ޚަބަރު / ކޮވިޑް-19

ލޮކްޑައިންގައި ނަފްސާނީ އެހީ މި ވައިބާ ގްރޫޕުން

ފަރުވާއެއް ނެތް، ނުރައްކާތެރި ކޮވިޑް-19 މުޅި ދުނިޔެ އަށް ފެތުރެމުންގޮސް އެންމެ ފަހުން ރާއްޖޭގައި ވެސް ހަލުވި ކަމާއެކު މިވަނީ ފެތުރެން ފަށައިފަ އެވެ. އެ ބައްޔާ އެކު އުފެދިފައިވާ ހާސްކަމުގެ ތެރެއިން ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިި ވެސް ނަފްސާނީ އެކިއެކި މައްސަލަތައް މިވަނީ ގިނަ ވާން ފަށައިފަ އެވެ. ހާއްސަކޮށް ލޮކްޑައުންވެ، ގޭގައި ތިބެން ޖެހުމުން ކުރިމަތިވާ މިފަދަ މައްސަލަތައް އިތުރެވެ.

އެ އުނދަގޫތަކަށް އެހީތެރިވުމަށް އެ ދާއިރާގެ ތަޖުރިބާކާރުން ވަނީ މަސައްކަތް ފަށައިފަ އެވެ. ޖެންޑާ މިނިސްޓްރީ އާއި ދިވެހި ރެޑްކްރެސެންޓުން ވެސް އަންނަނީ ސައިކޯސޯޝަލް ސަޕޯޓް ދެމުންނެވެ. އަދި އައިޖީއެމްއެޗް އިން އޮންލައިން ކްލިނިކެއް ހިންގާއިރު ނަފްސާނީ ބަލިތަކަށް ތެރަޕީދޭ ކްލިނިކްތަކުން އަންނަނީ އޮންލައިންކޮށް ސެޝަންތައް ބާއްވަމުންނެވެ. އެކަމަށް އިތުރުވި އަނެއް ބޮޅަކީ ވައިބާ ކޮމިއުނިޓީ ގުރޫޕެކެވެ.

ވައިބާ ކޮމިއުނިޓީ ގުރޫޕްގެ ލިންކް

ސައިކޮލިޖިސްޓް، ނަދާ ޝަރީފް ހެދި އެ ކޮމިއުނިޓީ ގުރޫޕުގައި އެފަދަ ބަލިތަކަށް ބޭސް ދޭ ސައިކޭޓްރިސްޓުންނާއި ތެރަޕީތައް ދޭ ސައިކޮލިޖިސްޓުންހިމެނެ އެވެ. އަދި އޭގެ އިތުރުން ވެސް އެހެން ބަލިތަކަށް ފަރުވާ ދޭ ޑޮކްޓަރުންވެސް އެކޮމިއުނިޓީ ގްރޫޕުގައި ހިމެނެ އެވެ. އެ ގޫރޫޕުގައި ހިމެނޭ ތަޖުރިބާކާރުންގެ ތެރޭގައި ނަދާގެ އިތުން ނަފްސާލީ ބަލިތަކަށް ފަރުވާ ދޭ ޑރ. ޝޫގާ މޫސާ އާއި ކައުންސިލިން ދޭ ވިނޯދް ކުމާރާއި ޝިޔާމާ އަންވަރުގެ އިތުރުން ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑރ. ފަރުޒާނާ ފިރުދޯސް ހިމެނެ އެވެ.

ތިން ހާހެއްހާ މީހުން ތިބޭ އެ ގުރޫޕް ހާއްސަކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ދިމާވާ އެކިއެކި ނަފްސާނީ މައްސަލަތަކަށެވެ. އާއްމުކޮށް ހުޅުވާލާފައިވާ އެ ގުރޫޕުގައި އެ މީހަކަށް ދިމާވާ މައްސަލައެއް ލިޔުމުން އެކަމުގެ ހައްލު ޑޮކްޓަރުންނާއި ތެރަޕިސްޓުން ބުނެދެ އެވެ. އަދި ގުރޫޕުގައި ލިޔަން ނުކެރޭ ނަމަ ވަކިވަކިން ޑޮކްޓަރުންނާއި ސައިކޮލިޖިސްޓުންނަށް މެސެޖް ކުރުމުން ޖަވާބުދެ އެވެ.

