ކޮވިޑް-19 ކޮންޓްރޯލް ކުރަން ސަރުކާރުން ކުރި މަސަައްކަތުގެ ތަފްސީލް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ކުރިން ދެއްވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިިސް
28 އެޕްރީލް 2020 - 18:53
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރު ގެންނަން ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހުށަހެޅުއްވި މައްސަލައިގެ ނޯޓިހުގެ މުއްދަތު ހަމަވިއިރު ވެސް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެ ސުވާލުތަކުގެ ޖަވާބު ނުފޮނުއްވާތީ، އޭނާ މަޖިލީހުގެ ގަވާއިދާ ޚިލާފުވެވަޑައިގެންފި ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ކަމަށް މަޖިލީހުގެ އިދާރާ އިން ދެންމެ ބުނެފި އެވެ.
އެނގިފައިވާ ގޮތުގައި ސުވާލުތަކުގެ ޖަވާބު މަޖިލީހުގެ އިދާރާ އަށް، ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން ފޮނުއްވީ މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ.
މަޖިލީހުގެ އިދާރާ އިން ނެެރުނު ބަޔާނެއްގައި ބުނީ، މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް ހުށަހެޅުއްވި ސުވާލުތަކުގެ ޖަވާބު ހޯދުމުގެ 14 ދުވަހުގެ ނޯޓިހުގެ މުއްދަތު ހަމަވީ އިއްޔެ ކަމަށެވެ. ލިޔުމުން ޖަވާބު ހޯދަން ބޭނުންވާ އެ ސުވާލުތައް އަމީނަށް ފޮނުވީ މަޖިލީހުގެ އިދާރާ އިން ބުނާގޮތުގައި މި މަހުގެ 14 ގަ އެވެ.
"ޖަވާބު ދެއްވުމަށް މިއަދު 14:00 ގެ ނިޔަލަށް އެ މަނިކުފާނަށް އެރުވިފައިވާ މުއްދަތު ހަމަވިއިރު ވެސް ޖަވާބު ފޮނުއްވާފައި ނުވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ މިނިސްޓަ އޮފް ހެލްތު އަބްދުﷲ އަމީން ހިލާފުވެވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެކިވަޑައިގަންނަވަ އެވެ،" މަޖިލީހުގެ އިދާރާގެ ބަޔާނުގައި ވެ އެވެ.
ހައިތަމްގެ ބައެއް ސުވާލުތަކުގެ ޖަވާބު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ މީޑިއާ ބްރީފިންތަކުގައި ކޮންމެވެސް ވަރަކަށް ދީފައި ވެ އެވެ. އެގޮތުން ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ކުންފުނިތަކުގެ މައުލޫމާތު އެންއީސީގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ކުރިން ވަނީ ދެއްވައިފަ އެވެ.
ހައިތަމް ހުށަހަޅުއްވާފައި ވަނީ ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރިއަށް ދޭތޯ އާއި އެކަން ކުރިއަށް ގެންދާ ގޮތަކީ ކޮބައިތޯ ބެލުމަށާއި އެކަން ކުރިއަށް ގެންދަނީ ބިޑް ކޮށްގެންތޯ އާއި އަދި ބިޑަށް ކުރިމަތިލީ ކިތައް ފަރާތުން ތޯ ވެސް ސާފުކުރުމަށެވެ. ވެންޓިލޭޓަރު ގެނައުމުގެ ބިޑް ކާމިޔާބުކުރި ފަރާތާއި ރާއްޖެ ގެންނަންޖެހޭ މުއްދަތާއި ރާއްޖެއަށް އެ ތަކެތި ލިބޭނެ ކަމަށް ލަފާކުރޭ ދުވަހާއި އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކާ ބެހޭގޮތުން އަމީނާ ސުވާލުކުރަން ހައިތަމް ހުށަހަޅުއްވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންބެ3
29 April 2020
މީގަ ޖެހިގެންއުޅޭ މައްސަލަޔަކީ މިދުވަސްކޮޅު ހެލްތް މިނިސްޓްރީން ބޮޑެތި ހަރަދުތަކެއް ކުރާއިރު އޭގެއިން ނަޝީދުގެ އައުވާނުންނަށް ބައިއަޅާވަރު މަދުވުން. ނަޝީދު ބޭނުންވަނީ ހެލްތް މިނިސްޓަރަކަށް އަމާލް ކުޅުނީ ގެންނަން؟ އެވެސް ގަޑިއަކު 2000ޑޮލަރަށް؟!
