ކިންގް ސަލްމާން މިސްކިތް: ރޯދަ މަސް ފެށެން ވާ އިރަށް މިސްކިތް ހުޅުވަން މަސައްކަތްކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
14 އެޕްރީލް 2020 - 14:57
ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި އިމާރާތް ކުރަމުން އަންނަ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް މަޑުޖައްސާލައިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މި އަހަރުގެ ރޯދަ މަހު އެ މިސްކިތް ހުޅުވަން ރައީސް އޮފީހުން މަސައްކަތް ކުރަމުން އަންނަ ކަމަށް، އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވެ އެވެ. ނަމަވެސް ހަލުވި ކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، އެ މިސްކިތުގެ މަސައްކަތް މިހާރު ވަނީ މަޑުޖައްސާލާފައި ކަމަށް އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު މިއަދު ވިދާޅުވި އެވެ.
"ކޮވިޑް އާ ގުޅިގެން މިސްކިތުގެ މަސައްކަތް މިހާރު ވަނީ ހުއްޓާލާފައި،" އަފްރާހު ވިދާޅުވި އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހަފްތާގެ ހުކުރު ދުވަހެވެ.
ސައޫދީ ރަސްގެފާނުގެ ޚަރަދުގައި މާލޭގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އިމާރާތް ކުރަން ހަމަޖައްސައި، އެކަމާ ގުޅޭ މަސައްކަތްތައް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އަދި އެއީ ސީދާ ޔާމީންގެ އެދިވަޑައިގަތުމަކަށް ސައޫދީގެ ރަސްގެފާނު ދެއްވި އެހީ އެކެވެ.
ކިންގް ސަލްމާން މި މިސްކިތް ހަދަން ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ގެ ބަޖެޓަކާ އެކު އެވެ.
މާވެޔޮ މިސްކިތުގެ މަސައްކަތް ކުރިއަށް ގެންދަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް
ކޮވިޑާ ގުޅިގެން މާލެ، ވިލިމާލެ، ހުޅުމާލޭގެ އިތުރުން މާލެ ކައިރި ސަރަހައްދުގެ ބައެއް ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރު ނަމާދުކުރުން މި ދުވަސްވަރު ވަނީ މެދުކަނޑާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓޮލެރަންސޭ1
15 April 2020
ވެގެންއުޅޭ ގޮތަކީ އަނެއްކާވެސް ކޮންޓްރެކްޓަރ އަތުން ސިޔާސީ މީހުން ލާރިގަނޑެއްނުލިބިގެން އެމީހުންނަށް ދަތިކުރަނީ، ދިގުލައިގެންދިޔައީމަ ބޭރުކުންފުންޏަކަށް ގެއްލުންބޮޑުވާނެ، އަނެއްކާ ޓަމެކްސްގެ ލޭބަރުން ރޯދަމަހަށް ރަށަށްފޮނުވަދޭނެކަމަށް އެމީހުން އެތިބީ، ފާޑެއްގެ ބުލެކްމެއިލް ކޮރަޕްޝަން ގޭސްގަނޑެއް މިއެނބުރެނީ
މުހައްމަދު އަހްމަދު
15 April 2020
މިސްކިތެއް ވީމާ މަސައްކަތް ޖެހޭނީ ހުއްޓާލަން. ދުވާލަކު އެތައް ސިޔާސީ މަޤާމެއް އެބަދޭ. އެތައް ބަޔަކަށް ބަދަލުގެ ނަމުގައި ފައިސާދޭ. ހުރިހާކަމެއް އަންނިގެ ބޮލަކަށް ނުކެނޑޭނެ. އިބޫއަކީ ވެސް އޭގެ މީހެއް.
މަންކީ މޯލް
15 April 2020
އިސްލާމީ މިނިސްޓަރު މިޔައްވުރެ ހަރުދަނާވާންވެއްއޖެ. ފެންނަގޮތުން އަމިއްލަޔަށް ނިންމޭ އެއްކަމެއްވެސް އޮތްހެނެއް ހިއެއްނުވޭ. މިއަދުވެސް ހުޅުވޭވަރަށް ނިމިފަހުރިތަނެއް ދެން ކޮންސަކަރާތެއްޖަހާކަށްތަ.
ޕޮއްނު
14 April 2020
ލާދީނީ ސަރުކާރަކީ ކޮބާ
ދެކެދެކެ
14 April 2020
މި އިސްލާމިކްް މިނިސްޓަރ މީ ކީއްކުރާ މީހެއް.
އެމްޑީޕީމީހާ
14 April 2020
ބްރިޖެ ނޭޅޭނެ މިސްރުކާރަކަ. ސޯވޭ ހެދިޔަސް ބްރިޖު އަޅާނީ ދެންއަނަ ސަރުކާރަކުން އިންޝާﷲ
ކާޖާ
14 April 2020
ސައޫދީ ރަސްގެފާނުގެ ޚަރަދުގައި މާލޭގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އިމާރާތް ކުރަން ހަމަޖައްސައި، އެކަމާ ގުޅޭ މަސައްކަތްތައް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އަދި އެއީ ސީދާ ޔާމީންގެ އެދިވަޑައިގަތުމަކަށް ސައޫދީގެ ރަސްގެފާނު ދެއްވި އެހީ އެކެވެ. ސުވާލަކީ މިއީ ސައުދީ ރަސްގެފާނުގެ ޚަރަދުގައި ހަދާތަނެއްތޯއެވެ؟ އަޑުއިވޭގޮތުގައި ދިވެހި ދައުލަތުން ވަރަށް ބޮޑު ޚަރަދެއް މި މިސްކަތައް ކުރަންޖެހެއެވެ.
ބޮޑުމީހާ
14 April 2020
ހުއްޓުމެއްނެތި ބުރިޖު މަޝްރޫކުރިއަށް ގެންދެވޭ، ކީއްތަވާނީ ކުޑަ ހިތްވަރެއް ލާފަ ރޯދައާއި ދިމާކޮށް މިސްކިތް ނިންމަދިނިއްޔާ! މިސްކިތަށް ނުދެވުނަސް މިސްކިތް ފެނުނީމަވެސް ކިހާ ހިތްހަމަޖެހުމެއް ލިބޭނެ!
މީރަށުބޭބެ
14 April 2020
ހަމައެކަނި މިސްކިއްތޯ މަސައްކަތް ހުއްޓަންވީ. ބުނި އެއްވެސް ޕްރޮޖެކްޓެއް ނުހުއްތާނަމޯ. ބަލަ މިސްކިތައް ނަމާދުވެސް ކުރެވޭނެ ދޯ، މާސްކު އަޅައިގެން، އަދި މިސްކިތު ގޭޓުން ވަންނަގަޑީގަ ޓެމަޕްރޭޓަރ ޗެކުކޮށްގެން...
ބަޖިޔަ
14 April 2020
ސަލްމާން އައް ތިވާހަކަތަ ކިޔާ ދީބަލަ،، އޭނަޔަވެސް ނޭންގިގެން މިސްކިއްތަ ބަންދުކުރަނީ. ހުސް ޖީނިއުސް މިގައުމުގަ އުޅެނީ.
ޜަސްނާން
14 April 2020
މިސްކިއް ހުރީ ނިމިފައި އިތުރަށް ކުރާނެކަމަކަށް މިސްކިތު ނަންބޯރޑް ކަހާލުން ނޫން.