މާރުކޭޓުގައި ކަރާ ވިއްކަން ބަހައްޓާފައި-- ފޮޓޯ: ހުސެއިން ވަހީދު / މިހާރު
21 އެޕްރީލް 2020 - 13:20
ދަނޑުވެރިން ހައްދާ ތަކެތީގެ ތެރެއިން އެސްޓީއޯއިން މިވަތުތު ގަންނާނީ ފުޑް ސެކިއުރިޓީއަށް ބޭނުންވާ ތަކެތި ކަމަށާއި އޭގެ ތެރޭގައި ކަރާ ނުހިމެނޭ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އަމްރު ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތަށް ބަލައި އެސްޓީއޯއިން ދަނޑުވެރިން އަތުން ގަންނަ ތަކެއްޗަށް ވެސް ބަދަލު އައިސްފައިވާ ކަމަށެވެ. ކުރިން ދަނޑުވެރިން ހައްދާ ގިނަ ތަކެތި ގަންނަން އެ ކުންފުނިން ނިންމި ނަމަވެސް މިހާރު ގަންނާނީ ހަމައެކަނި ފުޑް ސެކިއުރިޓީއަށް ބޭނުންވާ ތަކެތި ކަމަށް އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ ކަރާ ފަދަ ފޮނި ތަކެއްޗަކީ ކައި ނިމިގެން އަނގަ ފޮނިކޮށްލަން ބޭނުންކުރާ އެއްޗިއްސަށް ވާތީ އެފަދަ ތަކެތި ގަތުމުގެ ވިސްނުން މިހާރު އެސްޓީއޯއިން ނުގެންގުޅޭ ކަމަށެވެ. އެކަމަކު އެފަދަ ތަކެތި ރައްޔިތުންނަށް ފޯރުކޮށްދޭން އިކޮނޮމިކް މިނިސްޓްރީން ޕްލޭނެއް ތައްޔާރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"ކަރައަކީ ވަރަށް ފަސޭހައިން ހެއްދޭ އެއްޗަކަށް ވާތީވެ ވަރަށް ގިނަ އަދަދަކަށް ހައްދާ. އެކަމަކު އެއީކީ ހަގީގަތުގައި ފުޑް ސެކިއުރިޓީއަަށް ބޭނުންވާ އެއްޗެއް ނޫން. އެހެންވީމާ އަޅުގަނޑުމެން އެއަކަށް ފޯކަސްއެއް ނުކުރަން،" އަމްރު ވިދާޅުވި އެވެ.
ދެކުނު އޭޝިއާގައި ހަނޑުލަކީ އެންމެ ގިނައިން ބޭނުން ކުރާ ކާނާގެ ބާވަތްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ރާއްޖޭން ހަނޑޫ ބޭނުން ކުރާ މިންވަރު މަދު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން، ފަލަމަޑީގެ ބާވަތްތައް އުފައްދާ މިންވަރު ގިނަކޮށް އެއަށް ބަރޯސާ ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އުފެއްދޭނެ ފަލަމަޑީގެ ބާވަތްތަކުގެ ތެރޭގައި އަލަޔާއި ކައްޓަލަ އާއި ބަނބުކެޔޮ ފަދަ ބާވަތްތައް ހިމެނެ އެވެ. މި ބާވަތްތައް ހައްދާ މިންވަރު ގިނަކުރުމަށް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ވެސް ވަނީ އެދިވަޑައިގެންފަ އެވެ.
"އެކި ގައުމުތަކުގެ ސްޓޭޕަލް ފުޑް ތަފާތު. ރާއްޖޭގައި ހަނޑޫ ކޮންމެވެސް ވަރަކަށް ހެއްދުނު ނަމަވެސް ލާޖް ސްކޭލްކޮށް އެ ނުހެއްދޭނެ. އެހެންކަމުން އެއީ ސްޓޭޕަލް ފުޑް ކަމަށް ހަދައިފި ނަމަ ފުޑް ސެކިއުރިޓީއެއް ނޯންނާނެ،" އަމްރު ވިދާޅުވި އެވެ.
