ފުލުހުންގެ ލޯންޗްގައި ރޯވެ އަނދަނީ. އެއީ ބަޔަކު ގަސްދުގައި ކުރިކަމެއް ކަމަށް ފުލުހުން ތުހުމަތު ކުރޭ
22 މާޗް 2020 - 11:00
ލ.ގަމު ތުނޑީ އަވަށު ބަނދަރުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޭ ފަތިހު ރޯކޮށް އަންދާލައިފި އެވެ.
ފުލުހުން ބުނީ ތުނޑީ އަވަށު ބަނދަރުގައި އޮތް "ޕޮލިސް ލޯންޗް 34" ގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ރޭ ފަތިހު 4:00 ހާއިރު ލިބިގެން އެމްއެންޑީއެފަށް އެ މައުލޫމާތު ދިން ކަމަށާއި ފުލުހުން އެ ލޯންޗްގެ ކައިިރިއަށް ދިޔަ އިރު ލޯންޗުގެ ވާ އޮތީ ކަނޑާލާފައި ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއް ކަަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެ މައްސަަލަ ބަލަމުން އަންނަ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ނުވެ އެވެ.
ލޯންޗްގައި ރޯވި އަލިފާން ފަތިހު 5:00 ހާއިރު ނިއްވައިލެވުނު އިރު ލޯންޗް އޮތީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
22 March 2020
ރައްޔަތުންގެ މުދަލުގަ ރައްޔަތުން އަމިއްލަޔަށް ހުޅު ޖެހީމަ އެއީ ލަދުވެތިކަމެއް.ހިތާމައެއް.ނިކަމެތިކަމެއް.މިފަދަ ކަންތައްތަކުން ދުރުހެލިވާން ހުރިހާ މީހުން ޖެހޭ.މާދަމާ ވެސް އާ ލޯންޗެއް ގަންނަން ޖެހޭނީ ހަމަ ރައްޔަތުންގެ ފައިސާއިން.ލޯންޗެއް ނެތިގެން ފުލުހުންގެ ހިދްމަތް ލަސްވީމަ ރުޅިއަންނަން ތިބީވެސް އެއްކަލަ ރައްޔަތުން.މީތި ދެކޮޅު ޖައްސާނެގޮތެއް ނުވިސްނުނު.ރައްޔަތުން އެބަޖެހޭ ސިވިލައިޒްޑްވާން.ވ.ވެދުން
ދިވެހި ދަރިން
22 March 2020
ގައުމަށް ބޮޑު ވަބާއެެއް ޖެހި އެތައް ސަތޭކަ މިލިޔަން ޑޮލަރުގެ ގެެއްލުމެެއް ލިބެމުން މިދާ ހިތްދަތި ދުވަސްވަރުގައި ދައުލަތުގެ މުދަލަށް މިފަދަ ގެއްލުންދޭ މީހުންނަށް ދައުލަތުން ދީފައިވާ ބަންޑާރަ ބިމާއި، އާސަންދަ އާއި އެހެނިހެން އެހީތައް ކަނޑާލަން ގޮވާލަން. ދައުލަތުގެ މުދަލަކީ ދިވެހި ހުރިހާ ރައްޔިތުންގެ މުދާ. ތިމާ ކިތަންމެ ހިތްހަމަ ނުޖެހުނަސް އެންމެންގެ މުދަލަށް ގެއްލުން ދީގެން ނުވާނެ.
ކޮރަލް
22 March 2020
ރާއްޖޭގަ އުޅެނީ ތަކުރާރު ކޮށް ކުއްކުރާ މީހުންނެވެ.
ދުރުމި
22 March 2020
ތި ތަނުގައި ޖަގަހައިގައި އުޅޭ މީހުންގެ މީހުން ރޭގަ އުޅުނީ ކޮންކޮން ތަންތާކުތޯ ބަލާފަ ގެނެސް ސުވާލުކޮށްބަލާ އަދި އެމީހުންގެ ބަސްމަގު ކުރިން އަމާޒު ހިފަމުން އައިސްފަ ހުރީ ކިހިނަކުންތޯޢާއި ފިހާރަ ފިހާރައިން ތަކެތި ގަތުމަށް އެކުއެކީ އުޅެފައޮވޭތޯ ރަށުތެރޭން މީސްމީހުން ކުރެ އަހާ ބަލާލުން މުހިންމު
ޖަޒީރާ ކަލޯ
22 March 2020
ތަހުގީގު ކޮށްކޮށް ތިބޭ، ހަގީގަތަކީ ގޭންގްތަކުގެ ބާރު މިރާއްޖޭގަ ހުރިހާ މުއައްސަސާތަކަށްވުރެ ގަދަކަން އެމީހުންބޭނުން އިރަކު ބޭނުން މީހަކު ތަޅަލާފަ ބޭނުންމީހަކު މަރާލާފަ ބޭނުން މީހަކު ކަތިލަމުން ބޭނުން ތަނެއްގަ ރޯކުރަމުން އެދަނީ އެއްވެސް އަމާންކަމެއް އިންސާފެއް މިތާކު ނެތް މިކަން ހައްލު ކޮށްދެވޭވަރު ވެރިއެއްވެސ ނެތްކަހަލަ ވޯޓް ގެ އެންމެ މުހިންމު ބަޔަކީ އެމީހުންނޭ ކިޔާ އަޑުއިވޭ!!!
