06 މާޗް 2020 - 18:43
ދާދި ފަހުން ސްރީ ލަންކާގައި ޝޫޓްކޮށް ނިންމައިލި ބިރުވެރި ފިލްމު "ކަޅަކި" ގެ ޓީޒާއެއް ދައްކާލައިފި އެވެ.
ލަންކާގައި ހުރިހާ މަންޒަރުތަކެއް ނަގާފައިވާ މި ފިލްމަކީ މިދިޔަ އަހަރު "ނިވައިރޯޅި" ގެނެސްދިން ބަތަލާ ނިއުމާ މުހައްމަދުގެ ފިލްމު ކުންފުނި ނިއުޒޯ ސްޓޫޑިއޯ އަށް ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ލަންކާގެ އެކަހެރި ހިސާބެއްގައި ހުންނަ ގެއެއްގައި ދިރިއުޅޭ ބަޔަކަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ "ކަޅަކި" ގެ ކާސްޓްގައި އަލީ ސީޒަނާއި އައިމިނަތު ރިޝްފާ އާއި މުހައްމަދު މަނިކުގެ އިތުރުން ތަންކޮޅެއް އާ މޫނުތަކެއް ހިމެނެ އެވެ.
ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމުގެ ޓީޒާއެއް ދައްކައިލި ނަމަވެސް، ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި ނުނިންމަ އެވެ.
ނިއުމާ ބުނެފައިވާ ގޮތުގައި "ކަޅަކި" އަޅުވާނީ އޮލިމްޕަހުން ތާރީހެއް ލިބޭ ރަނގަޅު ދަނޑިވަޅަކާ ދިމާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
08 March 2020
ޑްރޯން ބެނުން ކުރިނަމަ ވަރައްސަޅިވީއްސެވެ. އަދިވެސް ގަމީސްފަޓުލޫނު ގެ ބައި މަދުކޮށް ޑާރކް ކުލަތަކުގެ ޓީޝާޓް ބޭނުން ކުރުމުން މެސެޖް ވަރައްފުރި ހަމަވެގެން ދާނެއެވެ. މިސާލަކަށް މަނިކު ގެ ފެނިލުމުން ހީވަނީ ތަމަޅަފިލްމެއްގެ ބައެއްހެނެވެ. ރަނގަޅުކުރާށެވެ.
ސަލީމު އިދުރީސް
07 March 2020
ނަފުސާނީބަލިތައް ގިނަވެ އަމިއްލަ ހިޔަނިދެކެވެސް ބިރުގަންނަ މުޖުތަމައުއަކައް އަދިވެސް ބިރުވެރި ފިލުމުދޯ ހަދަންވީ