ދަނޑުވެރިން ހައްދާ ފުޑްސެކިއުރިޓީގެ ބައިގައި ހިމެނޭ ތަކެތި އެސްޓީއޯއިން ގަންނަން ނިންމައިފައިވަނީ އަންނަ 1 އިން ފެށިގެންނެވެ. މިކަމަށް ހާއްސަ ސެންޓަރެއް ނޯތު ހާބަރު ސަރަހައްދުގައި ހަދަން މަސައްކަތް ކުރި ނަމަވެސް ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުން ކުރުމުން އެ މަސައްކަތް ވަނީ މަޑުޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާރީ
22 April 2020
އަމްރު ބުނީ ކަރާފަޅަށް އެގޭ ވާހަކަ.
އިސްހާގު
21 April 2020
މިތާގައި އެކަކުވެސް އަމްރުގެވާހަކަ ނުދައްކާނެ އަދި އޭނަ ދައްކާވާހަކައެއް އަޑެއްވެސް އަހާކަށް ބޭނުމެއްނުވާނެ ކުށުގެ ރެކޯޑް އިނގޭނަމަ
ހޯރަބޭ
21 April 2020
އެސްޓީއޯއިން އެޅި ވަރަށް ބޮނޑް ޅައެއްޗެއް މީ. ކުރިން ނުބުނެ ކަރަޔެކޭ ފަޅޮލެކޭ ފިޔައެކޭ. ދަނޑް ވެރިން ހައްދާ ހުރިހާއެއްޗެއް ގަންނާނަމޭ ބުނީ. އަމްރު ކަލޭ އިސްތިއުފާ ދީ ދެއްކޭ ވާހަކަ ހަދާނުގަ ނުހުންނަންޏާ
ބޮޑުމީހާ
21 April 2020
ކަލޭމެންނަށް ނުވާނެ އެއްކަމެއްވެސް! ހުސް ފޮނި އަގަ. ކަރަލަކީ ދިވެހިން ކާ އެއްޗެއް ނޫންތަ!
ޖައި
21 April 2020
ފުޑް ސެކިއުރިޓީ އަށް ބޭނުމެއް ނުވެއޭ އެބުނީ. އެހެން ނޫނަސް އެސްޓީއޯ އަށް ކަރާ ގަންނަން ދާނީ ވަރަށް މަދު ބަޔަކު. އެތަނުގަ ވިއްކާ ކަރައާ އެނޫނަސް އެހެން ތާޒާ މެވާ އާއި ތަރުކާރީގެ އަގު މާރުކޭޓާ ބަލާފަ މާ އަގުބޮޑު.
ރިކޯޑު
21 April 2020
ކުށުގެ ރިކޯޑު ހޯދާލާ! އޭރުން ތިވާ އެއްޗެއް ސާފުވެދާނެ.
މަސްރަ
21 April 2020
ކުރީގަ ބުނި ދަޑުވަރިން ހައްދާ ހުރިހާ އެއްޗެއް އެސް.ޓީ.އޯ އިން ގަންނާނަމޭ. މިހާރު ނުގަންނަ ގޮތައް. މިހެން ހަދާތީ އިތުބާގެެއްލެނީ.
ބޮޑުހުސޭނު
21 April 2020
ވިސްނާނުލާ މާއަވަހަށް ބުނެވުނީ: ދަނޑުވެރިން ހައްދާ ހުރިހާ ބާވަތެއް ގަންނާނެވާހަކަ. ކޮވިޑް ކްރައިސިސްގަ ތިޔަ އެޅުއްވެވީ ދެވަނަ ޅައެތި.
ފަހުދު
21 April 2020
އެސްޓީއޯ އިންނެރޭ ދިވެހިފިލްމު “ކަރާޔާނުލާ”މި ރޯދަމަހު. އިންތިޒާރުކޮއްލައްވާ.
ކަރާ34
21 April 2020
ކަރާބޭނުންނުވާނެ ދިވެއްސަކު ނުހުންނާނެ މިއޮތީ ރޯދަމަސް ބޯމަތިވެފަ ކޮންމެދުވަހަކު ފަނިގިރަން ކަރާބޭނުންވާނެ...
މަލީހާ
21 April 2020
މިދަނޑިވަޅުގަ ވީ ލިބޭމިންވަރަށް ޝުކުރުކޮށް، ހުރި އެެއްޗަކުން ފުއްދާލަން.