ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭ ގޮތުން އެކުލަވައިލާފައިވާ ގައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ކުރިއަށް ގެހްދަނީ.---ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
11 މާޗް 2020 - 11:49
އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރާ ނަމަ އިތުރަށް 30 ވަރަކަށް މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭ ކަންކަމުގައި ލަފާދިނުމަށް އުފައްދާފައިވާ ކޮމިޓީގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، މިހާތަނަށް ވެސް 25-30 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށެވެ.
އީސީގެ ރައީސް ޝަރީފްގެ މި ވާހަކަ ދެއްކެވީ ކޮވިޑް-19 ބަލި ފެތުރުން ހުއްޓުވުމަށްޓަކައި މިވަގުތަށް އިންތިޚާބު ފަސްކުރަން އެކި ފަރާތްތަކުން ގޮވަމުންދާ ދަނޑިވަޅެއްގަ އެވެ.
ކުރީގެ ރައީސް އަދި އެމްއޭރުއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން ސިޔާސީ އެކި ބޭފުޅުން ވެސް ގެންދަވަނީ އިންތިޚާބު ފަސްކުރުމަށް ގޮވައިލައްވަމުންނެވެ. އެކަމަކު، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެއްޑީޕީ އާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިންތިޚާބު ފަސްކުރާކަށް ބޭނުމެއް ނުވެ އެވެ. އިދިކޮޅުން ބުނަނީ އިންތިޚާބު ފަސްކުރުމާ ގުޅޭ މަޝްވަރާ އަކަށް ދާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރާ މަތިން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެމްބަރުން ވިދާޅުވަނީ އިންތިޚާބު ފަސްކުރާ ވަރަކަށް ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ދަށް ނުވާ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭ ގޮތުން އެކުލަވައިލާފައިވާ ގައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އީސީގެ ރައީސް ޝަރީފް ވާހަކަ ދައްކަވަނީ---ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
އީސީގެ ރައީސް ޝަރީފް ވެސް މިއަދު ވިދާޅުވީ، އިންތިޚާބު ފަސް ކުރުމުގެ އެއްވެސް ވިސްނުމެއް އެ ކޮމިޝަނުން އަދި ނުގެންގުޅޭ ކަމަށެވެ. އަދި، 2،000 އަށް ވުރެ ގިނަ ކެންޑިޑޭޓުން ބައިވެރިވާ އެ އިންތިޚާބު ބޭއްވުމަށް ގިނަ ޚަރަދުތައް ވެސް މިހާރު ވަނީ ކޮށްފައި ކަމަށް ވިދާޅުވި އެވެ.
"އިންތިޚާބު ފަސްކޮށްފި ނަމަ ވަރަށް ބޮޑު ފައިނޭންޝިއަލް ބާޑަންއެއް އަންނާނެ. މިހާތަނަށް ވެސް ބަޖެޓުން ތިންބައިކުޅަ އެއްބައި ވަނީ ޚަރަދު ކުރެވިފައި،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ވޯޓު ކަރުދާސް ޗާޕްކުރުމަށް މިއަދު ހަވާލު ކުރާއިރު އެއީ ވެސް ބޮޑު ޚަރަދެކެވެ. އަދި އޮފިޝަލުންނަށް ދޭން ޖެހޭ އުޖޫރަ ފިޔަވައި މައިގަނޑު ބޮޑެތި ޚަރަދުތައް ކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ހިނގަމުންދާ ކައުންސިލްގެ ދައުރު ހަމަވުމުގެ މަހެއް ކުރިން އާ ކައުންސިލް އިންތިޚާބު ކުރަން ޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވާއިރު، އެ އަށް ވުރެ އިންތިޚާބު ލަސް ކުރުމުގެ ބާރު އީސީ އަށް ލިބިގެން ނުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ވިދާޅުވީ، މިހާރު އޮތް ތާރީޚަށް ވުރެ އިންތިޚާބު ފަސް ކުރާނަމަ ދެން އިންތިޚާބު ބޭއްވޭނީ އަންނަ ރޯދަ މަހުގެ ތެރޭގައި ކަމަށެވެ.
