ފޯރަމްގައި ދުންޔާ ވާހަކަ ދައްކަވަނީ: އިސްލާމީ ދުނިޔޭގައި އަންހެނުންގެ ކުރިއެރުމަށް ދިމާވާ ދަތިތަކާ ބެހޭގޮތުން ވާހަކަ ދެއްކެވި --ފޮޓޯ/މުސްލިމް ފޯރަމް
08 އޮކްޓޯބަރ 2016 - 16:41
މުސްލިމް ގައުމުތަކުގައި ޑިމޮކްރަސީ ކުރިއެރުވުމުގައި އަންހެނުންގެ ހަމަހަމަކަމަކީ މުހިންމު ކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރަކަށް ހުންނެވުމަށް ފަހު މި އަހަރުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވި ދުންޔާ އެގޮތަށް ވިދާޅުވީ މެލޭޝިއާގެ ކުއަލަމްޕޫރުގައި ބޭއްވި މުސްލިމް ލީޑާސް ފޯރަމްގެ ތިން ވަނަ ބައްދަލުވުމުގައި އިއްޔެ ވާހަކަ ދައްކަވަމުންނެވެ.
ދުންޔާ ވިދާޅުވީ މުސްލިމް ޑިމޮކްރެޓިކް މުޖުތަމައުތަކުގެ ތަރައްގީ އާއި ކުރިއެރުވުމުގައި އަންހެނުންގެ ބައިވެރިވުމާއި ހަރުދަނާ އިޖްތިމާއީ އަދުލުގެ ނިޒާމެއް އޮތުމަކީ އެ މުޖުތަމައެއްގެ ހަމަޖެހުމާއި ތަރައްގީ އޭގެ މައްޗަށް ބިނާވެފައިވާ ކަންތައްތަކެއް ކަމަށެވެ. އަދި އިސްލާމީ ދުނިޔޭގައި އަންހެނުންގެ ދައުރާއި އަންހެނުން ހޯދާފައިވާ ކާމިޔާބީތަކުގެ އިތުރުން ދިމާވާ ގޮންޖެހުންތަކަށް ވެސް އޭނާ ވާހަކަ ދެއްކެވި އެވެ.
މި ފޯރަމަކީ މެލޭޝިއަން އޭޝިއަން ސްޓްރެޓީޖިކް އެންޑް ލީޑަޝިޕް އިންސްޓިޓިއުޓް އިން އިންތިޒާމްކުރި ފޯރަމެކެވެ. މިފަހަރުގެ ފޯރަމްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ފެންވަރުގެ މަންދޫބުން ބައިވެރިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅެވާ
09 October 2016
އަޅުގަނޑުމެނަށް އެގެނީ ތިޔަގޮތަކަށް ނޫން
އިސްތަފާ
09 October 2016
އަންހެނުންނާ ފިރިހެނުން ދުވަހަކުވެސް ހަމަ ހަމަ ވާނެ ގޮތެއް ނޯންނާނެ، ނަމަވެސް ރާއްޖޭގަ މިކަން ބަދަލު ކުރަން އުޅޭތާ ވަރަށް ގިން ޒަމާންތަކެއް ވަނީ ވެފައެވެ. އެކި އިރަށް އެކިމީހުން އެކި ބޭނުންތަކުގައި މިކަން ފެންމަތި ކޮށް އެކި ކަހަލަ ޙަރަކާތްތައް ހިންގައެވެ. ނަމަވެސް އިސްލާމީ އުސޫލުން އަންހެނުންގެ ފަހަތަކު ފިރިހެނުންނަށް ނަމާދެއްވެސް ނުކުރެވޭނެއެވެ. މިހެންގޮސް އެތަށް ކަމެއް ފިރިހެނުންނަށް ޚާއްސަ ވެފައި ވެއެވެ. ވިސްނާ ލެއްވުން ބުއްދިވެރި،
ކަލޯބެ
09 October 2016
