މިއަދުގެ މެންދުރުގެ މީޑިއާ ބްރީފިންގައި ޑރ. އާރިފް ވާހަކަ ދައްކަވަނީ.
28 އެޕްރީލް 2020 - 19:37
ރާއްޖެ އަށް ވެސް ކޮވިޑް-19 ފެތުރި އެންމެން ހާސްވެފައިވާ މިވަގުތު އާންމުންގެ ތެރޭގައި ނަފްސާނީ މައްސަލަތައް އިތުރުވެފައިވާ ކަމަށް ނަފްސާނީ ބަލިތަކާ ބެހޭ ޑރ. އާރިފް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑީއާ ބްރީފިންގައި އައިޖީއެމްއެޗުގެ ޑރ. އާރިފް ވިދާޅުވީ، މިދިޔަ މަހު އެކަނި ވެސް ނަފްސާނީ މައްސަލަތަކާ ގުޅިގެން 715 މީހަކަށް އެ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށާއި އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ދެ ގުނަ އިތުރު އަދަދެއްް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި އަދަދުތައް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. އާރިފް ވިދާޅުވި ގޮތުގައި ނަފްސާނީ މައްސަލަތަކުގެ ވާހަކަ ދެއްކުމަކީ އަބަދު ވެސް ވަރަށް ބޮޑަށް މީހުން ޖެހިލުންވާ ކަމެކެވެ. ދިރާސާތަކާ ހަވާލާ ދެއްވައި އޭނާ ވިދާޅުވީ، އެގޮތަށް ޖެހިލުން ވަނީ ޚާއްސަކޮށް ފިރިހެނުން ކަމަށެވެ.
ނަމަވެސް ޑރ. އާރިފް ވިދާޅުވީ، އިންސާނުން ކަމަށް ވުމުން މިފަދަ ކަންކަމާ ކުރިމަތިލާން ޖެހޭނެ ކަމީ އެންމެން ވެސް ގަބޫލުކުރަން ޖެހޭނެ ކަމެކެވެ. އަދި އެހީއަކަށް އެދުމަކީ ޑޮކްޓަރަށް ދެއްކުން އެކަނި ނޫން ކަމަށާއި އެކަމާ ގުޅިގެން ބަޔަކާ ވާހަކަ ދެއްކުމަކީ ވެސް އެހީއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މިކަމުގައި ލަދުގަނެ ފަސް ނުޖެހި ކުރިމަލިތުލުމަށް ޑރ. އާރިފް އިލްތިމާސް ކުރެއްވި އެވެ.
މިއަދުގެ މެންދުރުގެ މީޑިއާ ބްރީފިންގައި، އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާ ނަފްސާނީ ބަލިތަކުގެ އެންމެ ސީނިއާ ޑޮކްޓަރުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެ ބައްޔަށް ފަރުވާ ހޯދާ މީހުން އިތުރުވާ ވަރަކަށް ބޭހުގެ ޑިމާންޑް ބޮޑުވާ މައްސަލަ އެވެ.
އެގޮތުން، ނިދި ނުލިބޭތީ އާއި ހާސްވުން ފަދަ ކަންކަމަށް ބޭނުން ކުރާ އެއް ބޭހަކީ އެންޓި އެންޒައިޓީ ބޭސް ކަމަށް ވާއިރު، މަސައްކަތް ކުރަނީ އެ ބޭސް ބޭނުން ކުރަން ނުޖެހި މީހާ އަށް ފަރުވާ ދެވޭތޯ ކަމަށް ވިދާޅުވި އެވެ. އެކަމަކު، ޑރ. އާރިފް ވިދާޅުވި ގޮތުގައި، ހާސްކަން ބޮޑު މިވަގުތު އެ ބޭސް ބޭނުންކުރަން އެތައް ބަޔަކަށް މަޖުބޫރެވެ.
ޑރ. އާރިފް ވިދާޅުވީ ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ބޭނުންކުރާ ބޭހުގެ ދަތިކަން އަބަދުވެސް ވަރަށް ބޮޑު ކަމަށެވެ. ވަކިން ހާއްސަކޮށް މިވަގުތު އެ މައްސަލަ ބޮޑު ކަމަށް ވިދާޅުވި އެވެ. އެހެންވީމާ މިހާރުން ފެށިގެން މިފަދަ ބޭސްތަކުގެ ސަޕްލައި ހުސްވިޔަ ނުދީ ދެމެހެއްޓުމަށް ހެލްތު މިނިސްޓްރީ އާއި އެސްޓީއޯ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ ނަފްސާނީ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން މޯލްޑިވްސް ރެޑް ކްރެސެންޓުން ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކަރަންޓީން އާއި އައިސޮލޭޝަންގައި ތިބޭ މީހުންނަށް ގުޅައި ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ އިތުރަށް ވައިބާ މެދުވެރިކޮށް އާންމުންނަށް އެހީވުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޒް
29 April 2020
ލާފާކޮއްފަ ނަފްސާނީ މައްސަލަތައް އިތުރުވެއްޖެއޭ ބުނަނީދޯ؟ ބަލަ ހޮސްޕިޓަލަށް މިހާރު ޑޮކްޓަރަށް ދައްކާކަށް މީހަކު ނުދާނެ.. މާދަންވެސް އޮންލައިންކޮއް ނަފްސާނީ ޑޮކްޓަރަކަށް ދައްކަން އެޕޮއިންޓްމަންޓް ހަދާބަލަ.. ލިބޭނީ ޓޯކަން ނަންބަރު 1 ނޫނީ 2..
އަލި!
29 April 2020
ނޫސްވެރިން ކުރާ ސުވާލްތަކުގެސަބަބުންވެސް މީހުންގެ ނަފްސާނީބަލިބޮޑުވޭ!!
