ޚަބަރު / މީރާ

މީރާއިން ފައިސާ ހޯދުމުގެ ބައެއް އުސޫލުތައް ހަރުކަށިކޮށްފި

މީރާ: ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން މީރާއަށް ބޮޑެތި ބާރުތަކެއް ލިބޭ --ފޮޓޯ/މިހާރު

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުދައްކާ ހުންނަ ފައިސާ ހޯދުމުގެ ބައެއް އުސޫލުތައް އެތަނުން ހަރުކަށިކޮށްފި އެވެ.

މީރާގެ އެންފޯސްމަންޓް ޕޮލިސީގައި ކުރިން އޮންނަނީ ފައިސާ ދައްކަން ދޭ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ އެ ފައިސާ ދައްކަން 30 ދުވަހުގެ މުއްދަތެއް ދިނުމަށާއި އެ މުއްދަތުގައި ވެސް ނުދައްކައިފި ނަމަ 20 ދުވަސް ތެރޭގައި ފައިސާ ދައްކަން އަންގައި، ފައިނަލް ނޯޓިސް ފޮނުވުމެވެ.

އެކަމަކު އެ ޕޮލިސީއަށް މިހާރު ގެނެސްފައިވާ އިސްލާހު ބުނާގޮތުން ފައިސާ ނުދައްކައިފި ނަމަ އެ ފައިސާ ދައްކަން ފުރަތަމަ ދެވޭނީ 15 ދުވަހެވެ. އެ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ 15 ދުވަސް ތެރޭގައި ފައިސާ ދައްކަން އަންގައި، ފަހުގެ ނޯޓިސް ފޮނުވޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ. އެކަމަކު ޓެކްސްގެ އަދަދު މީރާ އިން ކަނޑައެޅުމަށް ފަހު ފައިސާ ދައްކަން އަންގާ އެންގުންތަކުގައި ފައިސާ ދައްކަން ކުރިއެކޭ އެއްގޮތަށް 30 ދުވަހުގެ ފުރުސަތު ދޭނެ އެވެ. ނަމަވެސް އިސްލާހުގައިވާ ގޮތުން ދެވަނަ ފުރުސަތުގައި ލިބޭނީ 15 ދުވަހުގެ މުއްދަތެކެވެ.

ފައިސާ ދައްކަން ދެ ފަހަރެއްގެ މަތިން ފުރުސަތު ދޭންޖެހޭ ގޮތަށް އެ ޕޮލިސީގައި އޮތަސް ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި އެއްވެސް ފައިސާއެއް ނުދައްކައިގެން ނޯޓިހެއް މީރާ އިން ފޮނުވާފައިވާ ފަރާތްތަކަށް ފައިސާ ދައްކަން ލިބޭނީ އެންމެ ފުރުސަތެއް ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ވެސް ބައެއް ކުދި އިސްލާހުތައް އެ ޕޮލިސީ އަށް މިހާރު ވަނީ ގެނެސްފަ އެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން ބޮޑެތި ބާރުތަކެއް ލިބިފައިވާ މީރާއިން ފައިސާ ދައްކަން އަންގާ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ އެ ފަރާތެއް ބްލެކް ލިސްޓްކޮށް، ކަމާބެހޭ ފަރާތްތަކަށް އެކަން މީރާއިން އަންގާނެ އެވެ. އަދި ޓެކްސްގެ ގޮތުގައި މީރާ އިން ކަނޑައަޅާ އަދަދަކާ މެދު ހިތްހަމަނުޖެހިގެން އެ މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅޭނީ ވެސް ދައްކަންޖެހޭ ހުރިހާ ފައިސާއެއް އަމިއްލަ އަށް މީރާ އަށް ދެއްކުމުން ކަމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައިވެ އެވެ.

3 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 0%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހްމަދު

31 May 2016

މި ލިޔާއެތި ރަނގަޅަށް ކިޔާތި ހުރިހާ ބޭފުޅުންވެސް. ޕްރައިވެޓް ކުންފުނި ތަކަށް ލިބޭ އާއްމުދަނީ ބެހެނީ މިދެންނެވި ގޮތަށް 6% ޖީއެސްޓީ ގޮތުގަ ސަރުކާރަށް 15% ޕްރޮފިޓް ޓެކްސްގޮތުގައި ސަރުކާރަށް ބާކީ އޮންނަ އެއްޗަކުން ތަނުގެ ހަރަދު ބަރަދު ކޮށްފަ ފައިދާއެއް ވޭތޯ ބަލަން ޖެހޭނީ. އަސްލު ވާގޮތަކީމި. މަސައްކަތެއް ކޮށްފިއްޔާ، ލާރިކޮޅުނުލިބިގެން މަރުދޭން ޖެހޭ. އެކަމު މަސައްކަތް ނިމޭތަނުން އިންވޮއިސް ލާފިއްޔާ އެއްކަލަ ޖީއެސްޓީ ހޯދަން ސަރުކާރުން ދުވަން ފަށާނެ. އަދި އޮޑިޓް ރިޕޯޓުގަ ސޭލްސް ރެވެނިއުގޮތައި އެއަދަދު އިންނަން ޖެހޭތީ، ލާރިނެތަސް %15 ޓެކްސް ދައްކަން ޖެހޭ. ސިޔާސީ މިހުންގެ ޝެއާރ ފެލާލާފަވެސް އަތުލާނެ. މީހުންލައިގެން ގުޅާގެންވެސް މަސައްކަތް ކުރި ލާރި ނުލިބި، ޕާޓޭންނަށް ލާރިކޮޅެއްދީގެން އެލާރި ހޯދޭނީ 6 މަސްފަހުން. ކޯޓަށް ގޮއްސިއްޔާ 2 އަހަރު ނަގާނެ. ކުންފުނި ތަކަކަށް ނޯވޭ އެކައުންޓު ފްރީޒް ކޮށްގެން ލާރި ހޯދޭ ގޮތެއް. ބޮޑު ކުންފުންޏެއް ވިއްޔާ މީރާއިން ނޯޓިސް ކެންސަލްކޮށް ދައްކަން ނުޖެހޭ އެއްޗެއްގޮތުގައި ކަނޑައަޅާނެ. ކޮބާ ވިލާގުރޫޕުން ދައްކަން ޖެހޭބުނި 90 މިލިއަން ޑޮލަރު... ވަރަށް ލޮލްދޯ. ސިޔާސީ މީހުންގެ ދިރިއުޅުމުގެ ހަރަދު ހޯދަންވެސް މިޖެހެނީ މި ނިކަމެތި ރައްޔިތުން، ތެޅިމަރުވެގެން. ސަރުކާރަށް އެތައް ބައިވަރު ލާރިލިބޭއިރުވެސް، މުއައްސަސާތަކުން ކުރަނީ ރައްޔިތުންނަށް ޖެއްސުން، އެހާ ސުލޯ، އަދި ނުވިތާކަށް ލާރިދިނީމަ ނޫނީ ކަމެއް ނުކޮށްދޭ.

The name is already taken The name is available. Register?

ދިގުދޫ

31 May 2016

ނިކަމެތި ކުދި ވިޔަފާރިތަކުން ފައިސާ އަތުލަން ފޫގަޅާފައިވާތީ ހިތާމަކުރަން. ބޭރުމީހުން ވަގަށް ކުރާ ވިޔަފާރިތައް ހުއްޓުވާނެފަރާތެއްނެތް؟ އޮންލައިންކޮށް ކުރާ ވިޔަފާރިން ޓެކްސެއް ނުނަގާ. ރަނގަޅަށް ޤަވާޢިދުން ވިޔަފާރިކުރާ މީހަކަށް އިންތިހާއަށް ޖެއްސުންކުރޭ. ފައިސާ ބަލަހައްޓަންޖެހޭ ގޮތް މީރާއިން ފިހާރަތަކަށް އައިސް ކިޔައިދޭއިރު، އެބުނާ ފައިސާ ބަލަހައްޓާ ސޮފްޓްވެއަރ ހިލޭ ލިބޭނެގޮތް ހަދައިދޭން ކީއްވާނީ. މީރާގެ މުވައްޒަފުންވެސް ކުރާ ކަމަކީ ދައުލަތަށް ފައިސާ ހޯދައިދިނުން. ހަމައެފަދައިން ފިހާރަތަކުން ވެސް ކުރާކަމަކީ އެއީ. އެހެންވީމާ ފިހާރަތަކުގައި މީރާގެ މުވައްޒަފަކު ބަހައްޓައިގެން ޖީއެސްޓީފައިސާ ސީދާ އެމީހަކު ބަލައިގަންނަންވީނު. އޭރުން އެއޮތީ ކޯޓަށް ނުގޮސް މައްސަލަ ޙައްލުވެފަ. އަދި ގިނަ ޒުވާނުންނަށް ވަޒީފާ ވެސް ހޯދައިދެވިފައި.

The name is already taken The name is available. Register?

ވިސްނާލީމާ

31 May 2016

ހޯދަންޖެހޭއެއްޗެއް ގަދަކަމުންވެސް ހޯދާށެވެ! އެއެއްޗެތި ހޯދަން ހަވާލުކޮށްފާވަނީ ތިބޭފުޅުންނާ ނޫންހެއްޔެވެ؟! ތީކީ ތިބޭފުޅުންގެ ނުބައިނުލަފާ ކަމަކުން ކުރާ ކަމެއްނޫނެވެ! -އިބްރާހީމް-

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454