ދެޖިންސު ހަމަހަމަ ނުވެގެން މިއުޅެނީ ކޮންކަމެއްގަބާ؟ މިހާރުވެސް ސަރުކާރުގެ ވަޒީފާތަކުފައިވެސް އަންހެނުން ގިނައެއްނޫންބާ؟ ކަމަނާ ޖިންސުގެ ހަމަހަމަކަމުގެ ވާހަކަދައްކާއިރު އިހަށްދުވަހާ ޖެހެންދެން ކަމަނާއަކީ މި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުކަންވެސް ހަނދުމަ ނެތީބާ؟ ޖިސްމާނީގޮތުން ދެޖިންސް އެއްވަރެއް ނުކުރެވޭނެ. ދީނީގޮތުން ވަކިކަހަަލަ ކަންކަމުގައިވެސް މިކަންއޮތީ ހަމަ އެހެން. މިއުޅެނީ ކޮންކަމެއް ހަމަހަމަ ނުވެގެންބާ؟
ރައީސް
09 October 2016
ޖިންސު އެކަނި ހަމަހަމަ ވިޔަކަސް އަދި ކުރިޔަކަށް ނުދާނެ. ފަޓުލޫނު ވެސް ހަމަހަމަ ކުރަން ޖެހޭ.
ފަލަކު
09 October 2016
ހުންގާނުގާ ތިބެވިދާނެ. އެއީ މައްސަލައެއްނޫން. އެކަމަކު ހަމަހަމައެއްނުވާނެ. ވަރަށް ކުޑަމިސާލެއް. އަންހެނުން އެފެންވަރަށް ނަގަންވެސް މަސައްކަތް ކުރަނީ ފިރިހެނުން. އަދި އަންހެނުން ހަމަހަމަ ކުރަން ބާރު އަޅަނީވެސް ފިރިހެނުން. އެކަމަކު އަންހެނުން ދުވަހަކުވެސް ފިރިހެނުން އަންހެނުންނާ ހަމަހަމަކުރަން ވާހަކަ ދައްކާ އަޑެއް ނުއިވޭ. ދެން އޮތް އަނެއް މިސާލަކީ ވިޔަފާރި ކުރިއެރުވުމަށް އަންހެނުންގެ ރީތިކަން ދެއްކުމަށްވެސް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ފިރިހެނުން. އަންހެނުން އެކިގޮތްގޮތަށް ހެދުން އަޅުވައިގެން ފިރިހެނުން ބޭނުންވާ ކަންކަން ދެނެގަންނަން ނެރޭއިރުވެސް މިކުރަނީ މިިކަހަލަ ކަމެއްކަން އަންހެނުންނަށް ވިސްނައިގަންނަންވެސް ނޭގޭ ކަމީ ހައިރާންވާވަރުގެ ކަމެއްވެސްމެ.
ައަންހެނާ
08 October 2016
ދެޖިންސު ހަމަހަމަ ކުރުމުގެ ވާހަކަ އަކީ އަންހެނުންނާ ފިރިހެނުން ގެ ޖިންސު ހަމަ ކުރުމެއް ނުން. މިއީ އަންހެނުންނާ ފިރިހެނުންނަށް މުޖުތަމައުގެ ހުރިހާ ކަމަކާ އެއްވަރަކަށް ޝާމިލުކަން ލިބުމުގެ ހައްގު ލިބެންޖެހޭ ވާހަކަ. އަނހެނަކަށް ވީތީ ނުކުރެވޭނެ ކަންތަކެއް އޮވެގެން ނުވާނެ ވާހަކަ. ހަށިގަނޑު ބަލިކަށި އަންހެނުން އުޅޭގޮތަށް ފިރިހެނުންވެސް އުޅޭ އަދި ހޯމޯނަލް އިމްބެލެންސްގެ ސަބަބުން ނަފްސާނީ މަސްައަލަ ދިމާވަނީ ފިރިހެނުންނާ އަންހެނުން އެއްވަރަކަށް. ޥީމާ ކަމަށް އެކަށީގެންވާ އަންހެނުން އެކަމުން މަހޮރޫމު ވާގޮތަ އޮންނަ އާދަކާދަތައް ނައްތާލުމަކީ އޮންނަން ޖެހޭކަމެއް. މިކަމާ ދެކޮޅު ވިސްނުމަައް ކިޔަނީ އަންހެން ޒާތް ތަފާތުކުރުމެވެ. މިއީ ފިރިހެންކަން ގަދަކަން ދެއްކުމުގެ ބޯދާ ހަރުކަށި ވިސްނުމުގެ މީހުންގެ ތައައްސުބު.
