މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކައުންސިލުން ވަނީ ވީމީޑިއާގެ ހަބަރެއް އިސްލާހު ކުރަން އަންގާފައި---
10 މާޗް 2020 - 11:14
ކޮވިޑް-19 ބައްޔާ ގުޅޭ ގޮތުން ވީމީޑިއާގައި ޝާއިއު ކުރި ޚަބަރެއްގެ ސުރުޚީ އިސްލާހު ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އަންގައިފި އެވެ.
ވީމީޑީއާގެ ސީއީއޯ މުހައްމަދު ޒަހީނަށް އެމްއެމްސީން އިއްޔެ ފޮނުވި ސިޓީއެއްގައި ބުނީ "ފޯކައިދޫ ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި" ނަމުގައި ލިޔެފައިވާ ޚަބަރުގެ ސުރުޚީ އިސްލާހު ކުރަން އަންގާ ކަމަށެވެ. އަދި އެ ކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން ފަހުގެ މައުލޫމާތު ހޯދައި އާ ޚަބަރެއް ލިޔުމަށް ވެސް އެމްއެމްސީގެ ސިޓީގައި ވީމީޑިއާ އަށް އެންގި އެވެ.
މީޑިއާތަކުން ގެނެސްދޭ ޚަބަރުތައް އިސްލާހުކޮށް، ވަކި ގޮތަކަށް ލިޔުންތައް ލިޔަން އެންގުމަކީ މީޑިއާ ރެގިއުލޭޓަރީ ބޮޑީތަކުން ފަހަކަށް އައިސް ކުރަމުންދާ ކަމެއް ނޫނެވެ. އެކަމަކު، މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅޭ ޚަބަރުތައް ލިޔުމުގައި ސަމާލުވުމަށާއި ދޮގު ޚަބަރު ނުފެތުރުމަށް އެމްއެމްސީން ވަނީ މީޑިއާތަކަށް އަންގައިފަ އެވެ. އަދި މި ދަނޑިވަޅުގައި ބްރޯޑްކާސްޓަރުން ގެނެސްދޭ ޚަބަރާއި މައުލޫމާތު ވަރަށް ގާތުން މޮނިޓާ ކުރަމުން ގެންދާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފައި ވެ އެވެ.
"ވީއޮންލައިން" ގައި މިދިޔަ އާދިއްތަ ދުވަހު ލިޔެފައިވާ ޚަބަރުގައި ބުނެފައިވަނީ ކުރެއްދޫ ރިސޯޓްގައި މަސައްކަތް ކުރާ ފޯކައިދޫގެ ދެ މުވައްޒަފަކު އެ ރަށުގައި ހުއްޓައި ގޭގައި އައިސޮލޭޝަންގައި މަޑުކުރަން އެންގުމުން އެ ރަށު ތެރޭގައި ބިރުވެރިކަން ފެތުރިފައިވާ ކަމަށެވެ.
"މިކަންތަކާ ގުޅިގެން ފޯކައިދޫ ސިފަވަނީ ފަޅު ރަށެއްގެ ގޮތުގައިކަމަށް މައުލޫމާތު ދިންމީހާ ބުންޏެވެ. އޭނާ ބުނީ އެރަށު ރައްޔިތުންގެ ކަންބޮޑުވުންތައް ވަނީ އިންތިހާއަށް ގޮސްފައި ކަމަށާއި، ބައެއް މީހުން ކާޑުގެ ބާވަތްތައްވެސް ގަނޑުކޮށް ގަނެ، އާންމު ރައްޔިތުން މިހާރު ތިބީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި ކަމަށެވެ.،" ޚަބަރުގައި ބެ އެވެ.
މީޑިއާތަކުން ގެނެސްދޭ ޚަބަރުތައް އިސްލާހުކޮށް، ވަކި ގޮތަކަށް ލިޔުންތައް ލިޔަން އެންގުމަކީ މީޑިއާ ރެގިއުލޭޓަރީ ބޮޑީތަކުން ފަހަކަށް އައިސް ކުރަމުންދާ ކަމެއް ނޫނެވެ. އެކަމަކު، މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅޭ ޚަބަރުތައް ލިޔުމުގައި ސަމާލުވުމަށާއި ދޮގު ޚަބަރު ނުފެތުރުމަށް އެމްއެމްސީން ވަނީ މީޑިއާތަކަށް އަންގައިފަ އެވެ. އަދި މި ދަނޑިވަޅުގައި ބްރޯޑްކާސްޓަރުން ގެނެސްދޭ ޚަބަރާއި މައުލޫމާތު ވަރަށް ގާތުން މޮނިޓާ ކުރަމުން ގެންދާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފައި ވެ އެވެ.