އުލިގަމް އިސްޓައިލް
29 April 2020
ނަޝިދު ގެ ކުރިއައް ރައީސް ނުލީތީ ވަރައް އުފާވެއްޖެ. ރައިސް ކިޔަނީ އެއިރެއްގެ ޖުމްހޫރީ ވެރި ކަމުގެ ވެރިޔާ އަށް. ވެރިކަން ނިމުނީމަ ރައީސް ކަން ގެއްލޭނެ. މައުމޫން، ނަޝިދު، ވަހީދު، ޔާމީން މީ ހުސް ކުރީގެ ރައީސުން. މަޖްލިސް ރައީސް ކިޔަސް އޯކޭ
ގާނޫނީ ދިގު އަތް
29 April 2020
ހެލްތު މިނިސްޓަރަށް ގޮވާލަން ލޮކްޑައުން އިއުލާންކޮށްފައި އޮތްވާ ނަޝީދު ބަޒާރު މައްޗަށް ގޮސް އުޅުނީތީ ތަފާތުކުރުމެއްނެތި މީނައާމެދު ފިޔަވަޅު އަޅަން. އެޗްޕީއޭއިން ޕީޖީއޮފީހަށް މިކޭސް ރިފަރކޮށް މީނާގެ މައްޗަށް ޖިނާއީ ދައުވާކުރަން އެދެންޖެހޭކަމަށް ދެކެން.
ޖޯކަރު
29 April 2020
ބަލާލީމަ މި ފެންނަނީ ނަޝީދަށް މަޖިލީސް ހިންގަން ނޭނގިގެން އުޅޭތަން. އެހެންވީމަ ކަމަށްވެދާނެ އެހާ މޭ ކަރަނީ މިނިސްޓަރ އަމީން ހެލްތު މިނިސްޓްރީ ހިންގާގޮތް ފެނިފައި. މާ ދަންނަ މީހަކަށް ހެދިގެން ހުއްޓަސް ނަޝީދަކީ އެއްކަމެއްވެސް އެނގޭ މީހެއް ނޫން. ވެރިކަން ހަވާލުކުރީމަވެސް އެކަންވެސް ކުރަން ނޭނގުނު. މިހާރު މަޖިލީސް ހަވާލުކުރީމަ އެތަންވެސް ބޮޑު ސާކަސްއަކަށް މި އޮތީ ބަދަލުކޮށްފައި. ކީކޭ ބުނާނީ
އަނގަގޯނި
29 April 2020
އަމީން ހެލްތު މިނިސްޓަރުކަމާ ހަވާލުވިފަހުން ހޯދަމުންގެންދާ ކުރިއެރުންތައް އެންމެ ބޮޑަށް ހަޖަމުނުވާ އެކަކު ނަޝީދަކީ. މި ކޮވިޑް ކަންތައްވެސް ޑައުންޕްލޭކޮށް އެތައް ފިއްތުމެއް ކުރިމަތިކުރުވީ އަމީންގެ އަގުވައްޓާލެވޭތޯ. އަދިވެސް އެ ކުރަނީ އެ މަސައްކަތް. އެކަމަކު ރައްޔިތުން ދަސްކޮށްފި ހަގީގީ ހިންގުންތެރިންނާ އެއްކަމެއްވެސް ނުވާ އަނގަގޯނިތައްވެސް. އަމީންއަކީ ހިންގުންތެރިއެއް، ނަޝީދަކީ އަނގަގޯންޏެއް. އެހެންވީމަ އަމީން އަނގަގަދަކުރާ އަޑުނީވެނީ، ކަންކުރާ އަޑުއިވެނީ!