ޔާނު
08 October 2016
ރާއްޖެއަކީ ޖިންސްގެ ތަފާތު އޮތްތަނެއްނޫން
އިބިރިހިން ތައްކާނު
08 October 2016
ބަރާބަރު. ބެއްޔާމެން މިހެން ތިއްބާ ތިކުދިން ފޯދުނީވެސް. ކާތިބު ކާތިބާގެ ވަކީލު ވަކީލާ އަދި ވަޒީރު ވަޒީރާގެ ތަފާތެއް ދުވަހަކުވެސް ނުދެކެން. އޮތީއްޔާ އޮތްތަފާތަކީ ޖިންސުއްލަތީފުންނަށް ފިރިހެންވެރިން ދޫދޭ ދޫދިނުން.
އަހުމަދު
08 October 2016
ދުންޏާގެ ބަސްފުޅައް ވަރައްބޮޑައް ތާއިދު ކުރަން، ދުނިޔޭގެ ހޯދުންތަކުން އެނގޭ ގޮތުގައި ދުނިޔޭގެ އާބާދީގައި އުޅޭ ކޮންމެ 100 މީހުންގެ ތެރެއިން %63 ތައުލީމީ މީހުނައް ވަނީ އަންހެނުން.. ޚާއްސަކޮށް ޔުނިވަރސިޓީ ތައުލީމު ހޯދައިފައިވާ އާބާދީގެ %63 ވަނީ އަންހެނުން... ޖިސްމާނީ ގޮތުން އުފެދުމުގައި ފިރިހެނުންނައް ތުރެން ހަށިގަނޑު ދެރެއެއްކަމަކު މިއަދު އަންހެނުން މަސައްކަތް ނުކުރާ ވަކި މިޔެނި ދާއިރާއެއްނެތޭ ބުނެވިދާނެއެވެ. އޮއިލް ރިގުތަކުގައި އިންޖިނޭރިންގ ގޮތުގައި މަސައްކަތް އެބަކުރޭ ފިރިހެނުންނަކީ އެއްވަރެއްގެ މުސާރައިގައި، ރާއްޖޭގައި އަދިވެސް އިތުރައް އަންހެންބޭފުޅުންނައް ފުރުސަތު ލިބެންޖެހޭ... ރައްޖޭގެ އާބާދީގެ ކޮންމެ 100 މީހުންގެ ތެރެއިން %68 މަތީ ތަޢުލީމު ހާސިލުކޮށްފައިވަނީ އަންހެނުންކަން ކޮންމެ ގުރޭޖު އޭޓު / ކޮންވަރކެޝަންތަކުން ފެނިގެންދެއެވެ. ރާއްޖޭގެ ފިރިހެނުން ކިޔަވުމާއި ދުރުކަން ސާރވޭތަކުން ދައްކައެވެ. ވިޔާނުދާ އަމަލުތަކުގައި ބޮޑު ޕަސެންޓޭޖަކީ ފިރިހެނުން... ޖަލައް ބެލިނަމަވެސް... މިކަންތައް ރަނަގަޅު ވެގެން ބަދަހި މުޖުތަމައުއެއް ބިނާކުރެވެންއޮތީ... އަޅުގަނޑު ދިވެހި އަންހެނުން ތިޔަކުރައްވާ ހިތްަވަރައް ވަރައް ބޮޑައްސާބަސްދެމެވެ.
އިންސާފުވެރިކަން
08 October 2016
އިކުއަލިޓީ އާއި އިކުއިޓީ ގެ ތަފާތު އޮޅުވާލައިގެން، އަންހެނުންނާއި ފިރިހެނުން ކިތަންމެ ވަރަކަށް ހަމަހަމަ ކުރަން އުޅުނަސް ތިކަމެއް ނުވާނެ.
މެންޓަލިސްޓް
08 October 2016
ނޫނޭ ހަމަހަމަ ވާނެ ،، ކީއްވެނުވާންވީ ؟؟ މިހާރުވެސް ދުނިޔޭގެ ކުންފުނިތަކާއި ގައުމުތަކުގެ ހުންގާނުގައި އަންހެނުން އެބަތިބިއެއްނު ، މިސާލަކަށް ޖަރުމަން ވިލާތް އެހިފާއްޓަނީ އަންހެނެއްނުން ؟ އިނގިރޭސި ބޮޑުވަޒީރަކީވެސް އަންހެނެއްނުން ،،، ދެންމިހެންގޮސް ބޮޑެތި ވިޔަފާރިތަކާއި ކުންފުނިތަށް ރަންކުރަން އެބަތިބި އަނެހެނުން ،، ދެން ޑޮކްޓަރުންތެރޭގައިވެސް އެބަތިބި މޮޅެތި އަންހެނުން ، އައިޓީ ދާއިރާގައިވެސް ، ހިސާބު އިލްމްގައިވެސް ، ސައިންޓިސްޓުން ތެރޭގައިވެސް ،،، ދެންކިހިނެތްތޯ ހަމަހަމަ ނުވާނެ ތިޔަބުނަނީ ؟؟؟ އެމީޙުން ކޮންމެ މަހަކު މަޝްސަރުކަންތަށް ޖެހޭތީތޯ ؟؟ އަންހެނެއްގެ ކެއްތެރިކަމާއި ހިއްވަރު ހުންނާނެ ފިރިހެނެކަށްވުރެން ،، އެކަންދަންނަންތޯ ؟؟؟
ވިސްނާ
08 October 2016
އުޙްތާ ދުންޏާއަށް، ހުރިހާކަމަކީ ދެޖިންސު ހަމަހަމަ ކުރެވޭނެ ކަންތައްތަކެއްނޫން.... ބައެއްކަންތައްތަކުގަ ފިރިހެނުން ހާއްސަވޭ... ހާއްސަވާތީ އާއިލީ ޒިންމާވެސް އިތުރުވޭ... ވަލީދިނުން، އާއިލާ ބެލެހެއްޓުން، އިމާމުވެ ނަމާދުކުރުން، ޖަނާޒާގަ މީހުން ވަޅުލުން ކަހަލަކަންކަން... އަދި ހުންނާނެ އެތައްކަމެއް...ަައަންހެނުންނަކީ ވަރަށް ގަދަރުެުގުލިގެންވާބައެެއް... ތަރިކަމުދދަލުން އަންހެނުންނަށް ލިބުނުބައި އެކަބަލުންނަށް އެކަބަލުން ހަރަދުކުރާކަށްނުޖެހޭ... އެކަނބަލުންގެ ބަލަދުވެރިން އެކަނބަލުންގެ ހުރިހާ ހަރަދެއްކޮށް ބެލެހެއްޓުމުގެ ޒިންމާ އަދާކުރަންޖެހެނީ.... މައްސަލައަކީ ދިވެހި ފިރިހެނުންނަށް އެވެރިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު ތައް ހަދާން ނެތުން... ވާޖިބުތައް އަދާނުކުރުން....