އެމްއެމްސީން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ބެހޭ ގޮތުން ދޮގު ޚަބަރު ފަތުރާ ނޫސްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. މި ދަނޑިވަޅުގައި އެކަށީގެން ނުވާ މައުލޫމާތު ފަތުރާ ނަމަ އެ މައުލޫމާތެއް ފަތުރާ މީޑިއާއަކަށް އެކަން އަންގައި އަދި އެންގުންތަކާ އެއްގޮތަށް އަމަލު ނުކޮށްފި ނަމަ "ގާނޫނީ ފިޔަވަޅު އަޅާނެ" ކަމަށް ވަނީ ބުނެފަ އެވެ.
ޗައިނާގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެތުރެން ފެށި ކޮވިޑް-19 ދުނިޔޭގެ އެކި ހިސާބުތަކަށް މިހާރު ފެތުރިފައި ވާއިރު އެންމެ ބޮޑު އެއް މައްސަލަ އަކީ ބައްޔާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފެތުރުން ކަމަށް ސިއްހީ ތަޖުރިބާކާރުން ގެންދަނީ ބުނަމުންނެވެ. އެހެން ގައުމުތަކުގައި ވެސް އަންނަނީ ބައްޔާ ގުޅޭ ސައްހަ ނޫން މައުލޫމާތު ފެތުރުމާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންނެވެ.
މިހާތަނަށް އެ ބައްޔަށް ރާއްޖޭން ހަ ބިދޭސީއަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ބައެކެވެ. އަނެއް ދެ މީހުންނަކީ ބަތަލާ ރިސޯޓްގެ ދެ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2411
10 March 2020
ކަލޭމެން ވަކި ކަންތަކުގަ ކީއްވެ ހިފާދަމަނީ، ތި މީޑިއާނެޓައް އަންގަބަލަ ސެންސަރު ކޮއްފަ އެއްޗެހި ދައްކަން، އަހަރެމެންގެ އިސްލާމީ މުޖުތަމައާ ހުޅޭގޮތައް...ކުދިންނާ އެއްކޮއް ގޭތެރޭގަ ބަލާލެވޭގޮތައް، އެ ހެޑްލައިން ކީއްވެ ގޯސްވީ، ބޭރު ގެސްޓުން ނާންނާނެ ތީތަ ބިރުން، އެމީހުން ދިވެއްސައް އެހާފަރިތައެއް ނުވާނެ....ކަލޭމެންގެ ރިޒުގު ބަންދެއްނުވާނެ
ހަކީމް
10 March 2020
އެހަބަރު ގެ އަލާ ކެނޑި ކިޔާނެ ބަޔަކު ކިޔާ ވާނެއެއްޗެއް ވީމަ ސިޓީ އަކުން މިއަންގަނީ ޙަބަރު ގެ ސުރުހީ ބަދަލު ކުރާށޭ. ހީހީ ހަލާކުވެދާނެ.
އައްލާބެ
10 March 2020
ބަލަ ތިޔަ މީޑިއާ ތަކުގެ ވާހަކަ ދައްކާއިރު ލައިވް ފުޓްބޯޅަމެޗުތަކުގައި ހެނެކަން ބިޔަރ އިސްތިހާރު އެދައްކަނީ ސެންސަރ ނުކޮއް މީގާނޫނީގޮތުން ހުއްދަކަމެއްތޯ ފެޝަން ޓީވީ އޭކިޔާ ތަނަކުން ބަރަހަނާ ހާލްގަ އަންހެން ވެރިން ހިގާތަން ހުއްދަތޯ ޓުރޭސް ޓީވީ އޭކިޔާ ލަވަޕުރޮގުރާމެއް މައިދަރީންނައް ބެލޭ ވަރެއްނުވޭ ކިސްކުރާ ތަނާއި ނިވާކަން ކުޑަ ހެދުން ލައިގެން ގައިގޯޅި ވާމަންޒަރު އެވެސް ސެންސަރުނުކޮއް ހުއްދަތޯ ޙަބަރެއްގެ ވާހަކަ އެކަންޏެއްނޫން ބައްލަވަންވަނީ
އިބިރިހިންބެއްޔާ
10 March 2020
ކޮންމެ ސަބަބަކާހެދި ނަމަވެސް ހަދާންނެތިފައި އޮތްކަމެއް ހަދާންވިކަން ރަގަޅު. ޤައުމުގެ ދަރީންގެ އަޚްލާޤާއި މުޖުތަމަޢުގެ އެއްބައިވަންތަކަން އަދި އަދަބު އިޙްތިރާމް އާލާކުރުމުގައިވެސް މަސައްކަތް ކޮއްދެއްވާނެނަމަ ރަގަޅޭވެސް ހިތަށް އަރާ.
