އެމްޓީސީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ ބައެއް އިސްވެރިން ބައިވެރިވަޑައިގަންނަވަނީ -- ފޮޓޯ: އެމްޓީސީސީ
27 ފެބުރުއަރީ 2020 - 16:48
އަންނަ މަހު 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޓީސީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ކުންފުންޏަށް ބޭނުންވާ ޓެކްނިކަލް މަގާމުތަކަށާއި ނޮން-ސްކިލްޑް މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި މި މަގާމުތަކަށް މުވައްޒަފުން ހޮވުމުގައި ދިވެހިންނަށް އިސްކަންދޭނެ ކަމަށް ވިދާޅުވި އެވެ.
އެމްޓީސީސީން ހަވާލުވެފައިވާ މަޝްރޫއުތައް ހިންގަން ކުރިމަތިވާ ގޮންޖެހުން ތެރޭގައި އެކަށީގެންވާ އިކުއިޕްމަންޓާއި މުވައްޒަފުން ނެތުން ހިމެނޭ ކަމަށް އާޒިމް ވިދާޅުވި އެވެ. ގިނަ ވަޒީފާތަކަށް ހުޅުވާލީ، އެ މައްސަލައަށް ހައްލެއް ހޯދަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ 37 ރަށެއްގައި އެ ކުންފުނީގެ އެކި މަޝްރޫއުތައް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި އިތުރު 10 ރަށެއްގައި މަޝްރޫއުތައް ފަށާނެ ކަމަށާއި އެއިން ކޮންމެ ރަށަކަށް، މަދުވެގެން 10 މުވައްޒަފުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
އޭގެ ތެރޭގައި ވެލްޑަރުންނާއި އެކްސްކަވޭޓަރު ޑްރައިވަރުން ފަދަ ޓެކްނިކަލް މަގާމުތަކާއި ސުޕަވައިޒަރުންނާއި އެޑްމިން މަގާމުތަކާއި ކައްކާ އިން ފަދަ މަގާމްތައް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކަށް ޓެކްނިކަލް ތަމްރީން ދީގެން ނަމަވެސް ވަޒީފާތަކަށް ދިވެހިން ނަގަން ބޭނުން ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ސިޓީއަކުން، އެކަން އެ ކުންފުންޏަށް އެންގުމުން ތަމްރީންގެ ކަންތައް ހަމަޖައްސަދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަޒީފާ އަށް ޝައުގުވެރިކަން ހުންނަ ކަމުގައި ވަނީ ނަމަ، އަޅުގަނޑުމެންނަށް އެޕްލައިކުރީމައި، އަޅުގަނޑުމެން މި ބުނާ މިިނިމަމް ކްރައިޓީރިއާތަކެއް ހަމަވާ ކަމުގައި ވަނީ ނަމަ، އަޅުގަނޑުމެން އެ ބޭފުޅުންނަށް އިތުރު ޓްރެއިނިންތަކެއް ދީފައި އެ މީހުންނަކީ މި ލެވެލްއަށް ގެންދެވޭނެ ބަޔަކަށް ހަދަން އަޅުގަނޑުމެން މި ތިބީ ތައްޔާރަށް،" އާޒިމް ވިދާޅުވި އެވެ.
އަންނަ މަހުގެ ތެރޭގައި މަޝްރޫއުތަށް ފަށަން ނިންމާފައި ވަނީ ހއ. އިހަވަންދޫ އާއި ހދ. ނެއްލައިދޫ އާއި ހދ. ހަނިމާދޫ އާއި ނ. މިލަންދޫ އާއި ކ.ގުރައިދޫ އާއި އއ. ރަސްދޫގެ އިތުރުން ވ. ރަކީދޫ އާއި ލ. މާވަށް އަދި ގދ. ތިނަދޫގަ އެވެ.
މީގެ ތެރެއިން ބައެއް މަގާމުތަކަށް މިހާރު ވެސް އިއުލާންކޮށްފައި ވާނެ ކަމަށް ސީއީއޯ ވިދާޅުވި އެވެ. އަދި ދެން ހުރި މަގާމުތައް އަންނަ މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން ކުރިއަށް އޮތް ހަ މަސް ތެރޭގައި އެ ކުންފުނިން ފަށަން ނިންމާފައިވާ އިތުރު 49 މަޝްރޫއަކަށް އިތުރު މުވައްޒަފުން ބޭނުންވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އެ މަޝްރޫއުތަކަށް އިތުރު 150 މުވައްޒަފުން ނަގަން ވިސްނާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މަގާމުތަކަށް އެކަށީގެންވާ ދިވެހިން ނުލިބިއްޖެ ނަމަ، ބިދޭސީން ނަގަންޖެހޭނެ ކަމަށެވެ.
