މަޖިލީހުގެ ޖަލްސާއެއް: ދަނޑުވެރިކަން ނުކުރާ ރަށްތައް އަތުލަން ކޮމެޓީން ވަނީ މަޖިިލީހަށް ހުށަހަޅާފައި -- ފޮޓޯ/މަޖިލިސް
30 އެޕްރީލް 2020 - 16:22
ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ދަނޑުވެރިކަން ނުކުރާ ރަށްތައް އަތުލުމަށާއި ދަނޑުވެރިކަން ކުރާނެ ޖާގަ ނެތް ފަރާތްތަކަށް އެކަމަށް ކުރު މުއްދަތަކަށް ފަޅު ރަށްތައް ދޫކުރަން ރައްޔިތުންގެ މަޖިލީހުގެ ލާ މަރުކަޒީީ ކޮމެޓީން ހުށަހަޅައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތަކުގެ ސަބަބުން ސަރުކާރުން ވަނީ ދަނޑުވެރިން ހަދާ ތަކެތި އެސްޓީއޯއިން ގަތުމަށް ނިންމައިފަ އެވެ. އަދި ރަށްރަށުގައި ދަނޑުވެރިިކަން ފެށުމަށް ސަރުކާރުން އަންނަނީ ބާރު އަޅަމުންނެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅިގެން މަޖިލީހުގެ ލާ މަރުކަޒީ ކޮމެޓީން ތައްޔާރުކޮށް މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ހުށަހަޅާފައިވަނީ ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން އެ މަސައްކަތް ނުކުރާ ރަށްތައް ބެލުމަށް ފަހު އެ ރަށްތައް ސަރުކާރުން އަތުލުމަށް ހުށަހަޅާ ކަމަށެވެ. އަދި އެފަދަ ރަށްރަށުގައި ދަނޑުވެރިކަން ކުރަނީ ދިވެހިންތޯ ކަށަވަރު ކުރުމަށާއި ދަނޑުވެރިކަން ކުރާނެ ޖާގަ ނެތް ރަށްރަށުގެ ރައްޔިތުންނަށް އެކަމަށްޓަކައި ފަޅު ރަށްތައް ކުރު މުއްދަތަކަށް ދޫކުރަން ވެސް އެ ކޮމެޓީން ހުށަހަޅާފައިވެ އެވެ.
މީގެ އިތުރުން މާލޭގެ ލޯކަލް މާރުކޭޓް ގޮޅިތައް ތިން ވަނަ ފަރާތްތަކަށް ކުއްޔަށް ދޭ ނަމަ، އެތަންތަން އަތުލުމަށާއި އަދި ދޫކުރާ ގޮޅިތަކަކީ އެކަށީގެންވާ ސައިޒުގެ ތަންތަނަށް ހެދުމަށް ވެސް ކޮމެޓީން ހުށަހަޅާފައިވެ އެވެ. އަދި ރަށްރަށުގެ ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތައް ބެލުމަށް ފަހު ސަރުކާރުން ދޭ އެކި އެހީގެ ޕެކޭޖްތަކަށް އެ ފަރާތްތަކަށް ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސަން ވެސް ކޮމެޓީން ހުށަހަޅާފައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ ޕެކޭޖެއް އިއުލާންކޮށް އަދި ވަޒީފާ ގެއްލޭ ފަރާތްތަކަށް އިނާޔަތެއް ދިނުމަށް ވެސް ނިންމައިފަ އެވެ. އަދި ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުން ހަ މަހަށް ފަސްކޮށް ދޭން ވެސް އޮތީ ނިންމައިފަ އެވެ.
ރާއްޖެއިން ކޮވިޑް-19 އަށް 280 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރޭގައި ބިދޭސީން ވެސް ހިމެނެ އެވެ. އެހެންވެ، މާލެ ސަރަހައްދު ލޮކްޑައުންކޮށް، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވެެސް އޮތީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޑަފި
30 April 2020
ކީއްވެބާ ތިންވަނަ ފަރާތަކަށް ގޮޅިތައް ކުއްޔަށް ދެންންޏާ އަތުލާގޮތަށް ހަދަން ތިޔަ އުޅެނޭ. މާރުކޭޓު ގޮޅި ދޭންޖެހޭނީ އެ ގޮޅީގައި ވިޔަފާރި ކުރާމީހާއަށް، އެތެރެ އެތެރެއިން ބައިއަޅާގޮތަށް ހެޔޮއަގުގައި ގޮޅިނަގާފަ، ބޮޑުއަގުގައި ދެ ވަނަ ފަރާތަކަށް ކުއްޔަށް ދިނީމާ އެކަމުގެ ގެއްލުން ލިބެނީ އާންމު ރައްޔިތުންނަށެވެ. ދެ ވަނަ ފަރާތަކަށް ކުއްޔަށް ދިނުންވެސް ހުއްޓުވަންޖެހެއެވެ.
