ިމަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގައި ބައިވެރިވި ބަޔެއް ކުދިން-- ފޮޓޯ: ދިރާގު
25 ފެބުރުއަރީ 2020 - 12:30
ވޭތުވެދިޔަ އަހަރުތަކުގައި ދިރާގުން އަންނަނީ، މުޖުތަމައުގެ ދުޅަހެޔޮކަން އިތުރު ކުރުމަށްފަޓަކާއި ތަފާތު ގިނަ ހަރަކާތްތައް ބާއްވަމުންނެވެ. ސްކޫލު ކުދިންނަށް އަމާޒުކޮށް، މިދިޔަ ދެ އަހަރުން ފެށިގެން ދިރާގާއި ބައިކު މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ "މަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް" މި މަގްސަދުގައި ދިރާގުން ބާއްވާ އެފަދަ އެއް ހަރަކާތެވެ. މި އަހަރު ވެސް ވަރަށް ތަފާތު ގޮތަކަށް މި ބައިސަލް ރޭސް ބާއްވާނެ ކަން ދިރާގުން މިވަނީ އިއުލާނުކޮށްފަ އެވެ.
މިއީ ބައިސްކަލު ދުއްވާ ހިތްވާ ކުދިންނާއި، ބައިސްކަލު ދުއްވުމުގެ ހުނަރު ހުންނަ ކުދިންނަށް، އެ ކުދިންގެ ހުނަރުވެރިކަން ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ދިރާގުން މިފަދަ ހަރަކާތެއް ބޭއްވުމުގެ ބޭނުމަކީ ކުޑަކުދިންގެ މެދުގައި ކަސްރަތަށް ލޯބި ޖެއްސުމެވެ. މީގެ އިތުރުން ތިމާވެއްޓާ ރައްޓެހި ގޮތަކަށް ދިރިއުޅުން ބައްޓަން ކުރުމަށް ސްކޫލު އުމުރު ފުރައިގެ ކުދިން ހޭލުންތެރިކޮށް، އެފަދަ ޖީލެއް ބިނާ ކުރުމެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ވީހާ ވެސް ގިނަ ކުދިން ޅަފަތުގައި ދުޅަހެޔޮ ސިއްހަތަކަށް އަހުލުވެރި ކުރުވައި އެގޮތުގައި ދެމިތިބުމަށް ބާރު އެޅުން. އަދި ތިމާވެއްޓާ ރައްޓެހި ގޮތް ހިޔާރުކޮށް އިންޖީނު ލީ އުޅަނދުތައް މަދުކުރުމަށް އެއްބާރުލުން ދިނުން،" ދިރާގު އެސިސްޓެންޓް މެނޭޖަރު ބްރޭންޑް ނައިޔާ ޝަރީފް ވިދާޅުވި އެވެ.
މަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގައި ބައިވެރިވި ބަޔެއް ކުދިން-- ފޮޓޯ: ދިރާގު
މި އަހަރުގެ މި މުބާރާތް އަންނަ މަހު ބާއްވާ އިރު، ބައިވެރިވަން ބޭނުންވާ ސްކޫލުތަކަށް މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ދިރާގުން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. މިދިޔަ ދެ އަހަރުގެ ވެސް ގިނަ ސްކޫލުތަކެއް ބައިވެރިވި މި މުބާރާތް މިފަހަރު ބާއްވަނީ މިދިޔަ ދެ އަހަރާ ތަފާތު ގޮތަކަށެވެ. އެގޮތުން މާލެ ސަރަހައްދުގެ ސްކޫލުތަކުގެ އިތުރުން، އަތޮޅުތަކުގެ ސްކޫލުތަކަށް ވެސް މި މުބާރާތުގައި ބައިވެރިވެވޭނެ އެވެ.
2nd Bicycle Championship 2018
Please click the link to complete this form.
ބައިސްކަލު ރޭހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު
އެހެންކަމުން މިއަހަރުގެ މުބާރާތް އިތުރަށް ވާދަވެރިވާނެ އެވެ. މިދިޔަ އަހަރުގެ މި މުބާރާތުގައި 20 ސްކޫލަކުން 600 އަށް ވުރެ ކުދިން ބައިވެރިވެފައިވެ އެވެ. މިދިޔަ ދެ އަހަރު ވެސް މާލޭ ސްކޫލުތަކުން ބޮޑު ތަރުހީބެއް ލިބުނު އިރު ދިރާގުން އެދެނީ މި އަހަރު ވެސް ގިނަ ސްކޫލުތަކުން މުބާރާތުގައި ބައިވެރިވެ، މި މުބާރާތް އިތުރަށް ފޯރި ގަދަވުމެވެ. ދިރާގުގެ އަމާޒަކީ މިއަހަރު 800 އަށް ވުރެ ގިނަ ކުދިން މި މުބާރާތުގައި ބައިވެރިވުމެވެ.
