ޔާމީން ޖަލަށް ވަޑައިގަތުމަށް ލޯންޗަށް އަރާވަޑައިގަންނަވަނީ: އެމަނިކުފާނު ގެއަށް ބަދަލުކޮށް ދިނުމަށާއި އިސްތިއުނާފް ޝަރީއަތް އަވަސްކޮށް ދޭން އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައި -- ފޮޓޯ/މިހާރު
10 އެޕްރީލް 2020 - 15:08
ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށް އަދި އެމަނިކުފާނުގެ އިސްތިއުނާފް ޝަރީއަތް އަވަސްކޮށްދޭން އިދިކޮޅު ކޯލިޝަނުން މިއަދު ގޮވާލައިފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި އެމަނިކުފާނު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން އޮތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުކުމްކޮށްފަ އެވެ. އެ ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން އެ މައްސަލާގެ ބައެއް އަޑުއެހުންތައް ހައި ކޯޓުން ކުރިއަށް ގެންދިޔަ އެވެ. އެކަމަކު އެ މައްސަލަ ނިމުމަކާ ގާތަށް އަދި ނުދެ އެވެ.
އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ކޯލިޝަނުން ނެރުނު ބަޔާނެއްގައިވަނީ ކޮވިޑް-19 ގެ ބިރު ރާއްޖެ އަށް ވެސް އޮތްއިރު ޔާމީންގެ އިސްތިއުނާފް ޝަރީއަތް ކުރިއަށް ނުގޮސް ދިގުލައިގެންދާތީ އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ޖަލުތަކުގައި ތިިބި ސިޔާސީ ކުށްވެރިން މި ދުވަސްވަރު މިނިވަން ކުރަން އދ. އިން ވެސް ގޮވާލާފައިވާ ކަމަށާއި އެގޮތަށް އެހެން ގައުމުތަކުން އަމަލު ކުރަމުން ދާއިރު، ޔާމީން އަދިވެސް ޖަލުގައި ބާއްވައިގެން އެކި ގޮތްގޮތުން ނިކަމެތިކަން ދިނުމަށް މަސައްކަތް ކުރާތީ އެކަމާ މެދު ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ ވީޑިއޯ ކޮންފަރެންސްކޮޮށް ބައެއް ކޯޓުތަކުން ޝަރީއަތްތައް ކުރިއަށް ގެންދާއިރު ހައި ކޯޓުގެ ޝަރީއަތްތައް ވެސް އެގޮތަށް ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށާއި އެހެންވެ، އެ މައްސަލަ އަވަހަށް ކުރިއަށް ގެންގޮސްދޭން ގޮވާލާ ކަމަށެވެ. އަދި މިފަދަ ދުވަސްވަރެއްގައި އެއްބައިވަންތަކަށް އިސްކަން ދިނުމަށްޓަކައި އެމަނިކުފާނު ގެއަށް ބަދަލު ކުރަން ވެސް ގޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވާތީ، އިންސާފު ބޭރުން އަނިޔާ ލިބެމުންދާ ހަމައެކަނި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިހާރުން މިހާރަށް ގެއަށް ބަދަލުކޮށް ދެއްވުމަށް ވެސް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ." އެ ބަޔާނުގައިވެ އެވެ.
