08 މާޗް 2020 - 12:23
މެންޗެސްޓާ (މާޗް 8) – އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީއާ ދެމެދު މިހާރު އޮތް ފަރަގު އޮވެދާނެ ކަމަށް އޭނާ ކުރިން ހީނުކުރާ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ދާދި ފަހަކާ ޖެހެންދެން ޔުނައިޓެޑަކީ އަބަދުވެސް ލީގުގެ ގަދަ ތިނެއްގައި އޮންނަ ޓީމެކެވެ. ސިޓީ އަކީ ފަހަތުގައި އޮންނަ ޓީމެކެވެ. އެކަމަކު މިހާރު ހާލަތު ބަދަލުވެ ސިޓީ ކުރިއަށް ޖެހިފައިވާއިރު ޔުނައިޓެޑަށް ކުރީގެ ގަދަކަމެއް ނުދެއްކެ އެވެ.ީ
ލީގުގައި މިރޭ އޯލްޑް ޓްރެފޯޑުގައި ޔުނައިޓެޑާއި ސިޓީ ބައްދަލުކުރާއިރު ދެ ޓީމުގެ ފަރަގަކީ 15 ޕޮއިންޓެވެ. ސިޓީ ދެ ވަނައިގައި އޮތްއިރު ޔުނައިޓެޑް އޮތީ ހަތް ވަނައިގަ އެވެ.
"އަހަރެން އިންގްލެންޑަށް އައިއިރު ހިޔެއް ނުކުރަން ޔުނައިޓެޑާ ދެމެދު މި ތިން ހަތަރު އަހަރު މިހާ ދުރުމިނެއް އޮންނާނެ ކަމަކަށް،" ގާޑިއޯލާ ބުންޏެވެ.
އެކަމަކު ގާޑިއޯލާ ބުނީ ޔުނައިޓެޑުގެ ފެންވަރާ މެދު ސުވާލެއް ނެތް ކަމަށާއި އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ މަސައްކަތް ވެސް ބަލައިގަންނަ ކަމަށެވެ. އަދި ވަކިވަކިންނާއި ޖުމްލަކޮށް އެނެލައިޒްކުރާއިރު ޔުނައިޓެޑުގެ ކުޅުންތެރިން ވެސް ފެންނަނީ މޮޅު ކުޅުންތެރިންތަކެއްގެ ގޮތުގައި ކަމަށް ގާޑިއޯލާ ބުންޏެވެ.
"އަހަރެން އަބަދުވެސް ދެކެނީ، ކްލަބާއި ކޯޗު ގަބޫލުކުރާ ފަދަ ޓީމެއް ބިނާކުރަން ކްލަބަށާއި ކޯޗަށް ވަގުތު ބޭނުންވާކަމަށް. ބައެއް ފަހަރު ނަތީޖާތަކުން އެ މަރުހަލާ ހުއްޓުވާލަނީ. އަހަންނަކީ ޔުނައިޓެޑުގެ މީހެއް ނޫން، އެކަމަކު އަހަންނަށް އިހުސާސްކުރެވެނީ ސޯލްޝެއާއާ މެދު އެ މީހުންނަށް އިތުބާރު އޮތްކަން. އަދި އަހަރެން ދެކޭ ގޮތުގައި އޭނާ އަންނަނީ ވަރަށް ރަނގަޅަށް އެ ވަޒީފާ އަދާކުރަމުން،" ގާޑިއޯލާ ބުންޏެވެ.
ޔުނައިޓެޑުގެ ދަނޑުގައި މިރޭ ކުޅޭއިރު މިދިޔަ އަހަރުތަކުގައި އެ ދަނޑުގައި ސިޓީގެ ނަސީބު ރަނގަޅެވެ. އެގޮތުން ލީގުގައި އެ ދަނޑުގައި އެންމެ ފަހުން ސިޓީ ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކުރި އެވެ. އޭގެ ތެރޭގައި ގާޑިއޯލާގެ ކޯޗުކަމުގައި ކުޅުނު ތިން މެޗުން ހޯދި ތިން މޮޅު ހިމެނެ އެވެ.
މި ވަގުތު ޔުނައިޓެޑް ވެސް އޮތީ ރަނގަޅު ފޯމެއްގަ އެވެ. އެގޮތުން މިދިޔަ ހަފުތާގައި ޑާބީ ކައުންޓާ 3-0 އިން ބަލިކޮށް އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި މެޗަކީ ހުރިހާ މުބާރާތެއް ހިމަނައިގެން އެ ޓީމު ބަލިނުވެ ފުރިހަމަ ކުރި ނުވަ ވަނަ މެޗެވެ. އެ ޓީމުން އަންނަނީ ލީގުގެ ގަދަ ހަތަރަކަށް މަސައްކަތްކުރުމުގެ އިތުރުން ޔުރޮޕާ ލީގާއި އެފްއޭ ކަޕުގެ ތަށްޓާ މެދު ވެސް ވިސްނަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްް
09 March 2020
އެ އޮތީ ބަލިކޮށްފަ. ހޯމްގަވެސް އަވޭގަވެސް. ދެން ޕޮއިންޓް ޑިފަރެންސް ކިޔަކިޔާ ހުއްޓާ ލީގު އެއޮއް ގެއްލުނީ...