- 1 ވަނަ: ހިރިޔާ ސްކޫލު
- 2 ވަނަ: ގާޒީ ސްކޫލު
- 3 ވަނަ: ހުރަވީ ސްކޫލު
އެއް ދުވަހަށް ކުރިއަށް ގެންދޭ މި މުބާރާތުގައި ހަތަރު ކެޓަގަރީއަކުން ވާދަކުރެވޭނެ އެވެ. އެއީ 7 އަހަރުން ދަށާއި 11 އަހަރުން ދަށާއި 13 އަހަރާއި 15 އަހަރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ "ފަން ރައިޑް" އެކެވެ.
ިމަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގައި ބައިވެރިވި ބަޔެއް ކުދިން-- ފޮޓޯ: ދިރާގު
ދިރާގުން ބައިކް މޯލްޑިވްސް ޖަމިއްޔާ އާ ގުޅިގެން ބާއްވާ މި މުބާރާތުގެ ރޭސް ފުރިހަމަކުރާ ހުރިހާ ކުދިންނަށް ވެސް މެޑަލް ލިބޭނެ އެވެ. މުބާރާތުގައި ބައިވެރިވާ ހުރިހާ ކުދިން ވެސް 200 މީޓަރުގެ ރޭހުގައި ބައިވެރިވާން މަޖުބޫރު ވާނެ އެވެ.
އޭގެ އިތުރުން، އެއް ކިލޯމީޓަރާއި ދެ ކިލޯ މީޓަރު އަދި ތިން ކިލޯމީޓަރުގެ ތެރެއިން ކޮންމެވެސް ދެ ރޭހެއްގައި ބައިވެރިވެވޭނެ އެވެ. އަދި މި މުބާރާތުގައި ސްކޫލްތަކުން އެކުލަވާލާ ޓީމުތަކަށް "ޓީމް" ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.
ިމަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގައި ބައިވެރިވި ކުއްޖަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މެޑަލް ދެއްވަނީ-- ފޮޓޯ: ދިރާގު
އަންނަ މަހުގެ 14 ވަނަ ދުވަހުގައި އޮންނަ މި މުބާރާތުގައި ބައިވެރިވާ ކުދިންނަށް ޕްރެކްޓިސް ކުރުމަށްޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހާއްސަ ޖާގައެއް ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 06:30 އިން 08:00 އަށް ވަނީ ކަނޑައަޅައިފަ އެވެ. އެހެންކަމުން، މިހާރުން ފެށިގެން ވެސް މުބާރާތުގައި ވާދަކުރާ ކުދިންނަށް، އެ ސަރަހައްދަށް ގޮސް ޕްރެކްޓިސް ކުރެވޭނެ އެވެ.
މި މުބާރާތުގައި ބައިވެރިވާ ކުދިންނަށް އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކު ބާއްވާ "ކަލާސް އެވޯޑްސް"ގައި ވާދަކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އެހެންކަމުން މި މުބާރާތް ވެގެންދާނީ ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ސްކޫލު ކުދިންނަށް ލިބޭ ރަނުގެ ފުރުސަތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތިމާ
26 February 2020
ދެ ނަމާދު ދޭތެރޭ ކުދިން ބޭރަށް ނުނެރެން އަންގާފައި އޮންނަނީ އެންމެ މަތިން. ދެން މި ބުނަނީ 6.30 އާއި 8 އާއި ދެމެދު ފަރިތަކުރެވޭނޭ. އެ ނޫން ވަގުތެއް 24 ގަޑިއިރުން ހަމަ ނުލިބެނީތޯ ތުއްތު ކުރިން ފަރިތަކޮށްލަން؟ ދެރަވަރު
ގޮދާމޯކޮސް
28 February 2020
ކޮން ކަމަކާ ހިތްނުތަނަވަސްވެފަތޯ ތިހުންނަވަނީ. ޢަދި އެއްފަހަރު ލިޔުން ކިޔުއްވާ. އެއޮތީނޫންތޯ "ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 06:30 އިން 08:00 އަށް" ކަމަށް. އެއީ ފަތިސްނަމާދާއި މެންދުރުނަމާދާއި ދޭތެރެ. ކުދިނަނަށް ފަތިސްނަމާދަށް ހޭލަންވެސް ހިތްވަރު ލިބޭނެނޫންތޯ. ދުރުވޭ ބައިސްކަލް ހިތްޕަވައިގެން ޕްރެކްޓިސްއަށް ހިތްއުފާކޮށްލަން
ވާނުވާ މިހާރު
25 February 2020
ތަމެން ޖަހާސަކަރާތަކަށް މަމެންނަށް ނޭގޭ ވަނަދޭކަށް..