އިޓަލީގެ ނަރުހަކު މަސައްކަތަށް ތައްޔާރު ވަނީ. --ފޮޓޯ:އޭއެފްޕީ
24 މާޗް 2020 - 22:26
ޖެނީވާ (މާޗް 24) - ދުނިޔޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހަށް ވޭތުވެދިޔަ ދެ ދުވަހު އެއް ލައްކަ މީހުން ޕޮޒިޓިވްވެ މިހާތަނަށް މުޅި ދުނިޔެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު ހަތަރު ލައްކަ އަށް މިރޭ އަރައިފި އެވެ.
މިހާތަނަށް 402،384 މީހުންނަށް ބަލިޖެހިފައިވާ އިރު 17،507 މީހުން ވަނީ މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 103،820 މީހުންނެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުން 100،000 އަށް އަރަން ނެގީ 67 ދުވަހެވެ. ނަމަވެސް އެއް ލައްކަ އިން ދެ ލައްކަ އަށް އަރަން ނެގީ 11 ދުވަހެވެ. އަދި ދެ ލައްކަ އިން ތިން ލައްކަ އަށް އެރީ އެންމެ ހަތަރު ދުވަސް ތެރޭގަ އެވެ.
މީގެ ތިން މަސް ކުރިން ޗައިނާ އިން ބަލި ފެނުނު ނަމަވެސް އެ ގައުމުން ބަލި ކޮންޓްރޯލްކުރި އިރު 81،171 މީހުންނަށް ވަނީ ޖެހިފަ އެވެ. ޗައިނާ އިން މަރުވެފައި ވަނީ 3،277 މީހުންނެވެ.
އެއްވެސް ފަރުވާއެއް އަދި ހޯދިފައި ނުވާ ކޮވިޑް-19 މިހާރު އެންމެ ބާރަށް ފެތުރޭ އިޓަލީން މިހާތަނަށް 63،927 މީހުން ޕޮޒިޓިވްވެފައިވެ އެވެ. އެ ގައުމުން ވަނީ 6،077 މީހުން މަރުވެފަ އެވެ. އެމެރިކާ އިން 49،594 މީހުން ޕޮޒިޓިވްވި އިރު 622 މީހުން ވަނީ މަރުވެފަ އެވެ. ސްޕޭނުން 39،676 މީހުންނަށް ބަލިޖެހުނު އިރު 2،800 މީހުން ވަނީ މަރުވެފަ އެވެ. އަދި ޖަރުމަނުން 31،991 މީހުންނަށް ޖެހުނު އިރު މަރުވެފައި ވަނީ 149 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޭގާ ތިބޭ
25 March 2020
ނިއިސް ކޮންފަރެންސް ތަކުގައި ނުވަތަ ޕްރޮގްރާމް ތަކުގައި ރާއްޖޭގައި ތިއްބެވި އިތުބާރު ކުރެވެވޭ ޑަކްޓަރުން ވާހަކަ ނުދައްކަވާ ނަމަ ރާއްޖޭގައި މިތި ބަސްނާހާ ރައްޔިތުން މިވަރަށް ވެސް މައިތިރި އެއް ނުވާނެއެވެ. ޢަލީ ވަހީދާ އަމީނު ކިޔާ އެއްޗެއް ގިނަ މީހުން މާނަ ކުރާނީ އިދި ކޮޅަށެވެ. އެކަމަކު މަބްރޫކް އޯކޭ އެވެ.
ބުއްދި ކުރާ
25 March 2020
ވައިރަސް އަކީ ދިރުން ވާއެއްޗެއް ކަން ވެސް ދިރުން ނުވާ އެއްޗެއް ކަން ވެސް ބުނެދޭން ސައިންސްގެ އިލްމު ވެރިން ވަނީ ނުކުޅެދި ފައެވެ. ކޮރޯނާ ވައިރަސް އަށް" ކޮވިޑް19"އޭ ކިޔާ ނަން ދިން އިރު ވެސް އެއީ ކޯންޗެއް ކަމެއް ނޭގެއެވެ.އިންސާނާއަށް ލިބިހުރި ޢިލްމެއްގެ މަދު ކަމާއެވެ.
ކޮވިޑް 19
25 March 2020
ދުނިޔެ ކުރިއަރާފައިވާ މިންވަރު ޓެސްޓް ކުރެވިއްޖެ އެވެ. އިންސާނުނަށް ލިބިގެން ވަނީ ޢިލްމުގެ ތެރެއިން " ތިއްކެއް" ގެ މިންވަރު ކަން ޔަޤީނެވެ. ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެން ވާ ފަރާތަކީ ޚާލިޤް ވަންތަ ﷲ އެވެ.އެކަލާންގެ ހަޒްރަތަށް މިވެސް ކުޑަކުޑަ ކަމެކެވެ.މި ވަބާއިން ސަލާމަތް ކުރެއްވުން އެދި ﷲ އަށް ދުޢާ ކުރައްވާ ށެވެ.
ޝާން
24 March 2020
ހަރަދުތައް ކުޑަކޮށް ﷲ އަށް ދުޢާ ކުރުންމަތީ ދެމިތިބުން ނޫންގޮތެއް ނެތް. ތެދުވެރި ނިޔަތާއެކު މިކަންކުރަން ހިނގާ!!