ގެރި ގުއި
30 April 2020
އެއްމެ ފުރަތަމަ ކުރަންވީ ކަމަކީ ދަނޑުވެރި ކަމުގެ ސާމާނު ވިއްކާ ދެތިން ގްރޫޕްގެ ވަކިތަކުން ދަނޑުވެރިކަމަށް ބޭނުން ކުރާ ގަސްކާނާ ގެ ކޮންޓްރޯލް އަތުލަން ވީއެވެ.ރާއްޖޭގެ ގިނަ ބަޔަކު ދަނޑު ހައްދަން ފެށުމުން މި ދެތިން ގްރޫޕަށް ސަޕްލައި ނުކޮށް ދެވޭނެއެވެ ނަތީޖާ އަކަށް ވާނީ ގަސްކާނާ އާއި ބޭހުގެ އަގު އިންތިހާ އަށް ބޮޑު ކުރުމެވެ. ވީމާ މިކަމުގެ ތެރެއަށް އެސްޓީއޯ ވަންނަން ވީއެވެ.އެނޫން ހައްލެއް ނެތެވެ.
ހުސައިން 9911172
30 April 2020
ސަރކާރުން ބޭނުމެއް ނުވޭ ދަނޑުވެރިކަން ކުރި އަރުވަން. މަސްވެރިކަން ކުރިއަރުވަން 80 ގެ އަހަރުތަކުގަ ދޯނިފަހަރު ބަނދެފަ މީހުންނަށް ދިނުމުގެ ނަތީޖާ މި ރާއްޖެއިން ފެނިގެން ދިޔަ، ސަރުކާރުން އެކި ސައިޒުގެ ގުރީން ހައުސްތައް ގެނެސް﴿ ބޭނުންވާ ދަނޑުވެރިންނަށް﴾ އިންސްޓޯލްކޮށްފަ ދީބަލަ ދަނޑުވެރިކަން ކުރިއަރައިގެންދާނެ ވަރު ފެންނާނެ. މަހުންމަހަށް ފައިސާވެސް ލިބޭނެ. ލޯނުގެ ގޮތުގައި ފައިސާ ނޫން ދޭންވީ. ނޫޅޭ ކުރާކަށް އުޅެނީ ގުބޯހައްދަން އެކަން އެބަވޭ ވ ފުރިހަމަޔަށް.
ހުސައިން ޢަބުދުﷲ ގދވާދޫ
30 April 2020
ހުސް ބުހުތާނު ދޮގު ހެދުން ނޫންކަމެއް މިބައި މީހުންގެ ކިބައިގައި ނެތާއޭ ހިތަށް އަރާ! ބަލަ އެސްޓިއޯއިން ދަނޑުވެރިން އުފައްދާ ތަކެތި ގަންނަ ވާހަކަ ދަކާތާ ކިހާދުވަހެއް މިވީ ،މިރަށު ކައުންސިލުންވެސް އަޅުގަނޑުމެން ހެދި ތަކެތީގެ ހިސާބު ނެގި ، ހުރިހާ ކަރާތައް މިދަނީ ހަލާކުވެގެން، ދަނޑުވެރިއެއްގެ އަތުން ޓަނުން ދެޓަނުން ހަލާކު ނުވާ ދަނޑުވެރިއެއް މަދުވާނެ މިރަށު. ފަޅޯ،ކ ކަންބާ ހަމަ އެހެން ކީއްކުރާނީ ހަމަ އަސަރާއި އެކު ބަލަން މިތިބީ. އަޅުގަނޑު ހިތަށް އަރާ ދަނޑުވެރިކަމުގެ މިނިސްޓްރީއެއް މި ރާއްޖޭގައި އޮންނަންވީ ފަހެ ކީއްކުރަންބާވައޭ.
