އާމަންޑު ގަސް ހެއްދުމަށް އޭގެ އޮށްތަކުގައި މޫ ފަޅުވާފައި.-- ފޮޓޯ: އަހުމަދު ސާލިމް/ ފޭސްބުކް
01 މެއި 2020 - 01:32
ރާއްޖެއަށް އާ، ތަފާތު ބާވަތްތައް ހެއްދުމުގައި ހދ. ވައިކަރަދޫގެ ދަނޑުވެރިން ވަނީ މީގެ ކުރިން ވެސް ކާމިޔާބު ހޯދައިފަ އެވެ. އަޖުމަ ބެލުމުގެ ގޮތުން ހަނޑޫ ހައްދައި އެއިން ބަތް ކައްކައިފި އެވެ. މިފަހަރު ވެސް އެކަހަލަ އާ ކަމެކެވެ. އެ ރަށުގެ ޒުވާނަކު ވަނީ އާމަންޑު އޮށަކުން ގަހެއް ފަޅުވައިފަ އެވެ.
ރަށު ކޯޓުގައި ވަޒީފާ އަދާކުރާ އާދަމް ނަސީމް، އޭނާގެ ގޭގެ ގޯތިތެރޭގައި އިންދި އާމަންޑް އޮށްތަކުން ގަސް ފަޅައި އެ ގަސްތައް މިހާރު ވަނީ އިންޗިއަކަށް ހެދިފަ އެވެ. އޭނާ ވަނީ ޕޮޓުގައި އޭގެ 11 ގަސް އިންދައިފަ އެވެ.
އަޖުމަ ބެލުމުގެ ގޮތުން، އާމަންޑް ގަސް ހެއްދީ އިންޓަނެޓުން މައުލޫމާތު ހޯދައިގެންނެވެ. އެ ހައްދަން އޭނާ ބޭނުންކުރީ ފިހާރަތަކުން އާއްމުކޮށް ލިބެން ހުންނަ އަލްމަންޑެވެ.
އާމަންޑު އޮށަކުން ގަސް ފަޅާފައި.-- ފޮޓޯ: އަހުމަދު ސާލިމް/ ފޭސްބުކް
އެ ގަސް ހެއްދުމަށް އެންމެ ފުރަތަމަ، ތަށްޓަކަށް ފެން އަޅައި އޭގެ ތެރޭގައި 24 ގަޑިއިރު ޖެހޭނީ ބަހައްޓާށެވެ. އޭގެ ފަހުން އާމަންޑުގައި ތޫނުކޮށް އިންނަ ތަންކޮޅު ނައްޓުވާލުމަށް ފަހު، ތައްޓެއްގައި ޓިޝޫއެއް ބޭއްވުމަށް ފަހު އާމަންޑުތައް އަޅައި އަނެއްކާ ވެސް އޭގެ މަތިން ޓިޝޫއެއް އަޅައި، އެއްކޮށް ފޮރުވާލާނީ އެވެ. ތަށީގެ މަތި ޖެހުމަށް ފަހު 45 ދުވަސްވަންދެން ބަހައްޓަން ޖެހޭނީ ފްރިޖުގަ އެވެ. ފިނިހޫނުމިން އެންމެ
"ދޭތެރެއަކުން އެގޮތަށް ބަލައިލަން. ދެން ބައި އިންޗި އަށް މޫލީމާ ޕޮޓަށް ލީ. އޭގެ ފަހުން 7-8 ދުވަސް ތެރޭގައި ގަސް ފަޅާނެ،" ނަސީމް، 28 ބުންޏެވެ.
ގަސް ފެޅި ކަމުގައި ވިއަސް، އެ ރަނގަޅަށް ފޯދި، ގަސް ބޮޑުވާން 5-12 އަހަރު ނަގާނެ އެވެ.
އާމަންޑު ގަސް އިންދަން ބޭނުންކުރި އޮށްތައް
އޭނާ މީގެ ކުރިން ފޮނިތޮއްޓާއި ޏަމްޏަމް ގަހާއި ދިވެހި ބޭސް ހައްދަން ބޭނުންކުރާ އަރޮޅި ވެސް ހެއްދި އެވެ. އޭގެ އިތުރުން ނަސީމް، އޭނާގެ 5،000 އަކަފޫޓު ދަނޑުގައި އަންނަނީ ކަރަލާއި ބަރަބޯ، ބީންސް، ޓޮމާޓޯ، ކައްޓަލަ އަދި މިރުސް ވެސް ހައްދަމުންނެވެ. ނަމަވެސް ދަތުރުފަތުރުކުރުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން އެ ރަށުގައި ދަނޑުވެރިން ހައްދާ ތަކެއްޗަށް ހަމަ އަގެއް ނުލިބެ އެވެ.
"ދަނޑުވެރިކަމުގައި އަބަދު ވެސް އުޅެނީ. ކުރީގައި އެކަމުގައި އުޅެފައި ބްރޭކެއް ނަގާފައި އަނެއްކާ ވެސް މި ފެށީ،" ނަސީމް ބުންޏެވެ.
އާމަންޑު ގަސް ހެއްދުމަށް ތައްޔާރުވެފައި.-- ފޮޓޯ: އަހުމަދު ސާލިމް/ ފޭސްބުކް
އާމަންޑް އެންމެ ރަނގަޅަށް ހެދެނީ މެޑިޓަރޭނިއަން ސަރަަހައްދާ އެއްގޮތަށް މޫސުން އޮންނަ ތަންތަނުގަ އެވެ. އެއީ ހޫނުމޫސުމަކާއި މެދު މިނުގެ ފިނި މޫސުމުގަ އެވެ. އެފަދަ ބާވަތްތައް ހެދެން އެންމެ އެކަށިގެންވާ ފިނިހޫނުމިނަކީ 15-30 ޑިގްރީ ސެލްސިއަސްއާ ދެމެދެވެ. އާމަންޑުން ގަސް ފެޅުމަށްޓަކައި 7.2 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނުގައި 300-600 ގަޑިއިރާ ދެމެދުގެ މުއްދަތެއްގައި ބަހައްޓަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިމި މިރޓޔ
02 May 2020
މީކީ ގައު މެއްގެ މެއިންސްޓްރީ މް މީޑިއާގައި ޖަހާކަހަލަ ޚަބަރެއްނޫން...އެހެންނަ މަވެސް އެސޮރުގެ މަސައްކަތަށް ސާބަސްދެން... މީގަ ނޫސްވެރިން މާއަވަހަށް އާސޯޚުވަނީ...
ގަސް1
02 May 2020
ގަސް ހެއްދުމަކީ މޮޅުކަމެއް، އެހެންނަމަވެސް އޮށަކުން ގަހެއް ފެޅުވުމަކީ ނޫހުގެ ހެޑްލައިނަށް އަރާވަރުކަމެއްބާ؟
ބުރަކި
02 May 2020
ތީ ޢާކަމެއްތަ؟؟ ތި މާކުރިންވެސް ފަޅުވައިފިން .
ކޮރަލް
02 May 2020
ދަނޑުވެރީންނަށް ހިއްވަރު ލިބޭ ކަހަލަ ލިޔުމެކެވެ. އެގްރިކަލްޗަރ މިނިސްޓްރީގެ އެހީ އެއް ނުލިބެ އެވެ . ދަނޑުވެރިކަމުގެ ސާމާނު ގަނެ މައުލޫމާތު ލިބޭނެ ރަށެއް ނެތެވެ. ދެން އޮތް ގޮތަކީ ނެޓުން މާއުލޫމާތު ނަގައިގެން ކުރި އަށް ދިއުމެވެ. ކުރިއަށް ދާން ވީ އެވެ.
ސޭކުބެ
02 May 2020
ކޮއިފުޅާ ހުރިހާ ގަހެެވެސް ފަޅާނެ. އެކަމަކު ނުހެދޭނީ.
ޢަދުރުއްނިހާނު
02 May 2020
އެކްސްޕެރިމުނޓު ކުރުން ހުއްޓާލައިގެން ނުވާނެ... ތިކަން ކާމިޔާބުވުމަކީވެސް ވެދާނެ ކަމެއަ...
ބަނިއާދަން
01 May 2020
އަހަރެންވެސް އާމަންޑު ގަސް ފެޅުވިން. އެކަމަކު ގަސް ބޮޑުވާ ގޮތެއް ނުވި. މަރުވަނީ
ވާނުވާ 2
01 May 2020
ތީ އާކަމެއްނޫން
މިނިސްޓަރ22
01 May 2020
ހުރިހާ އެއްޗެއްވެސް ފެޅުވޭނެ އިރާދަކުރެއްވިއްޔާ. އެކަމު ދިވެހިންނަށް އާދަވެފައި ހުރީ ދޮންމީހުން ދެފައި ދޫލަން. އެހެންވެ މިއޮށް ހުރިހާ ދުވަހު ކަމެއް ނުވެގެން އުޅެނީ.
ޒުވާނާ.
01 May 2020
ތީއާކަ މެއްނޫން ގަސްފަޅާނެ ފެނައް ލާފަ 4 ދުވަސްކޮއްފަ ޕުލާސްޓިކުޕާރުސަލް ތައްޓެއްގަ ދެފަށައް ފައްޖަހާފަ ޓިޝޫކޮޅެއް ތެން މާލުމައްފަހު މަތިޖަހާފަ ސީދާއަވިނުދޭ ތާކު ކުޑަދޮރެއްކަހަލަ ހޫނު މިން ހުންނަތާކު ބަހައްޓާ ގަސްފަޅާނެ ދެތިން ދުވަސްތެރޭ އާފަލުވެސް ކިވީ ވެސްފަޅާނެ ގަސްހެއްދުން ބޮޑީ ފަޅާނެ