އެއާޕޯޓުގައިި ފަތުރުވެރިންތަކެއް: ވަަޒީފާއަށް އަންނަ ބިދޭސީން ރާއްޖެ އައުމުގެ ކުރިން ޚާއްސަ ހުއްދައެއް ނަގަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައި -- މިހާރު ފޮޓޯ/ހުސެން ވަހީދު
22 މާޗް 2020 - 16:38
ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީން ރާއްޖެ އައުމުގެ ކުރިން ޚާއްސަ ހުއްދައެއް ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
ކޮރޯނާވައިރަހުގެ ނުރައްކާ ބޮޑުވެ އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، ރާއްޖެ އަށް ބިދޭސީން އެތެރެވުން ކޮންޓްރޯލްކޮށް މޮނިޓަކުރެވޭނެ ގޮތް ހެދުމަށް ހާއްސަ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަލަށް އެމްޕްލޮއިމަންޓް އެޕްރޫވަލް ހޯދައިގެން އަންނަ ބިދޭސީންނާއި ޗުއްޓީ އަށް ދިއުމަށް ފަހު ވަޒީފާ އަށް އެނބުރި ރާއްޖެ އަންނަ ބިދޭސީންނަށް ވެސް ރާއްޖެ އެތެރެވެވޭނީ އެ މިނިސްޓްރީން ދޫކުރާ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށް އިމިގްރޭޝަނުން ހަމަޖައްސާފައިވާ ކަމަށެވެ. އެހެންވެ، އެފަދަ ބިދޭސީން ރާއްޖެ އައުމުގެ 48 ގަޑިއިރު ކުރިން އެ ހުއްދަ އަށް އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށާއި އީމެއިލް މެދުވެރިކޮށް އެ ހުއްދައަށް އެދެވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ހުއްދަ ލިބުނުކަން އެ މީހަކަށް އަންގާނީ ވެސް އީމެއިލް މެދުވެރިކޮށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ދަށުން ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން އައުން މަނާ ކުރުމާއި ފަތުރުވެރިން ރަށްރަށަށް އެރުވުން މަނާ ކުރުމުގެ އިތުރުން ކެފޭ އަދި ރެސްޓޯރެންޓްތަކުގައި ތިބެގެން ކާބޯތަކެތީގެ ޚިދުމަތް ނުދެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި އޮފީސްތަކާއި ސްކޫލްތައް ވެސް ވަގުތީ ގޮތުން ވަނީ ބަންދުކޮށްފަ އެވެ. އަދި ވަޒީފާގެ ބޭނުމަށް ރާއްޖެ އަށް އެންމެ ގިނައިން މީހުން އަންނަ ބަންގްލާދޭޝް އިން މީހުން އައުން ވެސް ވަނީ މަނާކޮށްފަ އެވެ.
ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ރާއްޖޭން ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ. ރާއްޖެއިން އެ ވައިރަސް ފެނުނު މީހުންގެ ތެރޭގައި ދިވެއްސަކު ނުހިމެނެ އެވެ. އެ އެންމެންނަކީ ވެސް ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަތްނެތްކުއްޖާ
22 March 2020
ތިމާމެން އަމިއްލަ އަށް މޮލެތި ޤަވާޢިދު ތަކެއް ހަދައިގެން ލާރިގަޑެއް ކާލަންވީދޮތަ! ބަލަ މައިތިރި ވެގެން ތިބެބަލަ. އަދިވެސް ރާއްޖޭގައި މަދީތަ ބޭރުމީހުން އުލޭވަރު. މިވެރިންގެ މި ހުންނަނީ ކޮންކަހަލަ ވިސްނުމެއްބާއޭ ހިތައް އަރާ.
ސިސޫ
22 March 2020
އެހެންވެ ތާ މުޅިގައު މުގަ މި ޔޮތި ބަންގުލަދޭޝް މިހުން
ވައިސޫރި
22 March 2020
މިދުވަސްކޮޅު ރާއްޖެއިންބޭރުން ވަޒީފާތަކައް މީހުން ގެނައުން ރަނގަޅެއްނުވާނެ
އޮނަރަބްލް އަފީފު ދީދީ
22 March 2020
ވޯކް ވިސާއަށް އެޕްލައިކުރާފޯމާއިއެކު އޭނާގެ ބެންކް އެކައުންޓްގެ ޑީޓައިލް، އަދި ބެންކުން އެ މައުލޫމާތުބެލުމުގެ އިއުތިރާޒެއްނެތްކަމުގެ ލިއުން، މެޑިކަލް ނުވަތަ އަމިއްލަނަމުގައި ރެޖިސްޓްރީކޮށްފައިވާ ވެހިކަލްގެ އިންސްއަރެންސްލިއުމެއްގެއިތުރުން އޭނާގެ ޕާސްޕޯޓްސައިޒްގެ ފޮޓޯއެއްގެއިތުރަށް އިމިޑިއެޑް ފެމިލީމެންބަރުންގެފޮޓޯއާއި އަދި އޭނާހިމެނޭގޮތުން މަދުވެގެން އާއިލީ 3 މީހުންއެކުގައިތިބި ފޮޓޯ ހުށަހަޅާން މަޖުބޫރުކުރޭ. އަދި ބަޔޯމެޓިްރިކް ޑާޓާ ރައްކާކުރޭ.
