މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ މީޑިއާއަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
02 އެޕްރީލް 2020 - 14:53
ރާއްޖޭގެ ދަނޑުވެރިންގެ ހުރިހާ އުފެއްދުމެއް ގަންނާނެ ކަމުގެ ޔަގީންކަން އެސްޓީއޯ އިން މިއަދު ދީފި އެވެ.
ކޮރޯނާވައިރަހުގެ ނުރައްކަލާ އެކު، ރާއްޖެ އަށް ލިބޭ އާމްދަނީ އާއި އިމްޕޯޓު ވެސް ދަށްވެ، އިގްތިސާދަށް ބޮޑު ލޮޅުމެއް އަރާފައިވާ މި ދަނޑިވަޅުގައި އެސްޓީއޯ އިން ވަނީ ދަނޑުވެރިންގެ އުފެއްދުންތައް ގަންނަން މާލޭގެ ނޯތު ހާބަރު ސަރަހައްދުގައި ޚާއްސަ މަރުކަޒެއް ހުޅުވުމަށް ނިންމައިފަ އެވެ. "އެސްޓީއޯ އެގްރި ސެންޓަރު" ގެ ނަމުގައި ގާއިމްކުރާ އެ ތަން ހުޅުވަން ނިންމާފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ. ނަމަވެސް މިހާރުއްސުރެ ފެށިގެން އެ މަރުކަޒުގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު އެސްޓީއޯ އިން ވަނީ ހުޅުވާލައިފަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، ދަނޑުވެރިކަމުގެ އުފެއްދުންތައް ގަންނަން ނިންމީ އިމްޕޯޓަށް ބަރޯސާވުން ކުޑަ ކުރުވުމަށް ކަމަށެވެ. ރާއްޖޭގައި ހެއްދޭ ހުރިހާ ތަކެއްޗެއް ފުޅާ ދާއިރާއެއްގައި ހެއްދުމަކީ މި ދަނޑިވަޅަށް މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވި ގޮތުގައި، ދަނޑުވެރިކަމުގެ ބާވަތްތައް އުފެއްދުން މަދުވެގެން އުޅޭ މައިގަނޑު ސަބަބަކީ އެ ގަންނާނެ ކަމުގެ ޔަގީން ކަމެއް ނެތުމެވެ. އެކަމަކު، އަމްރު ވިދާޅުވީ ދަނޑުވެރިކަމުގެ އުފެއްދުންތައް އެސްޓީއޯ އަށް ގަންނަތާ ދެ ދުވަހުގެ ތެރޭގައި އޮންލައިންކޮށް ފައިސާ ލިބޭނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށެވެ.
"ދަނޑު ހައްދަން ވިސްނާއިރު ނޭނގޭ ކިހާވަރެއްގެ އާމްދަނީއެއް ކަން ލިބޭނީ. އަދި ހައްދާ ނިމުމުން ވެސް ލިބޭ އާމްދަނީއެއް ނޭނގޭ. އެހެންވީމާ އަޅުގަނޑުމެން ވިސްނީ ތިބޭފުޅުން ހައްދާށޭ، އަޅުގަނޑުމެން ގަންނާން. އަޅުގަނޑުމެން ކުރީބައިގައި އަގުތައް އިއުލާން ކުރުމުން ކުރީބައިގައި ލިބޭނެ އާމްދަނީ ވެސް އެނގޭނެ،" އަމްރު ވިދާޅުވި އެވެ.
މިއަދުގެ ނިއުސް ބްރީފިންގައި އެސްޓީއޯގެ އެމްޑީ އަމްރު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން އަމްރު/މިހާރު
އޭނާ ވިދާޅުވީ، އަގުތައް ކަނޑައެޅުމުގައި ހުރިހާ ގޮތަކުން ދަނޑުވެރިންނަށް ފައިދާވާ ގޮތަށް ވިސްނާފައި ވާނެ ކަމަށެވެ. އެގޮތުން، ރަށްރަށުން އެ ތަކެތި މާލެ ފޮނުވުމަށާއި ދަނޑު ހައްދަން ދާ ހަރަދުތަކަށް ވެސް އެސްޓީއޯ އަަށް އުފެއްދުންތައް ގަންނަން އިރު ބަލާނެ ކަމަށް އަމްރު ވިދާޅުވި އެވެ.
ދަނޑު ހައްދައި އެ ތަކެތި އެސްޓީއޯ އަށް ވިއްކަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓަރީވުމުން ކޮންމެ ދަނޑުވެރިއަކަށް ޚާއްސަ އައިޑެންޓިފިކޭޝަނެއް ލިބޭނެ އެވެ. ރަށްތަކުން އެސްޓީއޯ އަށް ފޮނުވާ ހުރިހާ ފޮށިތަކެއް ބަންދު ކޮށްފައި ހުންނަން ޖެހޭނީ އެ އައިޑެންޓިފިކޭޝަން ނަންބަރު ޖަހައި ލޭބަލް ކޮށްފައި ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި، ބަލައިގަންނަ ތަކެތި ވާން ޖެހޭނީ ހަލާކު ނުވެ ހުންނަ ތަކެއްޗަށެވެ. ދަނޑުވެރިން ފޮނުވާ ހުރިހާ އެއްޗެއް ބެލުމަށް ފަހު، އެ އަށް އަރާ އަގު ވަގުތުން ދަނޑުވެރިޔާ އަށް އަންގާނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯގެ ދަނޑުވެރިއަކަށް ވުމަށް ރަޖިސްޓަރީ ވުުމަށް އެދި ހުށަހަޅާ ފޯމު އެ ކުންފުނީގެ ފިހާރަތަކުންނާއި ފާމަސީތައް އަދި އޮންލައިންކޮށް ވެސް ލިބެން ހުންނާނެ އެވެ. އަދި މިތަންތަނުން އެ ފޯމު ބަލައިގަންނާނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމިއުނިސްޓް ޕާޓީ (މާކްސިސްޓް)
03 April 2020
ސޯޝަލިސްޓް އުސޫލުތަކުގެ މާނައަކީ ކޮންމެހެން ސަރުކާރުން ހުރިހާ ވިޔަފާރީގެ ތެރެއަށް ވަނުމެއްނޫން. އެސްޓީއޯއިން ކިތަންމެވަރަކަށް ވިޔަފާރި ކުރިޔަސް އެވިޔަފާރީގައި ރައްޔިތުންގެ ބައިވެރިވުން ނުހިމެނޭކަމަށްވާނަމަ ހަމަހަމަކަން ގާއިމްނުކުރެވޭނެ. އެސްޓީއޯއިން ދަނޑުވެރިންގެ އުފެއްދުންތައް ގަންނަން ނިންމާއިރު، ފަގީރު ދަނޑުވެރިންނަށް ކުރިޔަށް ދިއުމަށް ބޭނުންވާ ފައިސާ ސަރުކާރުން ދޫކުރަންޖެހޭ. ދަނޑުވެރިން އަމިއްލައަށް ހިންގާ ބާޒާރުގައި ވިއްކީމާ މާރަގަޅުވާނެ.
ށ.އަތޮޅު މީހާ
03 April 2020
ތީތި ސަޅި!
ތޮއްޑޫ ދަނޑުވެރިޔާ
03 April 2020
ސީދާ އަހަރެމެން އަތުން ގަނެވޭނެބާ؟ މިހާރުވެސް ވާގޮތަކީ ދޯނި ކައިރިކޮށްލާ އިރަށް ބޮންދުން ހުރިހާ އެތިކޮޅެއް ނަގައިގަނޭ. ދެން އެމީހުން އެ ވިއްކަނީ މާރުކޭޓުގަޔާ ކަންމަތީ ފިހާރަތަކަށާ ރިސޯޓު ސަޕްލައި ތަކައް. މިހާރު ހެދިގޮތުން ބޮންދުން ކަންނޭންގެ އެސްޓީއޯ ކުންފުންޏައް ވިއްކާނީ. ދެން އެސްޓީއޯއިން ކަންމަތީ ފިހާރަތަކަށް. ރައްޔިތުންނަށް ތަކެތި ލިބޭއަގު އިތުރަށް ބޮޑުވެދާނެ
އުނބޭ
03 April 2020
މި ފަހަރު ބޮންދުންނަށް ނުވިއްކައި އެސްޓީއޯއިން އެބުނާތަނަކަށް ވިއްކީމައި މައްސަލަ ހައްލުވީ.
ދޮންފުތާ
03 April 2020
އެކި އައިޓަމް ތައް ހައްދަން ބޭނުންވާ މުނާސިބު ކޯޓާތަކެއް ދަނޑުވެރި ކަންކޮޅުތަކުގައި ކޯޑިނޭޓް ކުރެވި ދަނޑުވެރިންނަށް އެޑްވައިޒް ފޯރުކޮށްދިނުން ބޭނުންވޭ.