ފެއްސޭ
29 April 2020
ތިމާ ޕާޓީ މީހާ ނުވީމަ އަބަދުވެސް މިނިސްޓަރު އަމީން ނޮޅާނުލެވިގެން ނަޝީދު އުޅެނީ. ފާއިތުވި އަހަރުގައިވެސް ތި މަޖިލީހަށް އެންމެ ގިނައިން ހާޒިރުކުރެވުނު މީހަކީ ހެލްތު މިނިސްޓަރު. މީހާރުވެސް އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރުވެސް ނަޝީދުގެ މޭޒުމަތީގައި އެބައޮތް ޕްލޭނިން މިނިސްޓަރު އަސްލަމްއާ ކުރަން އިދިކޮޅުން ފޮނުވި ސުވާލު. ނަޝީދު ހީކުރަނީ އޭނަ ކުޅޭ ޑްރާމާ ރައްޔިތުންނަށް ނޭނގޭކަމަށް. ރައްޔިތުން ލޮލުގައި މިހާރަކު ތި އަނދުނެއް ނޭޅުވޭނެ
ޝޮކްތެރަޕީ
29 April 2020
އެމްޑީޕީ ސަރުކާރެއްގަ މަގާމެއް އަދާ ކުރުމަކީ ގޯހެ.؟
ގުޑިއަރުވާ އަހަންމަދު
29 April 2020
ނަޝީދު ނޫން ގޮތެއް މި ޤައުމަށް މިހާރު އެބަ ބޭނުން ވެއެވެ. ނޫހުގެ ސުރުޚީއަކަށް ނޭރި ވަގުތު ކޮޅެއް ވީމާ ހަމަ ހެޑްލައިނެއް ހޯދަން ކުރާ މަސައްކަތެކެވެ. ރައީސް ސާލިހުގެ ވެރިކަން ނިންމަން މީނާ މިހުރީ ފޫގަޅާފައެވެ. ދެން ފުކެއް ބޮޑުވަރު.
ވުޖޫދު
29 April 2020
މިވަގުތު މަޖިލީސް އުވާލާ ހުރިހާ މަޖިލީސް މެންބަރުންގެ މުސާރަ ބޭނުންކުރަންވީ ރައްޔިތުންނަށްޓަކައި ވެންޓިލޭޓަރު ގަންނަން. އެހެންޏާ، އެއް ކަމެއްވެސް ނުކުރެވޭ ތަނުގައި ރައްޔިތުންގެ ޓެކްސް ފާއިސާ ނަގައިގެން ކަންކުރަން އުޅޭ ވެރިންނަށް ހުސް ފިއްތުން ކުރިމަތިކުރުމުގައި.. ކޮންފަދަ ކަމެއް މި ދެން..
ކައްކާ
29 April 2020
ކ.މާލެއަށް ވައިރަސްއަރައިގެންއުޅޭއިރު އެއީ ގައުމީކަމަކަށް ހަދަައި 585 މިލިއަންރުފިޔާ ހަރަދުކުރުމަކީ އެއީ އެހާ ބޮޑުކަމަކަށް ހަދަންޖެހޭ ކަމެއްނޫން، ޖެހިގެންއޮތް ކ.ހުޅުމާލޭގައި ބޭކާރުގޮތުގައި ރަށުމެދުގަ ހިއްކިފަސްތާ 4 ބުރިޖުއަޅާފަ ދަށުން ކޯރުހެދުމުގެ މަޝްރޫއު އެއީ 1.2 ބިލިއަންރުފިޔާ. އެކަމާ މަޖިލީހުގެ މެންބަރަކުވެސް ސުވާލެއްނުކުރޭ ބޭންކުން ރަށުގަ އޭޓީއެމް ފޮއްޓެއް ބަހައްޓަދޭތީ.