ރަދީފް
09 March 2020
ބްރަދާ ، ނަމެއް ހަދައިގެން ކޮމެންޓްކުރުން އެދެން.އެހެން މީހުންގެ ހިޔަނިން ނެއްޓިގެން ހުރީމަ ރީތިވާނެ.
ރަދީފްް
09 March 2020
ރަދީފް އަކީ ކަލޭގެ ނަމެއްތަ؟
ރަދީފް
09 March 2020
ސަމާލު.''ރަދީފް'' މިނަން ބޭނުންކޮށްގެން ފުރަތަމަ ''ހަވީރު''ގަ ވެސް ކޮމެންޓްކުރަން ފެށީ އަހަރެން.އަދި ''މިހާރު'' ނޫހުގަ ވެސް އެކައުންޓެއް ހަދައިގެން ކޮމެންޓްކުރަނީ އަހަރެން.ފޯނު އެޕްލިކޭޝަން މެދުވެރިކޮށް ކަލޭމެންނަށް ''ރަދީފް''ގެ ނަމުގަ ކޮމެންޓްކުރެވޭނީ.ނަމަވެސް ބްރައުޒާ މެދުވެރިކޮށް ނުކުރެވޭނެ.އެއީ އަސްލު އޮރިޖިނަލް ''ރަދީފް''.ވ.ވެދުން
ބުރައުޒާ
09 March 2020
ބުރައުޒާގަވެސް ކުރެވޭނެ، "ރަދީފް" މި ނަމަކީ ކަލޭގެ ތަރިކަ މުދާގަނޑެއްނޫން،
އަންްނި
08 March 2020
ލީގުގައި އެންމެ ފަހުން ސިޓީއާ ކުޅުނު މެޗުންވެސް ޔުނައިޓެޑް މޮޅުވީ، އެވެސް ސިޓީ ދަނޑުގަ. ގަދަ ޓީމްތަކާ ދެކޮޅަށް ޔުނައިޓެޑްގެ ރެކޯރޑް ރަނގަޅު. ޔުނައިޓެޑަށް ޕޮއިންޓް ގެއްލިފަ ހުރީ ގިނައިން ދަށްޓީމުތަކާ ދެކޮޅަށް ނަތީޖާ ނުނެރެވިގެން. ވަޓްފޯރޑް ފިޔަވާ ލިވަރޕޫލް އަތުން ޕޮއިންޓެއް ހޯދުނު ހަމަ އެކަނި ޓީމަކީ ޔުނައިޓެޑް. ދެން ގަދަ 4ގައި ތިބި ލެސްޓާ، ސިޓީ އަދި ޗެލްސީ އާ ދެކޮޅަށް ކުޅުނު މެޗުތަކުން މޮޅުވި.
ބަބުލޫ
08 March 2020
ގާޑިއޯލާ ޖެހޭނީ މެންޗެސްޓާރ ޔުނައިޓެޑް އޮތީ ޕޮއިންޓް ޓޭބަލުގެ ކިހާ ހިސާބެއްގަތޯ ބަލަން ދުރުމިއަޅަން.
މުލޭ
09 March 2020
ދުރުމި އަޅާ ބެލިފަ އޮންނާނީ ރޭގަ.
252555
08 March 2020
ތެދެއް. ޓްރޮފީއާއި ކާމިޔާބީ ތަަަކަށްބަލާއިރު ފުދޭވަރެއްގެ ދުރުމިނެއްް އެބަހުރި ސިޓީ އާ ޔުނައިޓެޑާ. ޔުނައިޓެޑް ކުރިއަށް އޮތް 5 އަހަރު ޓްރޮފީ ނެތި ދިޔަޔަސް ސިޓީ އަކަށް އަތެއް ނުވާނެ
ލީގް ވޮޗް
08 March 2020
ކުދި ކަޕްތައް ދޯ ގިނައިން ހުރީ.ޔުނައޭޓެޑް އެއީ މާޒީ.
ދޮންހޮއްކޮ
11 March 2020
ޗެމްޕިއަންސް ލީގު ނެގުނީމަ ބޮޑިކަޕެއް ނެގުނުކަމަށް ވެގެން އަނގަފުޅާ ކޮށްބަލަ "ލީގް ވޮޗް". ސިޓީގެ ފޭނުން އެބަޖެހޭ ގާނޫނެއްހަދައިގެން ހިމާޔަތް ކުރަން. -ވެރީ ރެއަރ ސްޕީސިއަސް-