"އިންތިޚާބު ފަސްކޮށްފި ނަމަ ވަރަށް ބޮޑު ފައިނޭންޝިއަލް ބާޑަންއެއް އަންނާނެ. މިހާތަނަށް ވެސް ބަޖެޓުން ތިންބައިކުޅަ އެއްބައި ވަނީ ޚަރަދު ކުރެވިފައި،" ޝަރީފް
ބައެއް ރިސޯޓްތަކުން ކޮވިޑް-19 އަށް މީހުން ޕޮޒިޓިވް ވުމުން، އެ ރިސޯޓްތަކަށް އެރުން މަނާ ކޮށްފައިވާއިރު، ވޯޓް ފޮށި ބަހައްޓާ ރަށެއް އެ ގޮތަށް ބަންދު ކޮށްފާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އަދި ވޯޓް ފޮށި ބަހައްޓަން ނިންމާފައިވާ ގައުމެއްގައި އެފަދަ ހަރަކާތެއް ބޭއްވުން މަނާ ކޮށްފާނެ ކަމުގެ ބިރު ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ އިންތިޚާބާ ގުޅޭ ކަންކަން ކުރުމަށް ހައި ކޯޓުގެ ލަފައަކަށް އެދި ހުށަހަޅަން ވެސް ވަނީ ނިންމައިފަ އެވެ.
ފުލުހުންގެ ފަރާތުން، ގައުމީ ލަފާދޭ ކޮމިޓީގައި ހުންނަވާ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވަނީ އިންތިޚާބު ފަސްކޮށްގެން އިތުރު ޚަރަދެއް ދިޔަޔަސް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ގޮތެއް ނިންމުމަށް ލަފާ ދެއްވައިފަ އެވެ. އެގޮތުން، ކޮވިޑް-19 ގެ ކަންތަކުގައި އީސީގެ މެމްބަރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާ ހޯދުމަށް ވެސް ފައިރޫޝް ލަފާ ދެއްވި އެވެ.
އޭގެ ޖަވާބުގައި އީސީގެ ރައީސް ޝަރީފް ވިދާޅުވީ އެ ކޮމިޝަންގެ ވިސްނުމަކީ ހަމައެކަނި ޚަރަދަށް ބެލުން ނޫން ކަމަށާއި އެންމެ މުހިންމީ ރައްޔިތުންގެ ސިއްހަތު ކަމަށެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ، އިންތިޚާބުގެ ކަންތަކުގައި އަމަލު ކުރާނެ ލަފާ ހޯދުމަށް ހައި ކޯޓަށް މިހާރު ވެސް ހުށަހަޅަން ޖެހޭ ކަމަށެވެ. މިހާރު އޮތް ގޮތުން ކެމްޕެއިން ކުރުމަށް ދަތިތަކަކާ ކުރިމަތިވެ ކެންޑިޑޭޓުންގެ ހައްގުތަކެއް ވެސް ގެއްލޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ފަރާތުން، ގައުމީ ލަފާދޭ ކޮމިޓީގައި ހުންނަވާ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވަނީ އިންތިޚާބު ފަސްކޮށްގެން އިތުރު ޚަރަދެއް ދިޔަޔަސް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ގޮތެއް ނިންމުމަށް ލަފާ ދެއްވައިފަ އެވެ. އެގޮތުން، ކޮވިޑް-19 ގެ ކަންތަކުގައި އީސީގެ މެމްބަރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާ ހޯދުމަށް ވެސް ފައިރޫޝް ލަފާ ދެއްވި އެވެ.
"އިލެކްޝަންސް ކޮމިޝަނުން ވީހާ ވެސް އަވަހަކަށް ގޮތެއް ނިންމުން މުހިންމު. ޕާޓީތަކާއި ކެންޑިޑޭޓުން މި ތިބީ ވާނުވާގައި،" ކުރިން ކެލާ ދާއިރާގެ މެމްބަރުކަން ކުރެއްވި ޕީޕީއެމްގެ ކުރީގެ މެމްބަރު އަލީ އާރިފް ވިދާޅުވި އެވެ.
