ރިޔާޒުގައި ބޭއްވި ބައްދަލުވުމުގައި ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު ޖުބައިރު (ކ) އާއި ތުރުކީގެ ޚާރިޖީ ވަަޒީރު މެވްލޫތު މަޝްވަރާ ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
14 އޮކްޓޯބަރ 2016 - 12:28
އަންކާރާ (އޮކްޓޯބަރު 14) ސީރިއާގެ ހަލަބު ސިޓީ އަށް ވައިގެ ހަމަލާތައް ދީ އެ ސިޓީ ފުނޑުފުނޑު ކުރަމުންދާ އިރު އެ ހަމަލާތައް ހުއްޓުވުމުގައި އދ. ނުކުޅެދިފައިވާތީ ތުރުކީން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ރަޝިޔާ އާއި ސީރިއާ ސިފައިން ހަލަބަށް ދެމުންދާ ވައިގެ ހަމަލާތައް ވަނީ ގަލްފުގެ ހަ ގައުމުން ވެސް ކުށްވެރިކޮށްފަ އެވެ. ގަލްފުގެ ހަ ގައުމާ އެކު ސައުދީ އަރަބިއާގެ ވެރިރަށުގައި ބޭއްވި ބައްދަލުވުމެއްގައި ތުރުކީގެ ޚާރިޖީ ވަޒީރު މެވްލޫތު ކަވުސޮގްލޫ ވިދާޅުވީ ސިޓީއެއް ފަނާކުރަމުންދާ އިރު އދ. އިން އެކަން ނުހުއްޓުވުމަކީ ވަރަށް ބޮޑު ބޭއިންސާފަކާއި ތަފާތު ކުރުމެެއް ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު އެކަނި ހަލަބަށް ދިން ހަމަލާތަކުގައި ވެސް 70 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ސީރިއާގެ ހަލަބަށް ދިން ވައިގެ ހަމަލާތަކުގައި ޒަޚަމްވި ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭ އިރު އާއިލާގެ މީހުން ހިތާމަ ކުރަނީ. --ފޮޓޯ:އޭއެފްޕީ
ހަލަބަށް ދޭ ހަމަލާތައް ހުއްޓުވުމާ ބެހޭ ގޮތުން ނިއު ޒީލެންޑުން ވަނީ ބުދަ ދުވަހު ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފަ އެވެ. އޭގެ ކުރިން ސަލާމަތީ މަޖިލީހަށް ހުށަހެޅި ދެ ގަރާރު ވެސް ވަނީ ފޭލްކޮށްލައިފަ އެވެ. ފްރާންސާއި ސްޕޭނުން ހުށަހެޅި ގަރާރު ރަޝިޔާ އިން ވަނީ ވީޓޯކޮށްފަ އެވެ. އަދި އޭގެ ފަހުން ރަޝިޔާ އިން ހުށަހެޅި ގަރާރެއް ވެސް ވަނީ ފޭލްކޮށްލައިފަ އެވެ.
ގަލްފުގެ ހަ ގައުމާއި ތުރުކީން ބުނީ ސީރިއާ އަށް ދޭ ވައިގެ ހަމަލާތައް ހުއްޓުވުމަށް ސަލާމަތީ މަޖިލިސް ނުކުޅެދިފައިވުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏ އައިކު
14 October 2016
ސޫރިޔާގަ އެމެރިކާގެ ގޮޑިކޮށްކޮ ވެރިކަމެއް ނުހިގާތީ ސަޢޫދި، ތުރުކީ އަޑިގަ އޮވެގެން ސީރޔާ ހަލާކު ކޮށްލަނީ، ބަޝާރުގެ ދިފާއުގަ އީރާން، ރަޝިޔާ ނުކުތީމަ މިމީހުންނަށް އެގިއްޖެ ހުރިހާ ބާރަކީ އެމެރިކާ ނޫންކަން. އެހެންވެ މިހާރު އެކިޔަނީ ހަގުރައިމައިގެ ޖަރީމާ ތަކޭ. ދުނިޔޭގެ މުސްލިމު ކިތައް ގައުމު އެމެރިކާ އަޑީގަ އޮވެގެން ހަލާކު ކޮށްލީ. އަފުޢާނިސްތާނު، އިރާގު، ލީބިޔާ، މިސްރު، ސީރިޔާ މިހެން ގޮސް.....
އަލީ
14 October 2016
ކިތަންމެ ހަބަރެއް ލިޔުނަސް ،،ރާއްޖެއާ މެދު އދ އިން ފިޔަވަޅު އަޅަން ގަރާރެއް ފާސްބިޔަ ނުދޭނެ...ޗައިނާއަތުގަ ވީޓޯ ކުރުމުގެ ބާރު ..ސައުދީން ވެރިކަން ދިފާއުކޮއްދޭނެ..މިތަނައް ސިފައިންވެސް ފޮނުވާދޭނެ!
ހާދީ
14 October 2016
ވީޓޯ ކުރެވޭ ދެ ޤައުމުން ކުރާކަމެށް ހުއްޓުވާނީ ކާކު