ވައިކަރަދޫގައި އަޝްރަފް ހެއްދި ހަނޑޫ ގަސްތައް ފޯއްދިފައި: އެ ގަސްތަކުން ހަނޑޫ ލިބުނު-- ފޮޓޯ: އަޝްރަފް
05 އެޕްރީލް 2020 - 12:58
ހދ. ވައިކަރަދޫ ޒުވާނަކު އަޖުމަ ބެލުމަށް ހެއްދި ހަނޑޫ ދަނޑުން ހަނޑޫ ލިބުމުން އެ މަސައްކަތް ފުޅާކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ވައިކަރަދޫގައި ހުންނަ ހދ. އަތޮޅު މަދަރުސާގެ ޕްރައިމަރީ ޓީޗަރު، އިބްރާހިމް އަޝްރަފް، 2018 ވަނަ އަހަރު އޭނާގެ ގޭ ގޯތިތެރޭ ފަސް ފޫޓް ތަންކޮޅެއްގައި ހަނޑޫ ހެއްދީ އެއީ ކުރެވިދާނެ ކަމެއްތޯ އަޖުމަ ބެލުމުގެ ގޮތުންނެވެ. އޭނާއާ އެކު މަސައްކަތްކުރާ އިންޑިއާ ޓީޗަރަކު މެދުވެރިކޮށް، ތޮއްޓާއެކު ހުންނަ ހަނޑޫ ފުއްތަކެއް ގެނެސް ގޭގައި އިންދީ އެވެ.
ހަނޑޫ ހައްދަން ގެނައި ފުއްތައް އެއް ދުވަސް ވަންދެން ފެނުގައި ފޯކޮށްފައި ބެހެއްޓުމަށް ފަހު ހަންބުރިއެއްގައި އިންދައި ގަސް ފެޅުމުން ބެޑްގައި އިންދީ އެވެ. ހަނޑޫ ހެދޭނީ ފެން ގިނަ ވެލިގަނޑެއްގައި ކަމަށްވާތީ އޭނާ ބެޑް ހެދީ ރަބަރު ގަނޑެއްގެ މައްޗަށް ވެލި އަޅައިގެންނެވެ. އެއީ ވެލިގަނޑުގައި ފެން ހިފެހެއްޓުމުގެ ބޭނުމުގަ އެވެ.
ވައިކަރަދޫގައި އަޝްރަފް ހެއްދި ހަނޑޫ ގަސްތަކުން ލިބުނު ހަނޑޫ-- ފޮޓޯ: އަޝްރަފް
ހުއި ގޮތަށް ހެދޭ ހަނޑޫ ގަސް ތިން މަސް ތެރޭ ފޯދެ އެވެ. އަދި ހަތަރު ވަނަ މަހުގައި ހަނޑޫދޮންވެ ކެނޑޭވަރުވި ކަމަށް އަޝްރަފް ބުންޏެވެ.
"ފަސް ފޫޓްގެ ތަންކޮޅެއްގައި ވިއްޔާ ހެއްދީ. ލިބުނު ދޮޅު ކިލޯއެއްހާ ހަނޑޫ،" ކުޑައިރުންސުރެ ދަނޑުވެރިކަމަށް ޝައުގުވެރިކަން ހުންނަ އަޝްރަފް ބުންޏެވެ.
އެ ލިބުނު ހަނޑޫ އޭނާ ނުއެއް ކައްކަ އެވެ. އެ ބަހައްޓާފައި ހުރީ އެއިން އިތުރު ހަނޑޫ ހައްދާށެވެ.
ކޮރޯނާވައިރަހާ ހެދި ކޮކާބޯތަކެތި ލިބުން ދަތިވެދާނެތީ ރާއްޖޭގައި ދަނޑުވެރިކަން ކުރުން އިތުރު ކުރުމަށް ސަރުކާރުން ވަނީ އިސްނަގައިފަ އެވެ. އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން، ދަނޑުވެރި ވައިކަރަދޫން އިތުރު ބިން ދޫކުރަން ނިންމާފައިވާއިރު އަޝްރަފް މިހާރު މަސައްކަތް ކުރަނީ އެއިން ބިމެއްގައި ތަންކޮޅެއް ގިނައިން ހަނޑޫ ހައްދާށެވެ.
"ދަނޑު ބިން ސާފުކުރުމުގެ މަސައްކަތް މިހާރު މިކުރަނީ. މިފަހަރު ހައްދާނަން 20 ފޫޓް ދިގު 30 ފޫޓް ފުޅާ ވަރުގެ ބިމެއްގައި،" އަޝްރަފް ބުންޏެވެ.
ވައިކަރަދޫގައި އަޝްރަފް ހެއްދި ހަނޑޫ ގަސްތައް ފޯއްދިފައި: އެ ގަސްތަކުން ހަނޑޫ ލިބުނު-- ފޮޓޯ: އަޝްރަފް
އަޝްރަފް ބުނި ގޮތުގައި މިފަހަރު އޭނާގެ މަސައްކަތްކުރާނީ ސީދާ ބިމުގައި ހަނޑޫ ހެއްދުމަށެވެ. ހަނޑޫ ހެއްދޭނީ އަބަދުހެން ތެތްކޮށް އޮންނަ ވެލިގަނޑެއްގައި ކަމަށްވާތީ އެކަން ކުރާނީ މޯޓަރު ބޭނުންކޮށްގެން އަބަދު ވެލިގަނޑަށް ފެން ޖެހޭގޮތް ހަދައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.
"މިގޮތަށް ކާމިޔާބު ވެއްޖެއްޔާ ދެން ހަމަ ބޮޑުކޮށް ހަނޑޫ ހައްދާނަން،"
އަޝްރަފްގެ އެ މަސައްކަތް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާއަށް އޮންނަނީ މީގެ ފަންސާހަކަށް އަހަރު ކުރިން ބޭރު މީހަކު އެރަށުގައި ހަނޑޫ ހެއްދި ކަމަށް ރަށު މީހުން ބުނާތީ އެވެ. އޭރު އެކަން ކުރީ ފެންދޭއެތިގަނޑުން ފެން ޖަހައިގެން ކަމަށްވާއިރު މިއަދުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކަން މާ ރަނގަޅަށް ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
ދިވެހީންގެ ކެއުމުގެ ގޮތުގައި އެންމެ ގިނައިން ބޭނުންކުރާ ކާޑުގެ ބާވަތްތަކަކީ މުޅިންހެން އިމްޕޯޓްކުރާ އެއްޗެކެވެ. އެކަމަށް ދައުލަތުން ބޮޑު ހޭދައެއް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮން ދީނި
06 April 2020
ފޯމުއިލާ ވަރަށް ސާފު. ހަނޑޫ ހެއްދުުމަކީ ބިންކުޑަ ރާއްޖެއަށް އިކޮނޮމިކަލް ކަމެއް ނޫން. ޗަކަބިމަކީ މަދު އެއްޗެއް އަދ ޚާއްސަކޯށް ލޮނުގެ އަސަރު ކުޑަ ޗަކަބިމަކީ މަދު އެއްޗެއް. 20 ބަތް ފުށް އިންދަން ނަގާ ޖާގައިން 500 ގުރާމުގެ އަލަ (އެކެއްގެ އެއް އިރު ކެއުން) ހެއްދޭ. ސަޅި ކަމެއް. އެކަމަކު ތަދުމަޑުކަމެއްގައި އެހާ ބުއްދިވެރި ކަމެއް ނޫން.
ރީތި މޫސަ
06 April 2020
ރާއްޖޭގެ ރައްޔިތުންނަކީ ކުރަންދިމާކުރިކޮންމެކަމެއް ކުރެވޭނެ ފެންވަރު ހުރިބަޔެއް ނުވެގެންއުޅޭކަމަކީ މަސައްކަތުގެ ހަމައަގު ލިބޭނެގޮތެއްނެތީ މިސާލަކަށްބަލަމާ އަނބަށްވާގޮތް ބޭރުންގެނައިމަ އަނބެއްލިބެނީ 20، 25 ރުފިޔާއަށް އެކަމު ރާއްޖޭގެ އަނބުވިއްކަންޖެހެނީ 100 ރުފިޔާ 10 އަނބު ކަންކަންގޯސްކުރަނީ ވިޔަފާރިވެރިން ތިކަންވެސް ބަޔަކުކޮށްފިއްޔާ ގަންނާނެ ވިޔަފާރިވެރިޔަކުނުވާނެ
އެންދެރި
05 April 2020
މަގޫދޫ ރައްޔިތުންނަށް ބޭނުން ވާވަރަށް އަދި ވިއްކާ ވަރަށް އެއޮތީ ކުކުޅެވެ. ޕައިލެޓް ޕޮރޮޖެކެޓް އެކެވެ. އޭގެ މައުލޫމާތު އެނގޭ ބަޔަކު ނެތެވެ. މިއީ ހަމަ ކުރެ ވޭނެ ކަންކަމެވެ. ވެބްސައިޓް އެއްހަދާ މައުލޫމާތު ލިބޭނެ ގޮތް ހަދާ ދީ ބަލާށެވެ.
