14 އެޕްރީލް 2020 - 07:53
ސްމާޓްފޯނު ނެރޭ ބޮޑެތި ކުންފުނިތަކުން ތަންކޮޅެއް އަގުހެޔޮ ފޯނުތައް މާކެޓަށް ނެރުމަކީ މިހާރު ކުރަމުން އަންނަ ކަމެކެވެ. އެމެރިކާގެ އެޕަލް ކުންފުނިން ވެސް މިކަމަށް ތައްޔާރުވެފައި ވަނިކޮށް ދެކުނު ކޮރެއާގެ ސެމްސަންގުން މިހާރު މި ވަނީ ސެމްސަންގް ގެލެކްސީ އޭ ސީރީޒްގެ ކަލެކްޝަނެއް ނެރެފަ އެވެ. މީގައި ހަ ފޯނެއް ހިމެނެ އެވެ.
ސެމްސަންގުން ބުނިގޮތުގައި ބުރާސްފަތި ދުވަހު ނެރުނު އޭ ސީރީޒް ކަލެކްޝަނުގައި ހިމެނެނީ އޭ01 އާއި އޭ21 އާއި އޭ11 އާއި އޭ51 އާއި އޭ 51 (އެލްޓީއީ) އަދި އޭ71 5ޖީ އެވެ.
The 2020 #GalaxyA series line-up of devices deliver advanced mobile technologies at an accessible price point and will launch April 9 with the #GalaxyA01 and the #GalaxyA51. Learn more: https://t.co/NKhmLsTRxU
— Samsung US Newsroom (@SamsungNewsUS) April 8, 2020
އޭ01 ގެ ފީޗާތަކުގެ ތެރޭގައި 5.7 އިންޗީގެ އެޗްޑީ ޑިސްޕްލޭ، 5އެމްޕީ ފްރޮންޓް-ފޭސިން މަލްޓި ލެންސް ކެމެރާ އާއި 2ޖީބީގެ ރެމަކާ އެކު 16ޖީބީގެ ސްޓޯ ހިމެނެ އެވެ. މީގެ އަގަކީ 109.99 ޑޮލަރު (1,694.95ރ.) އެވެ.
މި މޮޑެލްގެ ފޯނުތަކުގައި ހުންނާނީ 6.4 އިންޗީގެ އެޗްޑީ އިންފިނިޓީ-އޯ ޑިސްޕްލޭއެކެވެ. ތިން ލެންސަކުން ފޮޓޯތަކިގެ ކޮލިޓީ މަތިކުރެވޭނެ އެވެެ. ސްޓޯރޭޖަކީ 32ޖީބީ އެވެ. އަގަކީ 179.99 ޑޮލަރު (2,773.65ރ.) އެވެ.
ގެލެކްސީ އޭ21 ގައި އިންނާނީ 6.5 އިންޗީގެ އެޗްޑީ އިންފިނިޓީ-އޯ ޑިސްޕްލޭއެކެވެ. މި މޮޑެލްގައި އެކުލެވެނީ 3ޖީބީގެ ރޭމަކާ އެކު 32ޖީބީގެ ސްޓޯރޭޖެވެ. އަގަކީ އަގަކީ 249.99 ޑޮލަރު (3,852.35ރ.) އެވެ.
މިއީ 6.5 އިންޗީގެ އެފްއެޗްޑީ އިންފިނިޓީ-ސުޕައެމޯލެޑް އިންފިނިޓީ-އޯ ޑިސްޕްލޭގެ ފޯނެކެވެ. ހަތަރު ޖީބީގެ ރޭމަކާ އެކު ސްޓޯރޭޖަކީ 128ޖީބީ އެވެ. މި ފޯނުގެ އަގަކީ 399.99 ޑޮލަރު (6,163.85ރ.) އެވެ.
މިއީ އޭ ސީރީޒްގެ ފޯނުތަކުގެ ތެރެއިން 5ޖީ ލިބޭނެ މޮޑެލްއެކެވެ. އަގަކީ 499.99 ޑޮލަރު (7,704.85ރ.) އެވެ.
ގެލެކްސީ އޭ71 އަކީ އޭ ސީރީޒްގެ އެންމެ ވަރުގަދަ މޮޑެލެވެ. 5ޖީ ލިބޭ ފޯނަކީ 6.7 އިންޗީގެ އެފްއެޗްޑީ ޕްލަސް އިންފިނިޓީ-ސުޕައެމޯލެޑްގެ ޑިސްޕްލޭ އެކުލެވޭ ފޯނެކެވެ. މީގެ އަގަކީ 599.99 ޑޮލަރު (9,245.85ރ.) އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy