ޚަބަރު / ކިޔަވާކުދިން

ނޭޕާލުގައި ދިވެހި 17 ދަރިވަރަކު ތާށިވެފައި ތިބޭތާ ހަތަރު ދުވަސް

ކޮވިޑް-19 ރާއްޖޭގައި އިތުރަށް ފެތުރިދާނެތީ އެހީތެރިވުމަށް ގެންނަން ނިންމި ނޭޕާލުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ތެރެއިން 17 ކުއްޖަކު ރާއްޖެ ނާދެވި އެއާޕޯޓްގައި ތާށިވެފައި ތިބޭތާ ހަތަރު ދުވަސް ވެފައިވާ ކަމަށް އެ ދަރިވަރުން މިއަދު ބުނެފި އެވެ.

ނޭޕާލުގައި މިހާރު ކިޔަވަން ތިބި ޑޮކްޓަރުންގެ ތެރެއިން، ޑޮކްޓަރުކަމުގެ ލައިސަންސް އޮތް އަދި ސްޕެޝަލައިޒްވުމަށް ކިޔަވާ 40 އަށް ވުރެ ގިނަ ޑޮކްޓަރުން އެބަތިއްބެވެ. އަދި މެޑިސިން ކިޔަވައި ނިންމައި އިންޓާންޝިޕް ހަދާ ދަރިވަރުން ވެސް ހިމެނެ އެވެ. ސަރުކާރުން ވަނީ މި ހާލަތުގައި އެހީތެރިވުމަށް އެ ކުދިން ރާއްޖެ އައުމަށް އެދިފަ އެވެ. އޭގެ ތެރެއިން ބައެއް ދަރިވަރުން ވަނީ ރާއްޖެ އައިސްފަ އެވެ.

Nepal gai Doctor kan kiyavaa Dhivehin Raajje genesfi

Nepal gai Doctor kan kiyavaa Dhivehin Raajje genesfi

The most trusted news source in the Maldives

Mihaaru

ނޭޕާލުން ބައެއް ދަރިވަރުން ރާއްޖެ ގެނައުން--

ކަތުމަންޑޫގައި މި ވަގުތު ތާށިވެފައި ހުރި ދިވެހި ކިޔަވާ ކުއްޖަކު ބުނީ މިދިޔަ ހުކުރު ދުވަހު އެ މީހުން ރާއްޖެ އައުމަށް ފުރަން ދިޔައީ ސަރުކާރުން އެދުމުން ކަމަށެވެ. ނަމަވެސް ފްލައިޓް ކެންސަލްވެ ނުފުރިތިއްބާ އެއާޕޯޓް ބަންދުކޮށް ގައުމު ލޮކްޑައުން ކުރީ ކަމަށް އޭނާ ބުންޏެވެ.

މިއަދުން ފެށިގެން ނޭޕާލް ވަނީ ހަފްތާއެއްގެ މުއްދަތަށް ލޮކްޑައުން ކޮށްފަ އެވެ. އެހެންވެ އެ ގައުމުން ބޭރަށް ދެވޭނެ ގޮތެއް ނެތެވެ.

"މިތާނގައި ނެތް ހެދޭނެ ގޮތެއް. އެނބުރި ސިޓީއަށް ދެވޭކަށް ވެސް ނެތް. ހުރިހާ ތަނެއް ހުރީ ބަންދުކޮށްފައި. ފިހާރަތައް ވެސް ހޮޓާތައް ވެސް ބަންދުކޮށްފައި،" ޑޮކްޓަރުކަން ކިޔަވާ އެ ދަރިވަރު ބުންޏެވެ.

އެ 17 ދަރިވަރުން ވޭތުވެދިޔަ ހަތަރު ދުވަހު ޒަރޫރީ ބޭނުންތައް ވެސް ފުއްދަމުން އައީ ވަރަށް ދަތިކޮށް ކަމަށް އޭނާ ބުންޏެވެ.