ހަޒާނާ
05 April 2020
އެގްރިކަލްޗަރ މިނިސްޓްރީ ލަދުގަންނަން ޖެހެ އެވެ. ފައިސާ ގެ އެހީ ނުވެވޭ އިރު ވެބްސައިޓުން ދަނޑުވެރިކަމާ ބެހޭ މައުލޫމާތުވެސް ނުލިބެ އެވެ. ދަނޑުވެރިކަމާ އަދި މަސވެރިކަމާ ބެހޭ މައުލޫމާތު އެކަނި ލިބޭ 2 ވެބްސައިޓް ވ އަވަހަށް ހަދަން ވި އެވެ. ކިޔަވާފަ ހުރި މީހުން އަޑު ން މައުލޫމާތު ރިކޯޑް ކުރީމަ އަވަހަށް ޓައިޕް ކުރާ މީހުން މައުލޫމާތު ވެބސައިޓް އަށް ލާނެ އެވެ. ދެން ޗެކް ކޮށް އެހެން މީހުންނަށް ފެންނަ ގޮތް ހަދަން ވީ އެވެ.
ބުރެކެޓު
06 April 2020
މިއޮތްބޮޑު އިންޓަނެޓުގައި އެގުރިކަލްޗާ ނޫނީ ކަލެއަށް ވަންނަންއެނގޭ ވެބްސައިޓެއް ނެތީތަ އަޅެފަހެ.
ރަދީފްއޮފިޝިއަލް
06 April 2020
@ބުރެކެޓު އަށް. @ހަޒާނާ އެބުނަނީ ސާފު ދިވެހިބަހުން ލިޔެފަ ހުރި މައުލޫމާތު (އެގްރިކަލްޗަރ މިނިސްޓްރީގެ ވެބްސައިޓުން) ލިބުނީމަ އެކަމުގަ ހުންނާނެ ފަސޭހަކަމުގެ ވާހަކަ.ގެޓް ވެބަލަ ބްރަދާ.ވ.ވެދުން
ޑެރަ
05 April 2020
ދަނޑުހެއްދުމުން ރައްގިރާނެތަ? މޮޔަވެދާނެ. ދިވެހިން މަސައްކަތެއް ކުރަންވެދާނެތީ ހާސަރުދަމާނެ.
ހަކީމް
05 April 2020
ހެއްދޭތޯ ބަލާލަން ހެއްދިޔަސް ރާއްޖޭގެ ގުދުރަތީ މާހައުލުގައި ހިޔެއްނުވޭ ދެކޮޅުޖެހޭގޮތަކަށް ތިކަން ކުރެވިދާނެ ހެނެއް. އެހެންނެއް ނޫން ތިކަން ކުރެވޭނެ ގޮތްގޮތް މިހާރު ދުނިޔޭގައި ހޯދިފައި އެބަހުރި. އެކަމަކު މިއީ ފަށައިގަންނަން ބޮޑެތި ހަރަދު ވާނެ ކަމެއް.
ހަކީމްބޭ
06 April 2020
ބަލަ ރާއްޖޭގައިވެސް ޗަކަ ބިން އޮންނަ ސަރަހައްދުތައް މަދެއް ނޫނޭ، ގުދުރަތޫ މާހައުލުގައި ނުހެއްދެންވީ ކީއްވެ.. ތަންކޮޅެއް ޕޮސިޓިވް ވެބަލަ...ހަމަ ކަމެއް ކުރަން ބަޔަކު އުޅޭ އިރަށް ކުރި މަރާލާ ޒާތުގެ ކޮމެންޓް ނުކޮށް ހަނޑޫ ކޮޅެއް ހެއްދޭތޯ ބަލާބަ
ލައިޓަރޭ
05 April 2020
ތިއަދި ކާ މިޔާބުވީއެއްނޫނެއްނު..ތިކަ މެއް ތިޔަ ހީކުރާހެނެއްނުވާނެ..މާ މާބޮޑަށް އެގޭހެން ހީވަނީ
ނަންނު
05 April 2020
މާޝާﷲ! ވ ރަނގަޅު ވިސްނުމެއް. ތިކަމުގައި ﷲ ރަޙުމަތް ލައްވާށި. އާމީން
މެސައު
05 April 2020
ރިސޯޓް ތައްވެސް އަތުލާފަ ތިކަން ކުރަންވީ
ކޮންމެދަނޑުވެރިއަކަށް1ހެކްޓަރ
05 April 2020
އަޝްރަފް ފަދަ އަމިއްލަ ފަރާތްތަކަށް ދަނޑުވެރިކަން ކުރަން ބިންދޫކުރަންފަށާ. ބޮޑެތި ކުންފުނިތަކަށް މުޅިބިން އެއްކޮން ދިނުދެއްވާ، ދަނޑުވެރިކަން ކުރަން މީހުން ތަމްރީންކުރޭ. ދަނޑުވެރިކަން ކުރަން މާލީ އެހީ ދެއްވާ. ދަނޑުވެރިކަން ކުރަން ފަންނީ އެހީ ދެއްވާ #ކޮންމެދަނޑުވެރިއަކަށް1ހެކްޓަރ