އެމްޑީޕީގެ ޖަލްސާއެއްގައި ރައީސާއި ނަޝީދުގެ އިތުރުން ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިިގަންނަވަނީ: ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރާ 38 މީހަކު އެމްޑީޕީން ވަކިކުރަން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
11 މާޗް 2020 - 20:24
ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރާ ދާއިރާތަކަށް އަމިއްލަ ގޮތުން ވާދަކުރާ އެ ޕާޓީގެ 38 މީހަކު ޕާޓިން ވަކިކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެމްޑީޕީގެ މެމްބަރުން އަމިއްލަ ގޮތުން ކުރިމަތިލާ ނަމަ، އެ މީހަކު ޕާޓީން ވަކި ކުރަން އެ ޕާޓީން ކުރިން އޮތީ ނިންމައިފަ އެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އެ ދެ އިންތިޚާބަށް ވެސް އެ ޕާޓީގެ ޓިކެޓްގައި ކެންޑިޑޭޓުން ވާދަކޮށްފައި ވަނިކޮށް އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބެ، އަމިއްލަ ގޮތުން ވާދަކުރުމަކީ އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފް އަމަލަކަށް ވާތީ އެ ޕާޓީގެ 38 މެމްބަރަކު ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެ މެމްބަރުންގެ ނަންތައް އެ ޕާޓީގެ ދަފްތަރުން އުނިކުރަން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވާއިރު، އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އެމްޑީޕީންނެވެ. އަދި ބައެއް ދާއިރާތަކުގެ ގޮނޑިތައް އިންތިޚާބަކާ ނުލައި ވެސް އެ ޕާޓީ އަށް ވަނީ ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާބޮޑު މީހާ
12 March 2020
ތި ޕާޓީއާއި މިގައުމުވެސް ރަގަޅުވާނެ ތި ރޫހާނީ ލީޑަރު ޕާޓީން ވަކިކުރަނިކޮށް
އެމެރިކާ
12 March 2020
ޤައުމުދެކެ ލޯބިނުވާ ބަޔަކަށް ވެރިކަން ހޯދަ ދެވުނީ.
ހައްގުބަސް
12 March 2020
ކޮލޯ މިސަރުކާރުން ފުލެޓް އެޅިއަސް އަޅަނީ ރޔާމިން އަޅަން އިއުލާން ކޮފްފަ ހުރި 4ހަސް ފުލެޓުގެބައެއް. މިސަރުކާރުން ޗައިނަގެ ދަންތޫރާގަ ނުޖެހޭނެ.
އަރޫ
12 March 2020
38 މީހުން އިންސާފުގެ ޕާޓީގެ ބަސްނާހާ އަމިއްލަގޮތުން ކުރިމަތިލާނީ ހާދަ ބޮޑެތި މައްސަލަތަކެއް ހުރީމައޭ
ގުލްފިށާމް
12 March 2020
ކޮބާތަ އައްޑޫސިޓީ ހިތަދޫ މޫލެކެޑެ އޮޑައްސައު ދާއިރާޔައް އަމިއްލަ ގޮތުން ވާދަކުރައްވާ އަސްލު މީހާ ވަކިބޔަކު ތޯ ޕާޓީ ދަފްތަރުން ވަކި ކުރަނީ
ޝަމްއޫން / ލިއޯ މެސީ
12 March 2020
އެއީ އަހަރުމެންގެ ކެންޑިޑޭޓް.އެކަމަކު ހޮވޭނީ ގުލް.
ބަބުރުލް ސަލީމް
12 March 2020
ވަރަށް ހުދުމުޚްތާރު އަމަލެއް!
ދަތްނެތްކުއްޖާ
12 March 2020
އެބަޔަކު ވަކިކުރަންވީކީނޫން. ތި ވިސްނުން ދޫކޮއްލާފައި މިހެންވާން ދިމާވި މައިގަނޑު ސަބަބު ދެނެގަނެ އެވެރިންނާއި ވާހަކަ ދައްކައި ރީތިކޮއް ތިކަން ހައްލު ކުރީމައި ނިމުނީ. މަމެން ދެކެނީ މިކަމުގައި މޑޕ ގެ ލީޑަރޝިޕްގައި މައްސަލަތަކެއް އުލޭކަމަށް.
ނަޖުދާ
12 March 2020
ޑިމޮކްރެޓިކު ހަމަތަކާއި ބީރައްޓެހި މިކަހަލަ މީހުން ވަކިކުރަންވީ! އަދި ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ސީދާ ދެކޮޅަށް މަސައްކަތްކުރާ އެމްޑީޕީގެ މެންބަރުންވެސް މެންބަރުކަމުން ވަކިކުރުމަށް ގޮވާލަން. މި ގައުމުގައި ޑިމޮކްރެޓިކު ރީތި އާދަތަށް އަށަގެންނުވޭނީ ބައެއްފަހަރު ހަރުކަށިވެސް ވެގެން. މިއީ ރަނގަޅު ފިޔަވަޅެއް، ޝުކުރިއްޔާ އެމްޑީޕީ
އަފްލާތޫން
12 March 2020
ރީތި އާދަ ކިޔާއެއްޗެއް ޑިމޮކްރަސީގަ އޮންނަކަން މަމެން ނުދަންނަން
ާއުނިމާ
11 March 2020
އެމީހުނަށް ތަރުހީބުދީ އެކަންކުރުވާ އެމްޑީޕީގެ ބޮޑުންނާއި މަޖްލިސް މެންބަރުންނަށް ފިޔަވަޅު އަޅަންކެރޭނެތޯ؟
ކޮރަލް
11 March 2020
38 މީހުންގެ އާއިލާ އާއި ރައްޓެހީން ވެސް ޕާޓީ އިން ވަކި ވާނެ އެވެ.