކައުންސިލާ ހަވާލުވި އެންމެ ނާގާބިލު މޭޔަރު.ރައްޔިތުން ބަލައިނުގަތީ އެހެވެ.
ޅަބޭ
22 February 2020
އޭ ޝިފާ، އަދިވެސް ވަގުތު އޮއްވާ ތިޕާޓީއިން ނުކުމޭ.