ޔަގާ. ޢއ.ތޮއްޑޫ
30 April 2020
ދިވެހިން ލައްވާ ދަނޑު ހައްދާފަ އިންޑިޔާ އާ ލަންކާއިން އިންޕޯރޓް މުދާ ގެނެސް ބާޒާރު ފުރާލާ އޭރުން ދިވެހިންނަށް ހިންނާނީ ދަނޑު ހެއްދިފަ. ޢާދޭސް ކުރިން މިނިސްޓުރީގަ ދިވެހިން ހައްދާ އެއްޗެހީގެ އަގުވައްޓަން އިންޕޯޜޓް ނުކުރާށޭ ހެއްދޭ އެއްޗެހި. ޢެންމެ ފަހުން ހައްގު އަގު ނުލިބިގެން މަސައްކަތް ފުޅާ ނުކުރވިފަ މި ތިބީ. ދެން ކިޔާ ފަޅޮލޭ މިރުހޭ. ބަލަ 2012 އާ 2013 ގަ 50 ރުފިޔާ އަށް މިރުސް ކިލޯ އެއް މަ ވިއްކީ. ޏުޖަހަން ދޯ އެވާހަކަ ނޫހުގަ.
ހުސްނު ސޫ
30 April 2020
އަންނީ ބޭރުކުރަން ހުށަހަޅާބަލަ.. އޭރުން ގައުމު މިއޮތް ހާލަތުން އަރައިގަންނަށް މަސަތްކަތް ކުރާ މީހުން ބޮލަށް ފަސޭހަވާނެ. ޕާލަމެންޓްގެ މުސާރަ 30 ހާހަށް ވުރެ ބޮޑުނުވާ މިންވަރަށް ކުޑަނުކުރެވިގެން އުޅެނީ ކީއްވެ.. ލޯނުނަގާފައި މި މީހުންނަށް ފައިސާ ދެނީ..
ސަނާ
30 April 2020
މީގެތެރޭގަ ހިމެނޭނެ ދޮއްތަ ހޮނޑައިފުށިވެސް ޖާ ވިދާޅުވަނީ ކީކޭބާ
ފާރޫގް
30 April 2020
ދަނޑުވެރިކަން ކުރާނެ ޖާގަ ނެތް ފަރާތްތަކަށް އެކަމަށް ކުރު މުއްދަތަކަށް ފަޅު ރަށްތައް ދޫކުރަން ރައްޔިތުންގެ މަޖިލީހުގެ ލާ މަރުކަޒީީ ކޮމެޓީން ހުށަހެޅިއިރު އެންމެ ފުރަތަމަ ކޮމިޓީގެ މެމްބަރުންގެ ބޯހުރިތޯ ޗެކްކޮށްލުން އެދެން.ކުރުމުއްދަތަކަށް އެރަށްތައްދިގެން ކިހިނެއް ރަނގަޅު އިންވެސްޓެއްކުރާނީ.ހައިޜން ވެއްޖެ.މީ ކިހިނެއްވެފަ އޮތް މަޖިލިހެއްތަ؟
ފަރަގު
30 April 2020
ކަނޑުކޮހުން ބަސް ބުނާ ހިސާބުގައި އުޅޭ ނަމަ ދެއްކޭނީ ހޮޅުއަށީގައި ދައްކާ ޒާތުގެ ވާހަކަ. ފާއިތުވީ ވިއްސަކަށް އަހަރު އެގޮތް ރަގަޅު ވެފައި އޮތީ.
ދިވެހި
30 April 2020
ރައްތައް ކުރުމުއްދަތަށް ދިނުމުން ކާކު އިންވެސްޓް ކުރާނީ. ނިކަން ވިއްސަކަށް އަހަރަށް ދީފަ އަތޮޅުގެ ގިނަބަޔަކަށް ފައިދާވާގޮތަށް ދަނޑުތަށް ބަހާބަލަ އަތޮޅު ކައުންސިލުން ރަށްބަލަހައްޓާގޮތަށް.
ދަތްނެތްކުއްޖާ
30 April 2020
މިނަކަމެތި ސޮރު ބުނާނީ ހަމަ ސޮރީއޭ. ތިމަމެއް ތަމެންނަކަށް ނެތޭ ކުރެވޭކަށް. ސަބަބަކީ ތިޔަ ރަށްތައް ދޫކޮއްފައިވަނީ ޤައުމުގައި ތިބި ފުންނާބު އުސް މަޙުޖަނުންތަކަށްވާތީއެވެ. ޤައުމު އަބަދުވެސް އޮންނަނީ މިފަދަ މަޙުޖަނުންގެ އަތްދަށުވަފައެވެ.