ކަދުރު ބެހުމުގައި ޔޫތު މިނިސްޓްރީގެ ވޮލެންޓިއަރުން ހަރަކާތްތެރިވަނީ.-- ޓްވިޓާ ފޮޓޯ: އަހުމަދު މަހްލޫފު
28 އެޕްރީލް 2020 - 00:09
ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރު ބެހުމުގައި ޔޫތު މިނިސްޓްރީގެ ވޮލެންޓިއަރުން ހަރަކާތްތެރިވާން ފަށައިފި އެވެ.
މިނިސްޓަރު އަހުމަދު މަހުލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެންމެ މަދުން އާމްދަނީ ލިބޭ ކަމަށް ރަޖިސްޓަރީ ކޮށްފައިވާ 426 ގެއަކަށް ކަދުރު ބަހަމުން އަންނަ ކަމަށެވެ އެ ވޮލަންޓިއަރުން އެ މަސައްކަތް ފެށީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ އެދިވަޑައިގަތުމަކަށެވެ.
އިސްލާމިކް މިނިސްޓްރީން ކުރިން ބުނީ މި ފަހަރު ކަދުރު ބަހާނީ، ފަގީރުންގެ ގޮތުގައި މިިދިޔަ އަހަރު ރަޖިސްޓަރީ ވެފައި ތިބި ފަގީރުންގެ ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއް ކަމަށެވެ. ފަގީރުންނަށް ބެހުމަށް ފަހު ދެން ބާކީ ހުރި ކަދުރު ބަހާނީ ބަލައި މީހުން ދާ ތަރުތީބުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
Upon request of Islamic Minister @AhmedZahirAli our team of volunteers have begun their work to distribute dates “ Donated by Saudi Arabia “ to the 426 households registered as the lowest-income families in @MoIAmv. Thanks to all the volunteers. 🇲🇻🇸🇦🙏🏻 pic.twitter.com/LUOpCCHy0C
— Ahmed Mahloof (@AhmedMahloof) April 27, 2020
ރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި 16،209 މީހުން ރަޖިސްޓަރީ ވެފައި ވެ އެވެ. މާލޭގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ވަނީ 3،300 މީހުންނެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދު ލޮކްޑައުންކުރުމުގެ ސަބަބުން ގޭގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގައި ވެސް އެ ވޮލެންޓިއަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން އެކި ކުންފުނިތަކާއި ފިހާރަތަކާ ގުޅިގެން އަންނަނީ ތަކެތި ގޭގެއަށް ޑެލިވަރީ ކޮށްދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙުއްމާ
28 April 2020
ރައީސް މައުމޫންގެ ވެރިކަމުގަ ރާއްޖޭގެ ހުރިހާ ގެއަކަށް ތިކަދުރު ލިބޭ. އެފަހަކުން ނުލިބޭ. ކަދުރު ވަންނަނީ ކޮންތާކަށް ކަމެއް ނެއެގޭ.
ރަށުމީހާ
28 April 2020
ހަދިޔާ ކުރާކަދުރު (ހަމައެކަނި ލިބެނީ މާލޭގާ އުޅޭ މީހުންނަށް އެކަނިތޯ?)
ވައިސޫރި
28 April 2020
މިވަގުތު މިފަދަ ހުރިހާ ކަމެއް ހުއްޓާލަން ފެނޭ. މިނިސްޓަރުން ފެންވަރުގައި ތިބި ގިނަ މީހުންގެ ބޮލުގައި މިފަދަ ތެތްކަމެއް ނެތަތީ ހިތާމަކުރަން. މި މީހުންނާ ޖެހިގެން ހެލްތު މިނިސްޓްރީ މަސައްކަތް މިދަނީ ސަތޭކަ ގުނަ ބޮޑުވަމުން.
ކޮވީޑް
28 April 2020
ކަދުރާ އެކީ ވައިރަސް ނުބަހާއި ފިއްޔާރަގަޅު..
ްއޮވިޑް
28 April 2020
އެނގިގެން ނުބަހާނެ. ނޭނގި ބެހިދާނެ. ނުބެހިއަސް ތިބޭފުޅާ ފިހާރައަކަށް ގޮސް އެއްޗެއް ގަންނައިރުވެސް ވައިރަސް އަރާފާނެ. ވައިރަސް ޑެލިވަރީ ވާކަށް ނުޖެހޭ ކޮންމެހެން. ކޮންމެ ކަމެއްގައި އޮންނަންވީ އެމީހާ މާތްﷲއަށް ކުރާ އިތުބާރު. އަތަށްއަރާ ކޮންމެ އެއްޗަކުން ވާން އޮތް ގެއްލުމަކުން ރައްކާތެރިކޮށްދެއްވަނީ ތިމާ ރައްކާތެރިވުމަށް އަޅާ ފިޔަވަޅާއެކު މާތްﷲގެ އިރާދަފުޅު. އެހެން ފަރާތަކަށް އިތުބާރުކޮށްގެން ވައިރަސް އެރުމެއް ނުހުއްޓުވޭނެ.
ވ ފޫހި
28 April 2020
ކަދުރު ބެހުމަށް ސޮދަގާތު ފައުންޑޭސަނާ ހަވާލު ކުރޭ ތިމަސައްކަތް ކުރީ އަހަރު ތަކުގައި ކޮށްފައިވާ ތަޖުރިބާ ލިބިފައިވާ ކުންފުށްޏެއް އެއީ
ފޫހިދޯ
28 April 2020
މިދިޔަ އަހަރު ކޮވިޑެއްނެތް. އެކަމު ކަދުރުކޮޅު ލިބުނު ބަޔަކަށް ލިބުނީ ފިތުރު އީދަށް. ތިކުރާ މަލާމާތަށް އެކަންވެސް އެޑްކޮށްލާ.