ޔާމީންގެ އިސްތިއުނާފް ޝަރީއަތް އަވަސްކޮށް ދިނުމަށާއި އެމަނިކުފާނު ގެއަށް ބަދަލު ކޮށްދޭން އިދިކޮޅު ކޯލިޝަނުން ގޮވާލިއިރު، އިސްތިއުނާފް ނިމެންދެން ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަންކޮށް ދޭން ހައި ކޯޓުގައި ވެސް އެމަނިކުފާނުގެ ފަރާތުން ކުރިން އެދުނެވެ. އެކަމަކު ހައި ކޯޓުން ނިންމާފައިވަނީ އެމަނިކުފާނަށް ކަފާލާތު ދެވެން ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުށްވެރިން
12 April 2020
ވައްކަން ކުރެއްވީ ސިޔާސީ ގޮތުން. އެހެން ކަމުން އިސްތިއުނާފު ކޮށްގެން އަންނަން ވާނީ ވައްކަން ކުރިމީހާގެ ހައްޤު އަދަބު ، އެއީ އިސްލާމީ ސަރީއަތުގައި އޮންނަ އަދަބު. މިހާރު ދެވިފައި އެވަނީ ހަދައިގެން އުޅޭ ވަޟައީ ޤާނޫނު ތަކުގެ އަދަބު. ހައްޤު އަދަބު ދިނީމާ ދެން އިސްތިޢުނާފެކޭ ނުކިޔާނެ. އެއްވެސް ސަރުކާރަކުން ނޫޅޭ ސަރީއަތުގައި އޮންނަ އަދަބު ދޭކަށް. ވެރިން ވައްކަން ކުރަން ތިބީ ، ވެރިން ސަރީޢަތް ޤާއިމް ކުރަންތިބީ.
ޓިނު
11 April 2020
ތިކަންވާންއޮތީ އަދުރޭ އަށް ވެރިކަން ލިބުނީމާ ؟ ޔާމީނުވެސް ކަންކުރީ އެގޮތަށް ވެރިކަން ނިމުނީއިރުވެސް އެއްވެސްމީހަކު ދުލެއްނުކުރޭ ؟
1234
11 April 2020
އަދުރޭ މައުމޫނު ޖަލަށްލީމާ ކިތަށްމީހުން އޭނާ ގެއަށް ބަދަލުކުރާށޭގޮވި އެދުވަހު ބުނިއެތި މިއަދު ހަދާންވޭތަ؟
ފާތާނިކޭ
11 April 2020
ކޮބާ މިފަހަރު ރޯދައަށް ސަދަގާތް ފައުންޑޭށަނުން ކަދުރު ބެހުމެއް ނެތްތަ؟
އަހައްމަދޫ
11 April 2020
މުސްކުޅި ބޭބޭފުޅުވެސް އޮތީ ރަމަޒާން މަސް އެއްކޮށް ޖަލުގަ ބާއްވައިފަ. އެވެސް އެއްޗެއް ސާބިތު ވެގެނެއް ވެސްނޫން. ދެންކީއްކުރަން މީނާ ދޫކޮށްލަނީ
ޢަލިމަނިކުފާނު
11 April 2020
އަހަރެމެންނާ މެދު ވިސްނާ ބަޔެއްނޫންދޯ މިމީހުންނަކީ.
ނީރާ
11 April 2020
އިދޮޅެއްކަމަކު ކޮސްނުގޮވާ.
މަނީލޯންޑްރި ސަރަވިސަަ
11 April 2020
2 ކަމުން ކުރެ ކަމެއް މި ވަގުތު ކޮށްދެވެން ނެތް ވާހަކަ ދަންނަވަން!
ގަޓް ބްރޯ
11 April 2020
ރައީސް ޔާމީން އަކީ ސިޔާސީ ކުށްވެރިއަކަށް ވާނަމަ ޖަލުގަ ތިބި އެންމެނަކީވެސް ސިޔާސީ ކުށްވެރިން. އެއީ މަނީލޯންޑްރިންގ ފަދަ ބޮޑު ޖިނާއީ ކުށެއް ސާބިތުވެފަވާ މީހަކު ސިޔާސީ ކުށްވެރިއެއްކަމަށް ބެލޭނެ އެއްވެސް ޖާގައެއް ނެތީމަ.
77 މިލިއަން
11 April 2020
މާގިނަ ވާހަކަ ނުދައްކާ މިހާރު 77 މިއަން ދެއްކީތޯ
އާރީ
11 April 2020
އަދުރޭމެން އުޅެނި ރަށްއިތުންނަށް ކަންކަން އޮޅުވާލަށް. އިރެއްގަ އޮޅުވާލިޔަސް މިހާރު އޮޅުވާނުލެވޭނެ. ތި އަދުރޭ އަދި ޔާމީނަށް ބާރު ލިބޭ ދުވަހަކުން ބޭރުކޮށްލާގޮތްބަލަށް ދިވެހި ރަށްއިތުން ތިބޭތި.