އެ ހިޔާލުތަކަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވީ، އިންތިޚާބު ފަސް ކުރުމުގެ އެއްވެސް ވިސްނުމެއް އަދި އެ ކޮމިޝަނުން ނުގެންގުޅުއްވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެޗްޕީއޭގެ ބޭފުޅުންނާ މަޝްވަރާ ކުރައްވައި ލަފާ ހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބައްލަންބެ
16 March 2020
އީސީ އަށް މި އިންތިކަބު ބާއްވަން 70 އެތައް މިލިއަން ރުފިޔާ ދީފަ ހުރީ އެފައިސާއިން ކަރަދެއް ނުހިންގާ ބަހައްޓާފަ އަނެއްކާވެސް މި ގޮވަނީ 30 މިލިއަނަށް އަލެ މީ އެސްޓިމޭޓަށް މަސައްކަތްކުރާ ކޮންތްރެކްޓަރ އެއްތީ
ވިސްނާލަ
12 March 2020
އަންނަ އަހަރަށް އިންތިހާބު ލަސްކޮށްބަލަ. މިހާރު ހުރި ފައިސާއިން ސަރުކާރު ހިންގާނީ. އަންނަ އަހަރުގެ ބަޖެޓަށް ލާނީ
ކަކްސް
11 March 2020
ކަލޭމެން ވޯޓުފޮށި ބަހައްޓައިގެން އިންތިހާބު ބާއްވާ. އަހަރެންނެއް ގާއިމު ނުދާނަން ވޯޓުލާކަށް.
ދަލާލު
11 March 2020
ކަލެއަށް ވަރިހަމަދޯ އިންތިޚާބު ބެއްވެނިކޮށް. ކިހާ ޚަރަދެއްކުރަންޖެހޭނެތޯ މީހަކު ސަލާމަތްކުރަން. މިވަރު ގަމާރުން މިތިބީ ބޮޑުންނަށް
ބޮޑުމީހާ
11 March 2020
ދެން ހެޔޮދޯ ގައުމު އެންމެން ބަލިވިޔަސް، އިޓަލީ ގޮތަށް މުޅި ގައުމަށް ފެތުރި ގައުމު އެއްކޮށް ކަރަންޓީނު ވީމަ އޮންނާނެ 30 މިލިއަން ސަލާމަތްވެފަ
ސީސީ
11 March 2020
ހެވޭ. ތިޔަށްވުރެ ބޮޑު ބާރޑަން އަކަށްވެދާނެ (ފައިނޭންޝިއަލީވެސް، ޕޮލިޓިކަލީވެސް، އަދި ސޯސިއަޅީވެސް) ތިޔަ އިންތިހާބު މިހާރު ބާއްވައިގެން. ތިހެން ފައިނޭންޝިއަލް ފައިދާހޯދަން އިލޓަލީ މީހުން ނުހުއްޓުވީމަ މިހިސާބަށް އަހަރެމެންގެ ދިރިއުޅުން ކްރިޓިކަލްވީ.
ހަޒާނާ
11 March 2020
އިލެކްޝަނުން ދައްކަނީ 30 މިލިއަން ރުފިޔާ ގެއްލުންވާ ވާހަކަ އެވެ. އިންތިހާބައް ދިން އެތައް މިލިއަނެއް އިންތިހާބު ނުބާއްވަނީ ހުސްވީ އެވެ. އެފައިސާ ވަނީ ކޮން ތާކުތޯ ބަލަން ވީ އެވެ.
ނުކުރޭ
11 March 2020
މީނަ މިއުޅެނީ ރައްޔެތުންނަށް ވައިރަހުގެ ބިރުދައްކައިގެން ޔާމީނު މިނިވަން ކުރަންތާ! ބޯ ހަލާކު! އޭނާ މިނިވަން ކުރާނެ ކަމެއްނެތް! ޕީޕީއެމުން ލަސްކުރަން އެއްބަސްވާނީ ޔާމީނު ދޫކުރީމައޭ ބުނެފަ ދެން މީނާ މިހެން ބުނުމުން ދޭތި ދިމާވޭ!
އުމަރުބެ
11 March 2020
ހަރަދަކީ ރައްޔިތުންދޭ އެއްޗެއް، އިންތިހާބު ހިންގަން ވޮލަންޓިއަރުން ހޯދާނީ، އެއިރުން ތިޔަބުނާ ހަރަދު ފޫބެއްދޭނެ، ތިޔައުޅެނީ ހަމަ ނަޝީދު އަންގާގޮތް ހަދަން
ބވފދދދދދދދދދދދދދދދދދދދދދދދދ
11 March 2020
ޚަރަދުތޯ މުހިއްމީ؟ ނުވަތަ ދިވެހިންގެ ސަލާމަތްކަންތޯ؟