ދިވެހިމީހާގެ ދަރި
03 April 2020
މަނިކުފާނަށް އައްސަރިބަހާއި ސާބަސް. ހުރިހާ ދަނޑުވެރިން ފޫގަޅާފައި ތަކެތި ހައްދަން ފަށާ. ތަކެތި ހައްދާ ނިމޭތަނުން ކާފިއޫ އެއް ކަމެއް ކައިފިއޫ ކަމެއް ނޭގެ. މިޒާތުގެ ކޮންމެވެސް އެއްޗެއް އަންނާނެ ނޫނީ ހިންގާނެ. މާލޭގައި ދަތުރުވެރިންގެ މާރުކޭޓު އެ އޮތީ މި ބުނި ޒާތުގެ ގޮތެއް ވެފައި. ދަތުރުވެރިއަކަށް ގާތްވެސް ނުވެވޭތާނގައި ލޮލުކޮޅުން ބަލާލީމާވެސް ކުށްވެރިވާ ދަރަޖައިގައި. ރަމަޟާންމަހަށް މަރުޙަބާ!
ސުޖާ
03 April 2020
ކޮންތާކުހޭ ދަނޑުހައްދަނީ ރިސޯހަދަން ހުރިހާރަށެއް ހުރީދީފަޔޭ ބުނާމީހުން ބުނެލަން މިވަރުން ސަލާމަތް ވީމަވެސް ސުކުރު ކުރަންޖެހެޔޭ! މިދެންނެވީ މާލެ ތޮއްނުޖެހެޔޭ ހުރިހާއެންމެން ރައްތައް ދޫކޮއްފަ މާލެއަންށޭ ބުނެ ރައީސްޔާމިނުގެ ރައްތައް ފަޅުކުރުމުގެ ފުލޭނާ އެއްގޮތައް ކަންތައް ދިއަނަމަ މީހުން ދިރިއުޅެމުއް އައި ރައްތައްވެސް ފަޅުކޮއް ރިސޯޓު ހަދައް ވިކާފަ އޮތީހީ އެހެނަމަ ދެމީދާ ފެހި ބުޅަލައް ވީވަރުވެސް ނުވީސް އަގަނޑުގެ ރަށުގަ ދަނޑު ހައްދަން ބިންއެބައޮތް
ދޫވެހި
03 April 2020
ކޮބައިތޯ އެސް ޓީ އޯ އިން އއ ތޮއްޑޫގައި އެޅު މަށް ދިވެހި ކޮ މްޕެނީ ޕްރައިވެޓް ލި މިޓެޑް އާއި ހަވާލުކުރި ތަރުކާރީ ޕެކިންފެކްޓަރީ.
falcon_autho
02 April 2020
އަޅުގަނޑުމެން އިންޑިއާއަށް ބަލާލިޔަސް ދަނޑުވެރިން އުފައްދާ ތަކެތި ސަރުކާރަށް ގަނޭ. އަދި އެގައުމުގެ ކުންފުނިތަކަށްވެސް އެފުރުޞަތަު އޮވޭ. ދަނޑުވެރިންނުޖެހޭ ގަންނާނޭ ބަޔަކު ތިބިހިސާބަކަށް ތަކެތި ހިފައިގެން ލޯރިފަހަރުގައި ދާކަށް. މިކަން މިދިވެހި ދައުލަތަށް ނުކުރެވިގެން އުޅެނީ ކީއްވެކަމެއް ނޭނގޭ.
ސިމްޕަލް
02 April 2020
ކާފަ ވަރުވާއަށް ނަގައިގެން ގެންގުޅުނު ރަށް ރިސޯޓް ހަދަން ކުއްޔަށް ދީފައި އޮތީ މިހާރު. އޭރު އެ ރަށުގައި ހައްދާ ލުބޯ، ކާށި، މިރުސް، ކެޔޮ، ކައްޓަލަ ފަދަ ތަކެތިން ރަށު އެންމެނަށް ފުދޭ. މާލެއިން ރަށަށް ގެންނަން ޖެހެނީ ހަޑޫ، ހަކުރު ފިޔާ އެކަނި. ދަނޑުތައް ހައްދާށޭ ކިޔާ އިރު ކޮންތާކުތޯ ހައްދަނީ. ގޯތި ތެރޭގައި އޮތް 15×10 ފޫޓް ހުސްތަން ކޮޅުގައިތޯ؟
ެއިއްސެ
02 April 2020
ކޮންތާކުތޯ ދަނޑު ހައްދާނީ. ހުރިހާ ރަށެއް ހުރީ ރިސޯޓް ހަދައިގެން ބަގުރަލާއި އޫރުމަސް ވިއްކަން ދީފައި. މާތް ﷲ ޙަރާމްކުރެއްވި ކައްތައްތައް ހުއްދަކޮށްގެން ތާއަބަދު މިތާ ތިބެވޭނެ ކަމަށް ހީނުކުރާތި.