އަލީ އަލީ
10 March 2020
ނަންވާނީ ޔާމީން! އެކަމަކު އިބްރާހިމްވެސް މިކުޅެނީ އެއްކުޅިއެއް! އެކަމަކު ނަންވާނީ ޔާމީން!
ހީލާ
10 March 2020
ދެން ތިބޭ އަތްޖަހަން މިނިވަންކަން ލިބިއްޖެއްނުން. ދެން ފައިސާދީފާ ގަނެފަތިބޭނި ކިތައްމެ ނުރުހުނަސް ކަންބޮޑުވިއަސް ސަރުކާރު ރުހޭގޮތަށް ސަރުކާރުގެ ރަގަޅުވާހަކަ ލިޔަންޖެހޭނި ގަބޫލުކުރޭ މީއަނިޔާވެރި މަކަރުވެރި ބައެއް ތިބި ސަރުކާރެއް. ލދނ ސަރުކާރެއް. ދޮގާ މަކަރާ ހެދުން 1 ވަނައިގެ ސަރުކާރެއް.
ވިސާމާ
10 March 2020
ޑިމޮކްރަސީއޭ ނޫސްވެރިކަމުގެ މިނިވަން ކަމޭ ކިޔައިގެން އައި މީހުން މި ހަދަނީ ކޯޗެއް! ތިހާ ވަރަކަށް ދެން ނޫސްވެރިކަމުގެ މިނިވަންކަން ދެވޭނީ. ހެޑްލައިންވެސް މި ޖެހެނީ އަންގަވާ ގޮތަކަށް ލިޔަން. ކުރީގައި ރައީސް އޮފީހުން ޚަބަރު ލިޔެފަ މީޑިޔާތަކަށް އަންގައިގެން އެ އެންގި ގޮތަކަށް ލިޔަން ޖެހުމެކޭ ކޮބާ ތަފާތަކީ މިހާރު؟
އެސްކޮބާރ
10 March 2020
ތިޔަކަންތައް ކުރަނީ ޗައިނާއިން ފުރަތަމަ ކަންތައް ކުރިގޮތަށް. ހަބަރު ފެތުރުން ސެންސަރުކޮށްފަ ވައިރަހުގެ ވާހަކަ ދައްކާ ޑޮކްޓަރުންގެ އަނގަ ބަންދުކޮށްފަ. ތިގޮތަށް ކަންތައް ކޮށްގެން ރަގަޅެއް ނުވާނެ. ރައްޔިތުން ތިބީ ހަމަ ބިރުވެރިކަމެއްގެތެރޭ. މުޅި ދުނިޔެވެސް އޮތީ ބިރުވެރިކަމެއްގެތެރޭ. މިއީ ދުނިޔެ ތައްޔާރުވެފަ އޮތް ކަމެއް ނޫން. މިއީ ފޯކައިދޫ ތައްޔާރުވެފަ އޮތް ކަމެއް ނޫން. ފޯކައިދޫ ތައްޔާރުވެފަ އޮތީ ދިވެހި ލީގުގަ ކުޅެން.
ކައުންސެލަރު
10 March 2020
މީޑިޔާ ކައުންސިލަށް ހަޖަމު ނުވީތަ؟ ދެން އަތްޖަހާ!
ވިގޫތާކިހާ
10 March 2020
ތަނަކަށް ނުރައްކާ ބައްޔެއް އަތުވެއްޖެއްޔާ ކޮންމެ ބަޔަކުވެސް ތިބޭނީ ބިރުން، ދެން އެވާހަކަ ނޫހުގެ ހެޑުލައިނުގަ ޖަހާނެގޮތް ބުނެދީބަލަ. މާލޭގެ ރައްޔަތުންވެސް މިވަގުތު ތިބޭނީ ބިރުން ވައިރެހަށް ޕޮޒިޓިވް މީހެއް އެދިއައީ މާލޭގަ ދެދުވަހު އުޅެފަ.