"ވާންވީ ގޮތެއް އެއްވެސް ގޮތަކަށް ނޭންގޭ. މިތާ ސްޓަކް ވެފައި މިތިބީ،"

އެ ދަރިވަރުންނާ ގުޅޭގޮތުން، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ އެފަދަ ދަތިތައް ކުރިމަތިވަނީ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދު ކުރުމުގެ ސަބަބުން އެއާލައިންތަކުން ދަތުރުތައް ހުއްޓާލާފައިވާތީ ކަމަށެވެ. ނޭޕާލް ކުދިންނާ ގުޅޭގޮތުން ސީދާ ޖަވާބެއް ނުދެއްވަ އެވެ.

10 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 61%
icon angry icon angry 31%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނީރާ

25 March 2020

ހަމަތިގޮތަށް އަހަރެމެން މިތިބީ ޗެނަލް 13 އިން މިހާރު ފަތުރަމުންދާ ޚަބަރުތަކުގެ ސަބަބުން ބިރުވެރިކަމެއްގެ ތެރޭގައި ގޮތްހުސްވެފައި. އަހަރެމެންގެ ދަރިންނާ އެދަރިންގެ ސަލާމަތަށްޓަކާވެސް ޗެނަލް 13 ބަންދުކޮށްދީ. ހެޔޮނުވާނެ

The name is already taken The name is available. Register?

ނޭޕާލް

25 March 2020

ދިވެހި ސަރުކާރުގެ އިހުމާލު. އެހެން ސިޓީ ތަކުގައި ތިއްބައި ކަތަމަންޑޫއަށް ގެނެސް ހުރުމާއި ކެއިން ބުއިން ނުދީ ހާލުގަ ޖައްސައިފައި.

The name is already taken The name is available. Register?

އަލީބަލީ

24 March 2020

މުޅި ދުނިޔޭގައި އެކި ގައުމުތަކުގެ މީހުން އެކި ތަންތާ ތާށިވެފައި!

The name is already taken The name is available. Register?

ކުޑޭ

24 March 2020

ކަލޭމެންވެސްތީ ބޮޑެތިސިންގާހާ މީހުންވިއްޔާ ތިތަނުގެ ހާލާތާ އެއްގޮތަށް ދިރިއުޅުން ކުރިޔަށް ގެންދެބަލަ! ކޮންމެހެން ކުޑަކުދިން ތަކެއްހެން ރޮއެގަންނާނެކަމެއް ނެތް، ދައުލަތުގެ ފައިސާ ބޭކާރު ކުރުވާކަށް، މަވެސް މިހުރީ ތާށިވެފައި މަވެސް ތިވައްތަރަކަށް ނޫޅެން!

The name is already taken The name is available. Register?

އަހްމަދު1234

24 March 2020

ކަލެޔައް ވީގޮތް އެނގިފަ. އެމީހުން ތިބީ ކުރިން އަންނަ ގޮތަކަަށެއްވެސް ނޫން. ސަރުކާރުން ބުނެގެން އަންނަ ގޮތަށް ބަދަލު ކުރީވެސް. ކަމެއްގެ ހަގީގަތް ނޭގެންޔާ އަދިވެސް ބޯކޮއްޕަން އުޅޭ

The name is already taken The name is available. Register?

އަދާލާ

24 March 2020

އަޅޭ! އެކުދިން ގެނޭ!

The name is already taken The name is available. Register?

އަހަން

24 March 2020

ސަރުކާރުން ބުނެގެން އެކުދިން އެވަރުން އަންނަން އުޅުނީވެސް. އެކުދިންނަށް ކިހާބޮޑު ލަނޑެއް ތި ލިބުނީ.

The name is already taken The name is available. Register?

ކައުސަރު

24 March 2020

އެއްބަޔަކު ގެނެވެންޔާ ހުރިހާ އެންމެން ގެނެވެން ޖެހޭނެ

The name is already taken The name is available. Register?

ރަދީފްް

24 March 2020

ބޭރުން ދިވެއްސަކަށް ކަމެއް ވެއްޖެނަމަ އެންބަސަިއަށާއި ފޮރިންމިނިސްޓްރީއަށް އެންގިޔަސް ގިނަވގުތެއްނުވެ ތިޔަކަން ހަމޖެހޭނެ ނޫސްތަކުގަ ނުލިއުނަސް.

The name is already taken The name is available. Register?

ޢައްމަޑޭ23

24 March 2020

މިހާރުން މިހާރަށް މިކުދިން ގެނައުމަށް ގޮވާލަން!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454