ޝޮކްތެރަޕީ
29 April 2020
ޑިޕްރޭޝަނަ އަކީ ވަރައް ނުރާއްކާ ތެރި ބައްޔެށް. ވަކި ވަރަކައްވުރެ މައްޖައް ގޮސްސީއްޔާ އެމީހާގެ އަމިލްލަ ކޮންޑްރޯލް ގެއްލި ބުޅިން އެހެން ދިމާލަކަށް ގޮސްފާނެ ނުރައްކާ ތެރިމީހަކަވެސް ބަދަލުވެދާނެ.
މިހާފީ
28 April 2020
ދުވާލަަކު 3 ކޮންފަރެންސް ބާއްވާފައި، ޕޮސިޓިވް ނެގެޓިވް ކިޔާފައި ނިންމާލަނީ، ދެން ޚަބަރުގައި އޮންނަނީ ގޮތް ގޮތަށް އަނބުރައިގެން އެއްވާހަކައެއް. މިހާރު މީހުން ގޭގައި ތަރާވީސް ކުރާ ގަޑީގައިވެސް އޮންނަނީ ހަބަރު. ކިޔަނީ އެކައްޗެއް. އެކަހެރި ކުރެވިފައިވާ މީހުންނަށް ރޯދަ ވީއްލުމަށް ދެވޭ ތަކެއްޗަށް ކެއްކުރުން (ދައުލަތުން ކެއުމަކަށް 500-ރ ދެއްކިޔަސް ކެއްކުރުން). އެމީހުންނަށް އަޅާނުލާ! ގޮޅިތަކަށް ލާފައި ތިބީމާ އެވީ.
މަޒް
29 April 2020
ޓީވީ އަޅުވައިގެންތަ ނަމާދު ކުރަނީ؟
ބަސް
28 April 2020
މިމީހުން މައިތިރިވާނީ ބިރުވެރިކަން ހިތައްވަދެގެން. ނަފްސާނީ މައްސަލަތަކުން ސަލާމަތްވާންވެގެން އެޅި ފިޔަވަޅުތަކުން ގައުމުގެ ޒުވާނުން ހަލާކުވީ. ނަފްސާނީ މައްސަލަތަކުގެ ހައްލު ގުރުއާނުގައި ވަރަށް ރީތިކޮށް އަންގަވާފައިވޭ.
މަޒް
29 April 2020
ސާބަހޭ
ބޮޑުމީހާ
28 April 2020
ބޯގޮވާނެ މިކަން ސަރުކާރުން ކުރިއަށް ގެންދިޔަ ގޮތުން. މިނޫނީ ނެތް ގައުމެއް ހަފްތާއިން ހަފްތާއަށް ބަންދުކުރި. ރައްޔިތުން ތިބެނީ ހަފްތާ ނިމޭ ދުވަހު ދެން ކުރިއަށް އޮތް ހަފްތާއަށް ހަދާނެގޮތަކާއިމެދު. އޭރުވެސް 2 މަހަށް ބަންދު ކުރިނަމަ ރައްޔިތުން ތިބޭނީ އެމީހުންގެ ކަންތައް ހަމަޖައްސައިގެން، މިހާރު ނެތް ލާރިއަކަށް ބޮޑު ކުލި ވެސް ދައްކަންޖެހުނީ
ތުންބުރި މޫސަ
28 April 2020
ކޮވިޑަށްވުރެ ބާރަށް ކޮރަޕްސަން ގެ ނަފްސާނީ ވައްތަރު ބަލިމަޑުކަން ދަނީ ފެތުރެމުން
އަނބިމީހާގެފިރިމީހާ
28 April 2020
ގޭގާ އެހާގިނަ ވަގުތު އިންނަންވީމާ ބޯގޮވާނެ. އަދި ކަނމަތީ ހޮޓާތަކަށް ރާޒުވާގަނޑެއްޖަހާން ގަވައިދުންދާންޖެހޭމީހުންނަށް އެކަންނުވީމާވެސް ބޯގޮވާނެ. އަދި ގަވައިދުން މިސްކިތަށްއަރާމީހާ މިސްކިތަށް ނޭރޭތީވެސް ބޯގޮވާނެ. މިހުރީ ހުސް ބޯގޮވާނެ ކަންތައްތައް.
ސުމުއްވުލް
28 April 2020
ބިރުވެރިކަން ކުޑަކޮށް އެއްބާރުލުން ހޯދާނެ ގޮތުގެ ތަމްރީން ދިވެހި މުވައްސަސާތަކުގެ ވެރިންނަށް ބޭނުންވޭ.
ގަޓް ބްރޯ
28 April 2020
އީމާންތެރިކަން ކުޑަވި މިންވަރަކަށް ނަފްސާނީ ބަލިތައް ވާނީ އިތުރު. އީމާންތެރިކަން ވަރުގަދަކޮށް ﷲ ގެ ރަޙްމަތާ އޯގާވަންތަކަމާ ކުޅަދުންވަންތަކަން ގަބޫލުކޮށްގެން ހުރުމަށްވުރެ ހާސްކަމާ ފިކުރުތަކާ ދުރުވެވޭނެ އެއްވެސް ގޮތެއްނެތް.
އިސްސެ
29 April 2020
އެހެންތަ. ކިޑްނީ ބައްޔާ ކޮލެސްޓެރޯލާ ހަކުރު ބައްޔަކީވެސް އީމާންކަން ކުޑަވީމަ ވާ ބަލިތަ؟ ބަލަ ސިކުނޑިއަކީވެސް ހަމަ ގުނަވަނެއް. ދުވަހަކުވެސް ނުދެކެން ދޯ ފޮޓޯއަކުންވެސް؟