ހަސަންދީ
22 March 2020
ވަރަށް ބަރާބަރު. އޭރުން ރާއްޖެ އައިސް އަމިއްލަ ޕާސްޕޯޓް ފޮރުވައި ތިމާއަކީ ކާކުކަން ނުބުނި ކަމުގައި ވިޔަސް ތި މައުލޫމާތުގެ މައްޗަށް ބަލާ އޭނާ އަކީ ކާކުކަން ފަސޭހަ ކަމާއި އެކު އިމިޤްރޭޝަނަށް ފުލުހުންނަށް ދަނެގަނެވޭނެ.
ރަދީފު ބިން ރަފައިދާ
22 March 2020
މިދަނޑިވަޅުގައިވެސް ބޭރުމީހުން ނުގެނެވިގެންތަ މިއުޅެނީ. ސަހާދެއް ބޯހަލާކު.
އޮނަރަބްލް އަފީފު ދީދީ
22 March 2020
ވޯކްވީސާ ދޫކުރުމަށް ޙާއްސަ ޤަވާއިދެއް ހެދެންދެންވެސް އިމިޤްރޭޝަނުން ޖެހޭ އީޔޫ ޤައުމުތަކާއި އިޤިރޭސިވިލާތް، އޮސްޓްރޭލިއާ، ޗައިނާ، ޖެޕާން، ނިއުޒީލަންޑް، ސައުތުކޮރެއާ، ޤަޓަރ، ސައުދީ، ސޭޝަލް، ސިންގަޕޯރ، ސްވިޓްޒަލެންޑް، ތައިލަންޑް، އެމަރިކާ އަދި ސާކް ޤައުމުތަކުން އިންޑިޔާ ސްރީލަންކާ ފިޔަވާ ދެންހުރި ހުރިހާ ޤައުމުތަކެއްގެ އޯޑިނެރީ ޕާސްޕޯޓް ހޮލްޑަރުންނަށް އޮން އެރައިވަލް ވީސާ ދޫކުރުން ހުއްޓާލާ އެޑްވާންސް ވީސާ ނަގަންޖެހޭގޮތަށް ހަދަން.
ކައްކާ
22 March 2020
ދިވެހިން ވަޒީފާއެއް ނުލިބިގެން އުޅެނީ އަދިވެސް ވަޒީފާއަށް ބިދޭސީން ގެނައުމުގެ ކަންތަކާ ބިޒީވެގެން ކަލޭމެން ތިއުޅެނީ މިހާލަތުގަވެސް. ވޯކްވިސާ ބަންދުކުރޭ މުއްދަތެއްނެތްގޮތަށް.
އެމްޑީޕީމީހާ
22 March 2020
އިންޑިޔައަކީ މި ބަލި ފެތުރެމުން ދާ ޤައުމެ. އިންޑިޔައަ ރާއްޖެގެ ބޯޑަރު ބަންދެއް ނުކުރޭ. މީ ނުރައްކާ ތެރިކަމޭއް. އެތައް ހަސް މީހުން ރާއްޖޭގެ ވަޒީފާޔަ އެތެރެވެއްޖެ. އިންޑިޔާއިން ރާއްޖޭގެ ނާޖާޒްފައިދާ މިނަގަނީ
މަންޑޭލާ
22 March 2020
އެމްޑީޕީ ވެރިކަމަ އައީ އިންޑިޔާގެ ހަރަދުގަ އެމްޑީޕީގެ ބޭނުމަކީ އިންޑިޔާގެ ކަޅުފައިސާގަ އެމްޑީޕީ ހިންގުން. މިކަމުގެ ސަބަބުން ރާއްޖެ އަޅުވެތިކަމަކަށް ހިގައިދާނެ.
ޝޮކްތެރަޕީ
22 March 2020
އިންޑިޔާ މީހުން ރާއްޖެއަ އަންނަނީ ވަޒީފާތަކަ ހެސްކިޔާފަ. ރިސޯޓްތަކުގަ އިސްމަގާމުތަކުގަ އެތިބީ އިންޑިޔާ މީހުން ދިވެހިންނަ މިއުޅެނީ ވަޒީފާނުލިބިގެން އިންޑިޔާ މިހުން ރާއްޖެގަ އަތްގަދަކުރަނީ. ހުރިހާ ގޮތަކުންވެސް ދިވެހިން ނިކަމެތިވަނީ.