ނަދާ ވިދާޅުވިގޮތުގައި އެ ގުރޫޕަކީ ކޮވިޑް-19 އާ ގުޅިގެން ނަފްސާނީ މައްސަލަތައް އިތުރުވާކަން ފާހަގަ ކުރެއްވޭތީ އެ ދާއިރާގެ ތަޖުރިބާކާރުން އެކުގައި، މީހުންނަށް އެހީވުމަށް އުފެއްދެވި ޕްލެޓް ފޯމެކެވެ.

"މީހުންގެ ވާހަކަތައް އަޑު އަހާފައި މާބޮޑަށް އެހީތެރިކަން ބޭނުންވާ ކަމަށް ފެންނަންޏާ އެ މީހަކަށް ގައިޑެންސް ދެން ފަރުވާ ހޯދާނެ ގޮތުގެ. ބޮޑަށް ގުރޫޕުން މިކުރާކަމަކީ އެވެއާނަސް ފެތުރުން،" ގުރޫޕް މަސައްކަތް ކުރާގޮތް ކިޔައިދެއްވަމުން ނަދާ ވިދާޅުވި އެވެ.

ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދަން ޑޮކްޓަރަށް ދައްކާނެ ގޮތާއި ބޭސް ހޯދާނެ ގޮތުގެ އިތުރުން ތެރަޕީތައް ނެގޭނެ ގޮތް އެ ގޫރުޕު މެދުވެރިކޮށް ބުނެދެ އެވެ.

ނަދާ ވިދާޅުވިގޮތުގައި އެހީތެރިކަމަށް އެދޭ މީހުންގެ ތެރޭގައި ގިނައީ ރިސޯޓްތަކުގައި ތާށިވެފައި ތިބި މުވައްޒަފުންނެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ނަފްސާނީ އެކިއެކި މައްސަލަތައް ކުރިންވެސް ހުންނަ މީހުންނަށްވާއިރު މިކަމާ ގުޅިގެން އެމީހުން އިތުރަށް އެހީތެރިކަން ބޭނުން ވެގެން އެދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ވަޒީފާ ގެއްލުމާއި މުސާރަތައް ކުޑަވުން ފަދަ ކަންކަމުގެ ސަބަބުން ދިމާވާ ހާސް ކަމުން އަރައިގަންނަން ބޭނުން ވެގެން އެދޭ މީހުންވެސް ހިމެނޭ މީގެ ތެރޭގައި،" ނަދާ ވިދާޅުވި އެވެ.

ހާސްކަމާއި ބިރުން ސަލާމަތްވެ ތިބުމަށް ކުރެވޭނެ ކަންކަން އެ ގުރޫޕު މެދުވެރިކޮށް އަންނަނީ ކިޔައިދެމުންނެވެ. އެގޮތުން ދުވަހުގެ ޝެޑިއުލް ރާވާނެ ގޮތާއި ނިދަން އުނދަގޫވުން ފަދަ މައްސަލަތައް ހައްލު ކުރާނެ ގޮތް ތަޖުރިބާކާރުން ބުނެދެ އެވެ. އަދި ހާސްކަން ކުޑަ ކުރުމަށް ކުރެވޭނެ އެކިއެކި ކަސްރަތުތައް ވެސް އަންނަނީ ކިޔައިދެމުންނެވެ.

މިފަދަ ދަނޑިވަޅަކަށް މުހިންމުވެފައިވާ އެ ގޫރުޕުގެ ބޭނުން ގިނަ ބަޔަކު އަންނަނީ ހިފަމުންނެވެ. އެ މީހުންނަށް ކުރިމަތިވާ އެކިއެކި ދަތިތައް ކިޔައިދީ ހައްލު ހޯދަ އެވެ.

2 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 9%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޫސާދީ

25 April 2020

އަހަރެން ބޯގޮވަނީ މިސަރުކާރުގެ ރައްޔަތުންގެ މަޖިލީހުގެ ރައީސާ އޭނާޔައް ތަބާވާ ބަޔަކު މަޖިލީހުގަ ދައްކާ ދެވުޅި އެއްނުވާ ވާހަކައިން ހަމަމިހާރު ވިބާގުރޫޕައް މިގުޅަނީ

The name is already taken The name is available. Register?

ބަބުރަންޖީ ހާޖީ

25 April 2020

ތީ ވަރަށް ރަނގަޅުކަމެއް. މިދުވަސްކޮޅު ގިނަބަޔަކު ބޯގޮވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454