އަދުރޭޓިނު
22 March 2020
އަސްލުވެސް ތެދެއް. ކޮންމެވެސް ބޯޓަކުން އައްޑުއަށް ގެންދިޔަ ޑްރަގް ފުލުހުންނަށް ރިޕޯޓުކުރީއޭ ކިޔާފައި އޭގެ ފަޅުވެރިއެއްގެ ގައިގައި ތަޅައި އަނިޔާކުރިފަހުން އެނގުނީ ފުލުހުންނަށް ރިޕޯޓުކުރީ އޭނަނޫންކަން. ބޭސްކުރަން ލާރިދީފާނަމޭ ބުނެ ދެންވެސް ބިރުދައްކާފައި ދޫކޮށްލީ. އެމީހާ މިއަދު އެބައުޅޭ އެތެރެހަށިން ލޭއަންނާތީ. މިރާއްޖޭގައި ފުލުހުން ބިރުގަނޭ ގޭންގްތައްދެކެ.
ހިންދާމު
22 March 2020
ސަރުކާރަށް ޕްރެޝަރުކުރަން ޕީޕީ ކުދިން ބޭނުންވާ ކަމަށް ވަނި މިތަނަށް ކޮރޯނާ އަންނަން. އެހެންވެޔޯ ކުރީ ދުވަހުވެސް އައިކަމަށް ހީވެގެން އެހާފޯރި ނެގީ. ލޯންޗު އެއްޗެހި ހުއްޓުވިމަތާ އެފަދަ ހާލަތެއްގަވެސް ޕްރެޝަރު ބޮޑުވަނި. ޖަލުގަ ހުކުމް ތަންފީޒުކުރަން ހުރި ކުއްވެރިއަކު ދޫނުކޮށްގެން ކުރާ ޕްރެސަރޯ މީ
އާސްތު
23 March 2020
ސިޔާސީ ވިސްނުމަކުން މިފަދަ ކަންކަމަށް ނުވިސްނާ. ޕާޓީއަކުން އަންގައިގެން ވަގަށް ދައުލަތުގެ މުދަލުގައި ހުޅެއް ނުޖަހާނެ
ފާއިޒް ސައީދު
22 March 2020
އަނެއްކާވެސް ފުލުހުނާ ސިފައިންނަށް ގެންލުންދޭ މޫސުންއައީބާ. 2012 ވަނައަހަރުގައިވެސް ފުލުހުނާސިފައިންނަށް ނުހަނު ބޮޑުގެއްލުން ދީފައިވޭ. އަދި ރައްޔަތުންގެ އެތައްސަތޭކަ މިލިއަން ރުފިޔާ ގެއްލިގެން ގޮސްފައިވެއެވެ. އުއްމީދުކުރަނީ ދެން އެފަދަ ދުވަހެއް ނުފެންނާނެކަމަށް.
ކަނީރު
22 March 2020
އުއްމީދަކީ ބަގާވަތްވެސް ނުކުރާނެކަމަށް
ފަލުކާ
22 March 2020
މިކަހަލަ ދަނޑިވަޅުތަކުގައި ކުރާ ތިކަހަލަ ކަންކަމަށް ވަރަށް ހަރުކަށި އަދަބު ދޭންޖެހޭނެ.
ގަމު ޕާޓޭ
22 March 2020
އަދިވެސް އުޅޭނެ ލ. ގަމަށް ލޯކަލް ޓޫރިޒަމް ގެންނަން.. ޓޫރިސްޓުން މޮޔަވެގެން އެބަ އުޅޭތަ؟
މުޙުއްމާ
22 March 2020
ޕޮލިސް ލޯންޗްގަ ރޯ ތިކުރީ ހާދަ ގަމާރު ބަޔެކޭ. އެމީހުނަކަށް ނެއެގުނު ތިމެންނަމެން މިއަންދަނީ ތިމެންނަމެންގެ އަމިއްލަ ލާރިކަމެއް. ސަރުކާރުން ހަމަ ޕޮލިހަށް ޅޯންޗެއް ގަނެދޭނީ ރައްޔިތުންގެ ލާރިންނޭ. ތި މީހުންނަށް ބަދަރުހަދާށާއި މަގުހަދަން ހުންނަ ތިމީހުންގެ ލާރިންނޭ. ތިކަހަލަ ގަމާރު މީހުން އުޅޭތީއޭ ކުރިނައަރައިގެން މިއުޅެނީ.