05 މާޗް 2020 - 11:54
ބާސެލޯނާ (މާޗް 5) – ޕީއެސްޖީގެ ފޯވާޑް ނޭމާ އަނބުރާ ގެނައުމަކީ ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ބާސެލޯނާ އިން އެންމެ އިސްކަންދޭނެ ކަންތައް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބާސެލޯނާ ދޫކޮށް 2017 ވަނަ އަހަރު އޮގަސްޓް މަހު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 246 މިލިއަން ޑޮލަރަށް ޕީއެސްޖީ އަށް ބަދަލުވި ނޭމާ މި ސީޒަން ފެށުމުގެ ކުރިން ކުރީގެ ކްލަބް ބާސެލޯނާ އަށް ބަދަލުވާން ގިނަ ގޮތްގޮތުން މަސައްކަތްކުރި އެވެ. އެކަމަކު ބާސެލޯނާ އަށް ގަނެވޭ ވަރަށް ވުރެން ބޮޑުކޮށް ޕީއެސްޖީން އަގު ކިޔާތީ އެ ޑީލު ކުރިއަށް ނުދިޔަ އެވެ.
އެކަމަކު ސްޕެއިނުގެ ރިޕޯޓްތައް ބުނާ ގޮތުގައި މި ފަހަރު ބާސެލޯނާ އިން އެކަން ކާމިޔާބުކުރަން މަސައްކަތްކުރާނެ ކަމަށެވެ. އެގޮތުން ސީޒަން ނިމުމުގެ ކުރިން ބާސެލޯނާ އިން ޕީއެސްޖީއާ އެކު ވާހަކަތައް ފަށާނެ ކަމަށްވެ އެވެ. ނޭމާ ޕީއެސްޖީ ދޫކޮށްލަފާނެ ކަމަށް ބެލެވެ އެންމެ ބޮޑު ސަބަބަކީ އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު ލެއޮނާޑޯއާ އޭނާއާ މައްސަލަ ޖެހިފައިވުމެވެ.
ނޭމާ މި ސީޒަނަށް ފަހު ޕީއެސްޖީ ދޫކޮށްލާ ނަމަ އޭނާ ވިއްކާލާނެ އަގު ކަނޑައަޅާނީ ފީފާ އިން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެސްޖީއާ އެކު ނޭމާ ސޮއިކުރި ކޮންޓްރެކްޓްގައި އެ އެއްބަސްވުން އުވާލާނެ އަގެއް ހިމަނާފައިނުވެ އެވެ. ދާދި ފަހުން ފީފާއިން އެކުވާލި އާ ޓްރާންސްފާ ގަވާއިދުގައިވާ ގޮތުން އެއްބަސްވުން އުވާލަން ދައްކަން ޖެހޭ އަދަދު (ރިލީސް ކްލޯސް) ނުހިމަނައި ހަދާ ކޮންޓްރެކްޓްތަކުގެ ފުރަތަމަ ތިން އަހަރު ހަމަވުމާ އެކު ކުޅުންތެރިޔާ ކްލަބް ބަދަލުކުރަން ބޭނުންވެއްޖެނަމަ އެ ކުޅުންތެރިޔާ ވިއްކާނެ އަގެއް ކަނޑައަޅާނީ ފީފާއިންނެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފީފާ އިން ނޭމާގެ ކޮންޓްރެކްޓަށް ބެލުމަށް ފަހު އޭނާގެ އަގު ކަނޑަޅާއިރު އެ އުޅޭނީ 185 މިލިއަން ޑޮލަރުގަ އެވެ.
ނޭމާ އޭރު ބާސެލޯނާ ދޫކޮށްލި އެއް ސަބަބަކީ ލިއޮނަލް މެސީގެ ހިޔަނިން ސަލާމަތްވެ އޭނާގެ އަމިއްލަ ކެރިއަރު ކޮޅަށް ޖެހުމެވެ. އެކަމަކު ޕީއެސްޖީގައި ނޭމާ އަށް އަނިޔާ އާއި އެނޫން ވެސް ސަބަބުތަކާ ހެދި އެންމެ މަތީ ފޯމް ދައްކަން ވަނީ ހުރަސް އެޅިފަ އެވެ. އެގޮތުން އޭނާ ޕީއެސްޖީއާ ގުޅުނު ފަހުން އެ ޓީމުން ފްރާންސް ލީގުގައި ކުޅުނު 103 މެޗުގެ ތެރެއިން ބައިވެރިވެވުނީ 52 މެޗުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލު ހަގީގަތް
05 March 2020
އަނެއްކާ އަނެކަކު މިގެންނަނީ. ބާސެލޯނާއިން އެބަޖެހޭ މިއަށްވުރެ ޒުވާން ކުޅުންތެރިން ގެންނަން. ނޭމާޔަށް މިހާރު 4 މެޗުވެސް ފުރިހަމަ ނުކުރެވޭ އިންޖަރީނުވެ. ބާސާގެ ފޯވާޑް ލައިނަށް މިހާރު ބޭނުނީ ގެބްރިއަލް ހެސޫސް ނުވަތަ ލައުޓާރޯ މާރޓިނޭޒް ކަހަލަ ޔަންގް ސްޓައިކަރެއް. އަދި ސަންޗޯ ނޫނީ ސާނޭ ކަހަލަ ޔަންގް ޕޭސީ ވިންގަރެއް. ދެން ޑިފެންސް ލައިން ރަނގަޅު ކުރުމަށް ޑާޔޮޓް އުޕަމެކަނޯ ގެނެސްފައި މިޑްފީލްޑް ލައިނަށް ކްރިއޭޓިވް ކުޅުންތެރިޔެއް ގެނައީމަ ނިމުނީ.
