ފުވައްމުލަކުގައި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއު ރައީސް ޔާމީން މިރޭ އިފުތިތާހު ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
10 އޮކްޓޯބަރ 2016 - 22:14
ރައްޔިތުން ބޭނުންވާ ފަދަ ތަރައްގީ ގެނެސް ދެވޭނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ކަމަށާއި އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ފުވައްމުލަކުގެ ރައްޔިތުންނަށް މުޅިން ވެސް ދެއްކީ ހުސް ހުވަފެން ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް ރަސްމީކޮށް އިފުތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރު ތޯރިގް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހަގީގީ ސިޓީއެއްގެ ގޮތުގައި ފުވައްމުލައް ތަރައްގީ ކުރުން ކަމަށެވެ. އަދި އެކަމުގެ ހުރިހާ ޕްލޭނެއް މިހާރު ސަރުކާރުގައި އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ފެނާއި ނަރުދަމާގެ އިތުރުން ކުނި މެނޭޖް ކުރާނެ ނިޒާމަކާއި ކޯސްޓަލް އޭރިއާ ޕްރޮޓެކްޝަންގެ މަޝްރޫއެއް ވެސް ރޭވިފައި އޮތް ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ރަށުގެ މަގުތައް ވެސް ރަނގަޅު ފެންވަރަކަށް ސަރުކާރުން ހަދާނެ ކަމަށް ވިދާޅުވި އެވެ.
ފުވައްމުލަކުގައި ސާފު ބޯފެނާއި ނަރުދަމާގެ މަޝްރޫއު އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ތޯރިގް ވިދާޅުވީ ސިޓީއެއްގެ ދަރަޖަ ރަށަކަށް ދެވިގެން ތަރައްގީ ކުރެވިގެންދާ އިރު، ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ހުންނަން ޖެހޭނީ ގާއިމު ކުރެވިފައި ކަމަށެވެ.
އެހެންވެ މިއީ މި ސަރުކާރަށް ކުރެވޭނެ ކަމެއްކަން ސާބިތުކޮށް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެމްޑީޕީ 2013 ގައި ވެރިކަމަށް އައިއިރު، ފުވައްމުލަކުގެ ފެނާއި ނަރުދަމާ އޮތީ އައިޑީބީގެ އެހީގައި 10 މިލިއަން ޑޮލަރަށް ކުރިއަށް ގެންދަން މަޝްރޫއެއް ރާވައިފައިވާ ކަމަށެވެ. ނަމަވެސް އެ ޕާޓީ ވެރިކަމަށް އައުމަށް ފަހު، އައްޑޫ ވެސް ހިމެނޭ ގޮތަށް ފެނާއި ނަރުދަމާގެ މަޝްރޫއު ބައި ވޯޓާއާ ހަވާލު ކުރުމަށް ފަހު، 2011 ވަނަ އަހަރު އެ މަޝްރޫއުން ފުވައްމުލައް އުނިކޮށްފައިވާ ކަމަށް ތޯރިގް ވިދާޅުވި އެވެ.
"ވަރަށް ގިނަ ދުވަސްވެއްޖެ ފުވައްމުލަކުގެ ރައްޔިތުން ފެނާއި ނަރުދަމާ ރަށުން ހޯދަން މަސައްކަތް ކުރާތާ. އެހެން ނަމަވެސް މި މަސައްކަތް އަދި ކިރިޔާ ހަގީގަތަކަށް މިވީ،" މިނިސްޓަރު ވިދާޅުވި އެވެ.
"...އަޅުގަނޑު ދަންނަވާނީ މި މަސައްކަތް މިހާ ހިސާބަށް ދިޔަ އިރު އަޅުގަނޑުމެން ހަނދާންކޮށްލަން ޖެހޭ އެމްޑީޕީ ސަރުކާރުން ފުވައްމުލަކަށް ހަމަ އެއްގޮތަކަށް ވެސް ކުރިއެރުމާއި ފުވައްމުލަކު ރައްޔިތުންގެ ދުޅަހެޔޮ ކަމަށް އެއްވެސް ވަރަކަށް ވިސްނާފައެއް ނެތޭ."
ފުވައްމުލަކުގެ ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއު ރައީސް ޔާމީން އިފުތިތާހު މިރޭ ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރު ތޯރިގް ވިދާޅުވީ އެމްޑީޕީން ފުވައްމުލަކު ރައްޔިތުންނަށް ދެއްކީ ހުސް ހުވަފެން ކަމަށެވެ.
"އެމްޑީޕީ ސަރުކާރުން ތިޔަ ބޭފުޅުންނަށް ދެއްކެވީ ހުސް ހުވަފެން. އެހެންވީމާ ކުރިއަށް އޮތް ތާނގައި ވެސް އެކަމާ ވިސްނަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި އެ ވެސް އެ މީހުން ދައްކާ ހުވަފެންތަކާ ދޭތެރޭ ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭނެ."
ތޯރިގް ވިދާޅުވީ ފާއިތުވި ތިން އަހަރުގެ ތެރޭގައި މި ސަރުކާރުން 10 ރަށެއްގެ ނަރުދަމާ ނިޒާމާއި 12 ރަށެއްގެ ފެނުގެ ނިޒާމް ގާއިމުކޮށް ނިންމާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން މިހާރު ވެސް 21 ރަށެއްގެ ނަރުދަމާ އާއި 15 ރަށެއްގެ ފެނުގެ ނިޒާމް ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.
އެހެންވެ މިކަމުން ދައްކައި ދެނީ މި ސަރުކާރަކީ ނަތީޖާ ނެރޭ ސަރުކާރެއް ކަމަށް ވިދާޅުވި އެވެ.
ފުވައްމުލަކުގައި ސާފު ބޯފެނާއި ނަރުދަމާގެ މަޝްރޫއު އިފުތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާ.---ފޮޓޯ: ރައީސް އޮފީސް
ކުވައިތު ފަންޑާއި ދިވެހި ސަރުކާރުގެ ބަޖެޓުން 297 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމް 2018 ވަނަ އަހަރުގެ ކުރީކޮޅަށް ނިންމައި ލެވޭނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
26 November 2016
ތޯރިގްވެސް މިހާރު ވަރަށް އިމްޕްރޫވްކޮއްލައިފި، ކުރީގަ ތޯރިގަކީ އިސްއުފުލާ މީހަކާ ދިމާލަށް ބަލާލާމީހެއްވެސް ނޫން އެކަމަކު މިހާރު ހަމަ ބަސްވެސް ބުނަންފެށީ!
މުހަންމަދު
25 November 2016
އަނގައޮތިއްޔާ ކާޅެއްނުކާނެ. ކޮންމެއެއްޗެކޭވެސް ކިއިދާނެއެވެ. އެމްޑީޕީ ވެރިކަމުގައި ރައްޔިތުންބޭނުންވާކަންތައްކުރުމަށް ރައްޔިތުންގެ މަޖިލީސްތެރެއިން ހުރަސްއެޅުމުންވެސް ކަންތައްކޮށްދޭތީވެ، ބަޣާވާތަކުން އެވެރިކަން ވައްޓާލައި، އަމިއްލަބާލީހަށް ބަންޑާރަކަފަ ގަންނަވަމުން ތިމާގެޖީބު ބޮޑުކުރުމަށް ކޮންމެފަދަވާހަކައެއްވެސް ދެއްކިދާނެއެވެ.
ޖޭ 4
12 October 2016
ތޯރިގް އައްއެގޭބާ ހުވަފެން މިކަލޭގެ އެއާޕޯޓައްމިކިޔަނީ ހުވަފެން މިކޮންހިސާބެއްގެ ބަހަކުންބާ
ޜރރ
11 October 2016
ޙެހެހެ ހަހަހަހާ އެހެން ދޯ ތޯރިގު.
ނެޝަނަލިސްޓް
11 October 2016
ތޯރިގަށް ފުއައްމުލަކަށް ތިޔަދެވުނީ އެމްޑީޕީން ހުވަފެން ދެއްކީމަ! އެއަށް ކިޔަނީ އެއާރޕޯޓް! ހިޔެއްނުވޭ ކަޑުމަގުން ދާން ކެޭނެހެނެއް!
ހަސަނު
11 October 2016
"މަ މިދައްކާ ހުވަފެން ކަލޭ ތިޔަ ދައްކާ ހުވަފެނަށް ވުރެ ސަޅިވާނެ" މިކަހަލަ ވާހަކައެއް އެބުނީ
ހުވަފެން
11 October 2016
އެމްޑީޕީގެ ވެރިކަމުގައި ކާޑުގެ އަގު ބޮޑު ނުކުރެވުނު ކަރަންޓުގެ އަގު ކޮންމެ މަހަކު ބޮޑުނުކުރެވުނު
އިބޫ
11 October 2016
ތާރިގު އަށް ދަންނަވާން އޮތީ، ފުވައްމުލަކަށް ފޭބީ ރައީސް ނަޝީދު އެޅުއްވި އެއަރޕޯޓަށް ކަމުން އެރަށަށް ފައިބާ އުލުނު ގޮތް ތާރިގު އަށް ނޭނގުނަސް އެރަށު ރައްޔިތުންނަށް އެކަނ ްއެނގޭނެޔޭ ތިޔަ ބުނާ ނަރުދަމާ ތިޔަ އެޅެނީވެސް ރައީށް ނަޝީދުގެނެސްދިން ޓެކްސް ނިޒމުން އަދު ދައުލަތަސް 24ބިލިއަން ރުފިޔާ ލިބޭތީއޭ. ރައީސް ނަޝީދު 2008 ގައި ހަވާޅި ވިއިރު ދައުލަތަށް ލިބެނީ 6ބިލިއަން ، ޓޫރިޒަމުން ލިބެނީ 600މިލިއަން ރުފިޔާ، އެކަމު އަދު ޓެކްސް ނިޒާމުން ޓީޖީއެސްޓީނ އެކަނިވެސް 8ބިލިއަން އެބަލިބެޔޭ...ވެދުން
ޢަލީ ގަލޮޅު
17 October 2016
ޢެހެންވެދެއްތޯ ނަސީދު ވިދާޅުވީ މިގައުމު ދެރިސޯޓާ ލެޕްޓޮޕަކުން ހިންގޭނެކަމައް.
ޑީސީ
11 October 2016
ފުލޭޓް ޖެއްސީ ހުވަފެނުގެ މަތްޗަށް ދުއްވާފަދިޔައީ ހުވަފެނުގެ ހައިވޭގަ ވ ސަލާމް
ސައްތާރު /މހއ
11 October 2016
ރައީސް ނަޝީދުގެ 3 އަހަރު. ޔާމީނުގެ 3 އަހަރު ކުރެވުނު ކަންތަކާއި ކުރިކަންތައް އަޅާކިޔާލީމާ ޔާމީނުގެ 3 އަހަރު ކުރިއެއްވެސް ކަމެއް ނުފެނޭ. ހައްތަހާވެސް މިކިޔަނީ ކުރާނަމޭ. ކުރާނަމޭ. މުއްދަތުދޭށޭ. މީ ވަރަށް މޮޅު ޓީމެކޭ.