އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ-މޫން. --ފޮޓޯ:އޭއެފްޕީ
11 އޮކްޓޯބަރ 2016 - 14:21
ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 11) - ސީރިއާގެ ދާޚިލީ ހަނގުރާމައިގައި 300،000 މީހުން މަރުވެގެން ދިޔައީ ރައީސް ބައްޝާރުލް އަސަދުގެ ލީޑާޝިޕް ފޭލްވެގެން ކަމަށާއި އެކަމުގެ ޒިންމާ އަސަދު އުފުއްލަން ޖެހޭނެ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ވިދާޅުވެއްޖެ އެވެ.
ޖަރުމަނުގެ ބްރޯޑްކާސްޓާއަކަށް ދެއްވި އިންޓަވިއުއެއްގައި ބާން ވިދާޅުވީ ސީރިއާގެ ލީޑަޝިޕް ފޭލްވެގެން އެތައް ބައެއް މަރުވެފައިވާ ކަމަށެވެ.
ބާން ވިދާޅުވީ ސީރިއާ އަށް ދެމުންދާ ވައިގެ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް މަސައްކަތްކޮށް ދެއްވުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީގެ އަރިހުން އެދިވަޑައިގެންފައިވާ ކަމަށެވެ.
"ހަމަލާތައް ހުއްޓާލައިގެން ސީރިއާގައި އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށް ދެވޭނީ. މަދުވެގެން ފަސް މިލިއަން މީހުންނަށް އެހީ ފޯރުކޮށްދޭން ޖެހޭ،" ބާން ވިދާޅުވި އެވެ.
ސީރިއާގެ ހަލަބް ސިޓީ އަށް ދޭ ހަމަލާތަކުގެ މައްސަލާގައި ރަޝިޔާއާ ދެކޮޅަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް މައްސަލަ ވައްދަން ޖެހިދާނެ ކަމުގެ އިންޒާރު ފްރާންސް އިން ވަނީ ދީފަ އެވެ.
ބާން ކުރިން ވިދާޅުވެފައި ވަނީ ސީރިއާގައި ދޭ ހަމަލާތައް ހަނގުރާމައިގެ ޖަރީމާގެ ގޮތުގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ތަހުގީގު ކޮށްދިނުމަށް ސަލާމަތީ މަޖިލީހުގައި އެދިފައިވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޤީރުކަލޯ!
19 October 2016
މަރުގެ ޒިންމާ ނަގަން ޖެހޭ މީހުންނާއި، އެމީހުން އެޒިންމާ ނަގަން ޖެހޭ ދުވަސް ފަތުއަޑު ކިޔާފައި އެބަ އާދެއެވެ. އިންތިޒާރު ކޮށްލައްވާ!
އަބްދުއްލާ އަލީ
11 October 2016
3 ލައްކަ މީހުން ގެ ޒިންމާ ނަގަންޖެހެނީ އދ ގެ ފަރާތުން ބަންކީ މޫން އާ އެމެރިކާ ގެރައީސް ،ސަބަބަކީ ސޫރިޔާ އަށް މިހާލު ޖެއްސީ އދއިންނާ އެމެރިކާ އިން ކަމުގާވާތީ . އެމެރިކާ އިން ނަގަން ޖެހޭޒިންމާ އަކީ ސޫރިޔާގެ ސަރުކާރާ އިދިކޮޅު ފަރާތް ތަކަށް ހަތިޔާރު ފޯރު ކޮށްދީ ޖާސޫސީ މައުލޫމާތު ފޯރު ކޮށް ދީނުން ، މިކަމުގާއެމެރިކާއަށް އޮތް ފައިދާއކީ އިޒްރާއީލް ހިމާޔަތް ކުރުމާ ހަތިޔާރުގެ އަގު ލިބުމާ ، ސޫރިޔާ ގެ ގޯލާން އިޒްރާއީލުގެ ތަނަކަށް ހަދާދިނުމަށް ޓަކާ ސޫރިޔާގެ ބާރު ކަނޑުވާލުން. ބަންކީ މޫނަށް ލިބޭ ފައިދާއަކީ އެމެރިކާގެ މަސްލަހަތު ހިމާޔަތް ކޮށްދީގެންނާ އެމެރިކާ އަށް ފައިދާވާ ގޮތަށް ބަޔާންދީގެން 2 ދަވްރު ގާ ސެކްރެޓަރީ ޖެނެރަލް ކަމުގާ ވަކި ހިއްޕަވައިގެން ހުންނެވުން ވީމާ މަރުވި ހުރިހާފަރާތްތަކުގެ ޒިންމާއދ ންނާ އެމެރިކާއިން އުފުލަންވާނެ.
ރާއްޖެ
11 October 2016
އިރާގު ހަނގުރާމައިގާ މަރުވި އެންމެންނާއި މިހާރުވެސް އިރާގުގައި މަރުވަމުންދާ ހުރިހާއެންމެންގެޒިންމާ ނަގަންޖެހޭނީ އަލިފުދާލުން.
ކައުންސެލަރު
11 October 2016
ދެން ތިޔައީ ކީއްކުރާމީހެއް؟ ކަލޭގެ ވަޒީފާއަކީ މުސާރަ ނެގުންތަ؟
އަހުމަދު
11 October 2016
ފަލަސްތީނު އިރާގް ލީބިޔާ ފަދަ ގައުމުތަކުގައި މަރުވެގެން ދިޔަ މީހުނގެ ޒިންމާ ބާންކީ ނެގީތަ؟؟
ދާދިފަސް
11 October 2016
ނޫނޭ. އެތަނުގައި މަރުވި މީހުންގެ ޒިންމާވެސް އަސަދު. ގައްޒާފީ މަރާލުމުގެ ޒިންމާވެސް އަސަދު. ޔަމަނުގެ މީހުން މަރުވުމުގެ ޒިންމާވެސް އަސަދު. ފަލަސްޠީނު މީހުން މަރުވުމުގެ ޒިންމާވެސް އަސަދު. އަފްގާނިސްތާނުގެ މީހުންގެ މަރުގެ ޒިންމާވެސް އަސަދު. އިރާގުގެ ރައްޔިތުން މެރުމުގެ ޒިންމާ ވެސް އަސަދު.މިކަލަ އަގަލުކުޑަމީހުން ތަންތަނުގެ ވެރިކަމަށް ލީމާ ވާންވީގޮތް މިވަނީ. އެހެްނތާވަނީ ތަނެއް ފެންނާނީ ރަނގަޅަށް ލޯހުޅުވިގެންތާ.
ބާންކީ
11 October 2016
އީރާގުން 50000 މީހުން މަރުވުމުގެ ޒިންމާ ނަގަންޖެހެނީ ސައްދަމް ހުސައިންތޯ؟ ދައްކާވާހަކަ. ބާންކީމޫންންނ
ޓެރަރިޒަމް
11 October 2016
މަހީކުރީ އައިއެސް އިން ކަމައް ޒިންމާނަގަން ޖެހޭނީ
މޮލު
11 October 2016
ބާން ކީ މޫން ... ހްހްހްހްހަހަހަހަހަހަހަ