އެމްޓީސީސީގައި 1،800 އަށް ވުރެ ގިނަ މުވައްޒަފުން އުޅޭ އިރު ދިވެހި މުވައްޒަފުންގެ ނިސްބަތް 50 ޕަސެންޓަށް ވުރެ ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސް ބަޑާ
28 February 2020
މުސާރަ ދޭނެ ލާރި އެބަހުރިތަ؟
އަލީމުހަންމަދު
28 February 2020
99% ބިދޭސީންނަށް.
ދޮންމަނިކް
27 February 2020
އެމް، ޓީސީސީ މިދިޔައަހަރުވެސް ، ފައިދާގެގޮތުގައި 700 މިލިޔަން ފައިދާޖެއްސި ކުންފުންޏެއް ކީވެ ވަޒީފާ އިތުރު ނުކުރަންވީ 200 އެއްނޫ ތިކުންފުޏައް ނަގަންވީ 500 މުވައްޒަފުން ، އަދި ބޯނަސްގެގޮތުގައި 28000 އަށަާވީސް ފާސް އަދި ހިއްސާ އަކައް 100 ރުފިޔާ ބެހި ރާއްޖޭގެ ކުންފުންޏެއް ގެ ވާހަކަމިދައްކަނީ .......
ޙަސަން7
27 February 2020
ސަޕްލަޔަރަރުންގެ ޕޭ މަންޓް ކީއްވެބާދެން ނުދީހިފަހައްޓަނީ؟
އާދަމް ބާއީ
27 February 2020
ޕާޓީގެ ކުއްޖަކަށްނޫނީ ޕާޓީގެ ކޯލިޝަންޕާޓުނަރުގެ ކުއްޖަކަށް ނުވަތަ ޖަގަހަތަކަށް ޒިޔާރަތްނުކުރާމީހަކަށް ތިޔަ 200 އާ ކައިރިވެވިދާނެބާ؟
ސީމަނު -އެމްޓިސީސީ
27 February 2020
އެމްޓީސީސީން އެތަނުގެ ސީމަނުން ވަޒީފާއަށް ފޫހިކުރުވާ - ދުރުކުރުމަށް ގަވާއިދު ބަދަލުކޮށް އިނާޔަތްތައް ނުދޭން ނިންމަނީ -- ވަޒީފާ ދާއިމީގޮތެއްގައި ނުތިބެވޭނެކަމަށާއި- ބައެއް ޗުއްޓީތައް މުލިބޭނެ ގޮތަށް ގަވާއިދު ބަދަލުކުރަނީ. މިހެން ކަންތައް ކުރުމުން ކިހިނެތް ދިވެހިންނަށް އިސްކަން ދެވެނީ! އިންޑިއާއިން މީހުން ގެނައުުމުން ކަޓް ލިބޭތީ ބާ؟ ނޫނީ ބޮޑު ހިލަ ގެނައުން ކޮންޓްރެކްޓަށް އިންޑިއާ ބަޔަކަށް ދީގެން ކަޓް ނަގަން ބާ؟
މަޑުލިސް
27 February 2020
ދިވެހިން އެބަތިބިބާތިބާ 200ވަރަކަށް ނޮން-ސްކިލްޑް ވަޒީފާޔަށް؟
ވައިސޫރި
27 February 2020
އެމް ޓީ ސީ ސީ ގާ ޓެކުނިކަލް މީހުންު ތިބިކަމުގާވިޔަސް އެމީހުންގެ ބޭނުން ނުހިފައެ ސަބަބަކީ ވެރިން ތިބެނީ އެމީހުން އެކަހެރިކޮއް ބާކީ ކޮއްފާ ނާޖާއިޒު ފައިދާނަގަންވެގެން ތަނެއްދޮރެއް ނުދަންނަ ބޭރުމީހުން ގެންނަނީ ކަޓެއްނަގާފާ މިހާރުވެސް ޑުރެޖިން ކުންފުނީގެ ޓެކުނިކަލް މީހުން ހިއްސާވާ އިތުރު ޑުރެޖިން ކުންފުންޏެއް އޮވޭތޯ ބަލާބަލަ
ސިކުނޑި
27 February 2020
ހިންގުންތެރި ކަމަކީ މީހާގައިގައި ހުންނަ ސިފައެއް!! އެއީ ކޮންމް މީހަކަށް ވާކަހަލަ ކަމެއް ނޫން!!