ހަގީގަތްް
05 March 2020
2014ގެ ފަހުން ކުޅުންތެރިން ގެނައުމަށް 1 ބިލިއަން ޚަރަދުކުރި ހަމައެކަނި ޓީމަށް އިންޖަރީގަ އުޅޭ ނޭމާރ ބޮޑު އަގުގައި ގެނެސްގެން ވަކި ކުރާނެ ފައިދާއެއް ނުވިސްނޭ.
އޭނަ
05 March 2020
ކަލޭ ރަނގަޅަށް ދިރާސާކޮށްލުމަށް އެދެން. 2014 ގެ ފަހުން 1 ބިލިޔަން ޔޯރޯއަށްވުރެ ގިނައިން ޚަރަދުކުރީ ބާސެލޯނާ އެކަންްޏެއްނޫން. މެންޗެސްޓާރ ސިޓީ 1.09 ބިލިޔަން ޚަރަދުކުރިއިރު ޔުވެންޓަސްވަނީ 1.06 ބިލިޔަން ޔޫރޯ ޚަރަދުކޮށްފައި. އަދި މެންޗެސްޓާރ ޔުނައިޓެޑުންވެސްވަނީ 1.03 ބިލިޔަން ޔޫރޯ ޚަރަދުކޮށްފައި. މި ކްލަބުތަކުގެ ތެރެއިން އެމުއްދަތުގައި ހަމައެކަނި ޗެމްޕިއަންސް ލީގެއް ލިބުނީ ބާސެލޯނާޔަށް އެކަނި. ކީއްވެ މި ކްލަބުތަކުގެ ވާހަކަ ކަލޭ ނުދައްކަނީ.
ހަގީގަތްް
05 March 2020
1 ބިލިއަން ޕައުންޑް ޚަރަދުކުރީ ބާރސާއިން އެކަނި.
އޭނަ
06 March 2020
ހަގީގަތަށް. ކިހިނަކުން އެހެންވާނީ. ބާސާއިން ޚަރަދުކުރީ 1.12 ބެލިޔަން ޔޫރޯ. އެ ޕައުންޑަށް ކޮންވާރޓްކޮށްލީމަ 1 ބިލިޔަނެއް ނާރާ. ބޭނުމިއްޔާ އަމިއްލަޔަށް ޗެކްކޮށްލެވޭނެ.
ނަގިއްޔާ
05 March 2020
މެސީ އިޒް އެލެފެންޓް އިންދަ ރޫމް. ބާސެލޯނާގަ މެސީ ހުންނަހާ ހިދަކު އެހެން ކުޅުންތެރިއަކަށް އޭނަގެ އަސްލު ކުޅުމެއް ނުދެއްކޭނެ، ދެތިން މީހުން ކަޓުވާފަ ކީޕަރު ކަޓުވާފަ ބޯޅަ ގޯލަށް ޖަހަން ބަލާއިރު މެސީހުންނާނެ ބޯޅަ ފާސް ކުރުމަށް އެދިއެދި. އެހެން ކުޅުންތެރި އަކު ކިތަންމެ މޮޅަށް އިތުބާރާއެކު ފުރީކިކު ޖެހިޔަސް އޭނައަކަށް ފުރުސަތެއް ނޯންނާ އޮނަރަބަލް އަލްފާޟިލު ލިއޮނަލް މެސީ އަކާހެދި
އޭނަ
05 March 2020
ކަލޭ ނިކަން ބުނެލަދީބަލަ މިވަގުތު ބާސާގެ ސްކޮޑުގައި މެސީނޫނީ އެއްކުޅުންތެރިޔަކު ނަމަވެސް ބީޓްކޮށްލެވޭ މީހެއް. ދެން މެސީގެ މައްސަލައެއްނޫންއެއީ އެހެން ކުޅުންތެރިންނަށް ނުކުޅެވުމަކީ.
ނަގޮއްޔާ
05 March 2020
ނަގިއްޔާ ކަލޭ ދާންވީނު މެސީ އަށް ވުރެ މޮޅު ކުޅުމެއް ދައްކަން... ކިތަންމެ ރުޅި އެރިޔަސް ހަމަ މެސީ ކުޅޭ ތަން ބަލަން ޖެހޭނީ...
ނަގިލި
05 March 2020
ކަލޭގެ އިއްޒަތްތެރި ރޮނާލްޑޯ ހުއްޓަ ޔުވެންޓަސްގެ އެހެން ކުޅުންތެރިއެއް ފްރީކިކް ކީއްކުރަން ޕެނަލްޓީ އެއްވެސް ޖަހާލާކަށް ނުލިބޭ..އެޓީމުގަ ފުރީކިކު ގޯލަށް ޖަހަން އިތުބާރުހިފޭ ޑިބާލާ ހުރި އިރުވެސް އެ ދެނީ އެންމެ ފަހުން ޖެހި ތިރީހަކަށް ފުރީކިކް އޮފްޓާގެޓަށް ޖެހި ރޮނާއަށް..ބާރސާ ގަ ކަލޭ ދައްކަބަލަ މެސީ އާ ވާދަކޮށްލވޭނެ ފްރީ ކިކާ އެއް...