ޔޫރަޕިއަން ކައުންސިލުން ދޭ އިންސާނީ ހައްގުގެ އެވޯޑް ހޯދި އިރާގުގެ ނާދިއާ މުރާދު
12 އޮކްޓޯބަރ 2016 - 11:58
ބަޣުދާދު (އޮކްޓޯބަރު 12) - އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުވެ އަނިޔާ ލިބެމުން ދަނިކޮށް ސަލާމަތްވި ޔަޒިދީ އަންހެނަކަށް އިންސާނީ ހައްގުގެ އެވޯޑެއް ލިބިއްޖެ އެވެ.
އިރާގުގެ އެކްޓިވިސްޓެއް ކަމަށްވާ ނާދިއާ މުރާދަށް ލިބިފައި ވަނީ ކައުންސިލް އޮފް ޔޫރަޕުން ދޭ ވާކްލާވް ހަވެލް ހިއުމަން ރައިޓްސް ޕްރައިޒް އެވެ. މި އެވޯޑާ އެކު އޭނާ އަށް ވަނީ 60،000 ޔޫރޯ (67،000 ޑޮލަރު) ގެ ފައިސާގެ އިނާމު ވެސް ދީފަ އެވެ.
އުމުރުން 21 އަހަރުގައި، 2014 ވަނަ އަހަރު އައިއެސް އިން ވަނީ ނާދިއާ ވަގަށް ނަގައިފަ އެވެ. އައިއެސްގެ އަނިޔާގައި ތިން މަސް ދުވަސް ހޭދަކުރުމަށް އޭނާ ވަނީ ފިލައިގެން ޖަރުމަނަށް ގޮހެވެ. އޭގެ ފަހުން ވަނީ އިރާގުގެ ޔަޒީދީ ދަރިކޮޅުގެ މީހުންނަށް ދިމާވެފައިވާ މައްސަލަތައް ސަމާލު ކަމަށް ގެނައުމަށާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރަން ފަށައިފަ އެވެ. ނާދިއާ ވަނީ މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމަށް ވެސް ވާދަކޮށްފަ އެވެ. އދ. އިން ވަނީ ޑިގްނިޓީ އޮފް ސަވައިވާސް އޮފް ހިއުމަން ޓްރެފިކިންގެ އެމްބަސެޑަރަކަށް ނާދިއާ މިދިޔަ މަހު ހަމަޖައްސައިފަ އެވެ.
އިނާމާ ހަވާލުވުމަށް ފަހު ނާދިއާ ވަނީ އައިއެސް އިން ހިންގާ ޖަރީމާތައް ބެލުމަށް ބައިނަލްއަގުވާމީ ކޯޓެއް އުފެއްދުމަށް ގޮވާލައިފަ އެވެ. އަދި ޔަޒީދީންނާ ދެކޮޅަށް އައިއެސް އިން ހިންގަނީ ބޮޑު ގަތުލްއާއްމެއް ކަމަށް އޭނާ ބުންޏެވެ.
ހާކްލަވް ހަވެލް އިނާމު ދެނީ އިންސާނީ ހައްގުތަކުގެ ދިފާއުގައި ސިވިލް ސޮސައިޓީ ފެންވަރުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy