އައްޑޫގެ އޮޕަރޭޝަން ތިއޭޓަރެއްގައި އެތަނުގެ މުވައްޒަފަކު މަޑުކޮށްލައިގެން: އެތަނުގައި ފުރަތަމަ ކުރި ބޮޑު އޮޕަރޭޝަން ކާމިޔާބު
10 އެޕްރީލް 2020 - 19:04
އައްޑޫގެ އާ ހޮސްޕިޓަލް، އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އިން ފުރަތަމަ ފަހަރަށް އިއްޔެ ބޮޑު އޮޕަރޭޝަނެއް ކޮށްފި އެވެ. އޭއީއެޗުން ދެކޭ ގޮތުގައި މިއީ ސިއްހީ ދާއިރާ އަށް ވެސް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ކުރީގެ އިކްއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ގާއިމްކޮށްފައިވާ މި ހޮސްޕިޓަލުގައި އިއްޔެ އޮޕަރޭޝަން ކުރީ އުކުޅުވަޅުގެ ހުޅު ބިންދައިގެން ދިޔަ އުމުރުން 82 އަހަރުގެ އަންހެނެއްގެ ކަށިގަނޑު ތެދުކުރުމަށެވެ. ކަށީގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި ކިޔަވާ ވިދާޅުވުމަށް ފަހު މީީގެ މަހެއްހާ ދުވަސް ކުރިން އޭއީއެޗްގައި ހިދުމަތް ދެއްވަން ފެއްޓެވި، ފުވައްމުލަކަށް އުފަން ޑޮކްޓަރު މުހައްމަދު މުންޝިދުގެ މި އޮޕަރޭޝަން ކާމިޔާބެވެ.
ކުރިން މި ފަދަ އޮޕަރޭޝަންތައް ކުރަން ޖެހެނީ މާލެ އަންނާށެވެ. އެކަމަކު ރަށުގައި ތިބެގެން، ގަވައިދުން މި ފަދަ އޮޕަރޭޝަންތައް ކުރުމުގެ ފުރުސަތު ލިބުމަކީ ޑރ. މުންޝިދު ވިދާޅުވި ގޮތުގައި މީހުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ.
"ކުރިން ވިއްޔާ ޖެހޭނީ މާލެ އަށް ރިފާ ކުރަން. އެކަމަކު ހުރިހާ ހިދުމަތްތަކަކާއެކު، މިކޮޅުގައި ރެގިއުލާކޮށް ބޮޑެތި އޮޕަރޭޝަން ކުރުމުގެ މަގުފަހި ވުމަކީ އައްޑޫގެ އެންމެންނަށް ވެސް ލިބުނު ވަރަށް ބޮޑު ފަސޭހައެއް،" ދޮޅުގަޑިއިރުގެ އެ އޮޕަރޭޝަނާ ގުޅޭގޮތުން އޭނާ ވިދާޅުވި އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހިދުމަތް ދޭން ފެށި، އޭއީއެޗްއަކީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެކެވެ. ކުރިން އައްޑޫގައި އެންމެ ފުޅާކޮށް ހިދުމަތް ދިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އޮޕަރޭޝަން ކުރުމަށް ހުރީ އެންމެ ތިއޭޓަރެއް ނަމަވެސް، އޭއީއެޗުގައި ހިދުމަތް ފެށީ ފަސް ތިއޭޓަރާ އެކު އެވެ.
Congratulations to our team, on the success of the 1st major surgery at #AEH. An 82 year-old underwent surgery for hip fracture led by Dr Munshid. The patient is doing well, Alhamdhulillahi. @MoHmv @ameenex @FaisalNasym Thanks to @igmhmv for arranging the instruments. pic.twitter.com/PExGJHRhs8
— Addu Equatorial Hospital (@aeh_mv) April 9, 2020
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ޓުވީޓް
ސަރުކާރުގެ ޚަރަދުގައި ކިޔަވައި ވިދާޅުވުމަށް ފަހު، މާލެ ފިޔަވައި އެހެން ރަށްރަށުގައި މަސައްކަތް ކުރުމަށް ހަތް އަހަރާއި ބައިގެ ބޮންޑެއްގައި ހުންނެވި ޑރ. މުންޝިދު ވިދާޅުވީ އައްޑޫ އާ ހޮސްޕިޓަލުގައި ގިނަ ހިދުމަތްތަކެއް މިހާރު ލިބެން ހުންނާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އިތުރު ހިދުމަތްތައް ތައާރަފް ކުރާނެ ކަމަށެވެ.
މިހާރު ވެސް އެތަނުން، އާންމު ބަލިތަކާއި ދަތުގެ ބަލިތަކާއި ސްކޭން ކުރުމާއި ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ދެ އެވެ. އަދި ކަރުންމަތީގެ ބަލިތަކާއި ނަފްސާނީ ބަލިތަކާއި ހަމުގެ ބަލިތަކުގެ އިތުރުން ހިތުގެ ބަލިތަކަށް ވެސް ފަރުވާ ދެ އެވެ.
އައްޑޫ އާ ހޮސްޕިޓަލަކީ ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ތަނެކެވެ. މިއީ އައްޑޫގައި އާ ހޮސްޕިޓަލެއް އިމާރާތް ކުރުމަކީ އެ ސިޓީގެ މީހުން އެތައް ދުވަހެއް ވަންދެން ކުރަމުން އައި އިންތިޒާރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚިލެ
11 April 2020
ރައީސް ނަޝީދު ބޮޑު އިމާރާތެއް އަޅާދީފަ ހުރީމަ އެތަނަށް ތަކެތި ވައްދާލަން 7 އަހަރު މިނެގީ، އިމާރާތެއް އަޅަން ޖެހުނު ނަމަ 10 އަހަރު، ޝުކުރިއްޔާ ރައީސް ނަޝީދު
މޫސާ މިނިކް
11 April 2020
ސާބަހޭއަޅުގަޑުމެންގެތަރައްގީގެ ބަނީއައް މަރުހަބަރ.ޔާމިންއައް
ދިހަ
12 April 2020
ނަށީދު ވެރިކަ މަށް އައިއިރު ދައުލަތުގެ ޢާ މްދަނީ އަކީ 7 ބިލިއަން. ޓެކްސްގެ ނިޒާ މާއެކު ފުރަތަ މަވެސް 18 ބިލިޔަނަށް އެރި އޭގެ ފަހުން ދައުލަށް މިހާރު މިވަންނަ ޢާ މްދަނީ ލިބެނީ. މިހާރު އާ މްދަނީން ޓެކްސް ނަގަން އެ ފަށަނީ. މިއީ ނާސިރަށް ފަހު ސަރުކާރަށް އާ މްދަނީ އިތުރުކުވާނެ ދެ ދާއިރާ. އިކޮނޮ މިސްޓަކީ ޔާ މީނެއް ނޫން. އޭނަ ކުރި ކަ މަކީ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުވެސް ކުރިކަންކަން.
ވަސީމާ
11 April 2020
އުފާވެރި މަންޒަރެއް. ރައީސް ޔާމިން ފެށި މަސައްކަތް ފުރިހަމައަށް ނިންމާ ކޮޅެއްގައި ޖައްސާލަދިނީތީ ހިވާގި ހިންގުންތެރި ހެލްތު މިނިސްޓަރު އަމީނަށް ޝުކުރު. އެމްޑީޕީ މީހަކު މިއަދު ހެލްތާ ހަވާލުވެގެން ހުރި ނަމަ ނޭނގެ ބަރަވެލި ސްޕީޑުގައި ގޮސް ދައުރު ނިމޭއިރުވެސް އައްޑޫ މީޙުންނަށް މިކަމުގެ އެއްވެސް ރާހަތެއް ކުރާނެކަން..
ވިލޫ
11 April 2020
ސާހަބޭޔާމިންއައް
ވަސީމާވަސީމު
11 April 2020
އަމީން އެހާ އުފާވެގެން ހުރެ ކުރާކަމެއް ނޫން އެއީކީ އައްޑޫ އެ ހޮސްޕިޓަލްގެ މަސައްކަތް ކޮޅެއްގަ ޖެއްސުން. އެ ނޫން އެހެން ގޮތެއް ނެތިގެން ކުރާ ކަމެއް އެއީ. އެތަނުގެ ވާހަކަ ފުރަތަމަ ދެއްކި ގޮތް އަޑުއެހިނަމަ އެކަން ސާފުވީސް.
ހުއިފިލަނޑާ
11 April 2020
އެހަރަފެންނަނީ ތިއޭޓަރު، އެތާ އެއިނީ ހަތަރު ފާރު، ދެން އެނދަކާ މޭޒަކާ. ކޮމްޕިއުޓަރެއްކަހަލަ އެއްޗެއްވެސް އެބަފެނޭ. އެވަރުތަނެއްވެސް ހަދާދެވެނީ 40 އަހަރު އާދޭސްކޮށްގެން.
ރަދީފްއޮފިޝިއަލް
11 April 2020
މަމެން ކުޑައިރު ވެސް ހޮސްޕިޓަލް އަޅާ ވާހަކަ ކިޔާ ހެދި.މިއަދު މަމެންނަށް ދަރިންލިބި އެދަރިން ބޮޑުވިފަހުން މިފަދަ ހިދްމަތެއް ހިތަދޫގަ ހުރި ހޮސްޕިޓަލަކުން ލިބުން އެއީ އުފާކުރާކަމެއް.
ޝޮކްތެރަޕީ
10 April 2020
ސިރީލަންކާގެ ވެރިރައް ކޮލަމްބޯގަ އުޅޭ ލަންކާ ރައްއިތުން އުޅެނީ ކުއްޔަ. ލަންކާގެ ހުރިހާ ރަށަކުން އައިސް ތިބެނީ ކޮލަމްބޯގަ ވަޒީފާގަ ގެދޮރު ކުލި ދައްކައިގެން. މީ މަލެއަށް އެކަނި ދިމަވާ ކަމެެއްނުން.
ބޮއްކުރާ
11 April 2020
ލަންކާ އާބާދީއަކީ 21 މިލިއަނޭ، އޭގެތެރެއިން ކޮލަމްބޯ ގޭގޭ ކޮޓަރި ހަދާދީގެން ކުއްޔަށް އުޅެނީ ދެތިންހާސްމީހުނޭ. ރާއްޖޭގައި މިއުޅެނީ ގައުމުގެ އެންމެން ކުޑަ ގަބީލާއެއްގެ ކުލީއަޅުންނަށް ވެގެންނޭ. އިންޑިއާގަވެސް ދިއްލީއަށްވުރެ ހިދުމަތް ރަނގަޅު 50 ސިޓީ އެބައޮވޭ. އެމެރިކާ އެންމެން އުޅެނީ ވޮށިންޓަނު މީހުންގެ ގޭގޭ ކޮޓަރި ކުއްޔަށް ހިފައިގެންތަ.
ތިކަމާ މިކަމާ
11 April 2020
ކުލީގެ އަފުތައް ކިހާވަރެއްބާ؟ ތަނުގެ ބޮޑުމިނާއި ވެންޓިލޭޝަން ކިހާވަރެއްބާ. މާލޭގަ ބޮޑު އަގުގަ ކުއްޔައްދެނީ އަގާބަލާފަ ކޯޗެއްތަ.
އެމްޑީޕީމީހާ
10 April 2020
ރައިސް ޔަމިން ޖަލައްލިޔަސް މިކަމުގެ މެސްތިރިޔަކީ ހަމަ ރޔާމިން.
މިލިޓަރީ
10 April 2020
އައްޑޫ މީހުން މާލޭން ބެރުކުރާނީ ކިހިނެ. އައްޑޫ މީހުންގެ އަމިލްލަ ގެދޮރު މަލޭގަ އެބަހުރި މޮޔަނުގޮވާ ފިތުނަ ނޫފައްދާ މާލެގަ އުޅޭ ގިނަމީހުންނަ ފުލެޓުވެސް ލިބިއްޖެ.
އަލީ ރަސްގެފާން
10 April 2020
ބަޔަކަ ހަޖަމް ނުވިޔަސް ހައްގުތެދުމީ. މި ހޮސްޕިޓާގެ ހުރިހާ ސާމާނަކާ ސިޓީ ސްކޭން ގެނައީ ރައިސް ޔާމިން. މި ސަރުކަރުން ކުރިކަމަކީ ރިބަންފައް ކެޑުން.
ނަސީދުގެ
10 April 2020
އައްޑޫ މީހުންނަށް އެއްޗެއް ވިސްނޭނެބާ! ޔާމީނޭ ނަސީދޭ ކިޔާނެ ކަމެއް ނެއް. މިއީ އައްޑޫގައި މީގެ އެތަކެއް އަހަރެއް ކުރިން އެޅިފައި ހުންނަންޖެހޭ ތަނެއް. މިއީ ސަރުކާރުގެ ހެޔޮފުޅުކަމުން ވާންޖެހޭނެ ކަމެއް ނޫން. ލާރިދެނީ ދިވެހިން ނޫނީ ލާރި ހޯދަނީ ދިވެހިންގެ ބިން ވިއްކައިގެން. މިއީ ޔާމީނެއް ނަސީދެއް އިބޫ އެއްގެ ތަނެއް ނޫން. މިއީ ސީދާ ދިވެހިންގެ ބިން. ވެރިން އަންނަނީ ޚިދުމަތް ކޮށްދޭން. އަމިއްލަ ޖީބަށް ބަރު ކުރާކަށް ނޫން.
ާަެްއައްޑޫމީހާ
10 April 2020
ޢެހެންވީމަތާ ޔާމީނު ތިއަހޮސްޕިޓާ އައްޑޫގަ ގާއިމުކުރީ ޔާމީނައްވެސް ހުރެވިދާނެއެއްނު އެއަކަމެއްވެސް ކޮށްނުދީ މީގެކުރީގަވެސް ރައްޔަތުންގެ ލާރިހުރޭ ބިންއޮވޭ އެކަމަކު އެކަކުވެސް މިވަރުގެ ކަމެއް ކޮށްނުދިނެއްނު ޔާމީނު ވަރުގެ މީހަކު މިގައުމުގެ ވެރިކަން ކޮށްފަކައެއްނެއި ބަޔަކު މިކަން ގަބޫލު ނުކުރިއަސް މީހަގީގަތް
އަހުމަދު އައްޑޫ ހިތަދޫ
10 April 2020
ޝުކުރިއްޔާ ރައީސް ޔާމީން. ހޮސްޕީޓަލް އެކަނި ހައްދަވާ ދެއްވީ އެއްނޫން. ޑޮކްޓަރ މުންޝިދަކީ ރާއްޖެތެރެއަށް ސިއްޙީ ޚިދުމަށް ފުޅާކޮށްދެއްވުމަށް ސަރުކާރުގެ ޚަރަދުގައި، ރައީސް ޔާމީނުގެ ސަރުކާރުން ތައްޔާރު ކުރި ޑޮކްޓަރުންގެ ތެރެއިން ބޭފުޅެއް.
ަސަނަ
12 April 2020
2012 ގައި ނަޝީދުގެ ވެރިކަން ވައްޓާލި އިރު ހިތަދޫގައި 200 އެނދުގެ ހޮސްޕިޓަލެއް އަޅަން ވަނީ ލޯނު ހަ މަޖެހިފަ. 100 އެނދަށް ބަދަލުކޮށް ކުޑަ އަގެއްގައި ހޮސްޕިޓަލެއް އެޅީ ނަޝީދުގެ ވެރިކަ މުގައި އަޅާފައިވާ އި މާރާތުގަ.