އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަހުމަދު ތޯރިގު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެއިން ޝަޔާހު / މިހާރު
15 އޮކްޓޯބަރ 2016 - 19:38
އަންނަ މަހު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް، މިހާރު ވެސް އެ މަގާމުގައި ހުންނެވި އަހުމަދު ތޯރިގް (ޓޮމް) ގެންނަން ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާއީދުކޮށްފި އެވެ.
މީގެ ތިން މަސް ކުރިން ބޭއްވި އިންތިހާބު ތޯރިގް ކާމިޔާބުކުރެއްވި ނަމަވެސް އެގްޒެކެޓިވް ކޮމިޓީގެ ފަސް މެމްބަރަކު އިސްތިއުފާ ދެއްވާފައިވާތީ އެކްސްކޯ އުވި އަލުން އިންތިހާބު ބާއްވަން ވަނީ ޖެހިފަ އެވެ. މި ފަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން ނުވަތަ ނޫންކަން ވެސް ތޯރިގް މިހާތަނަށް ހާމަކުރައްވާފައެއް ނުވެ އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ކްލަބުގެ ޖެނެރަލް ސެކްރެޓަރީ އަލީ ފާއިޒް ވިދާޅުވީ އިންތިހާބަށް ތޯރިގުގެ ނަން އެންޑޯޒްކުރަން އެ ކްލަބުގެ ބޯޑުން ރޭ ނިންމާފައިވާ ކަމަށާއި އެކަމަކު މިކަމުގައި ތޯރިގުގެ ފަރާތުން އެއްވެސް އެއްޗެއް އަދި ބުނެފައި ނެތް ކަމަށެވެ.
"އެފްއޭއެމްގެ އިންތިހާބުގައި ތޯރިގް ވާދަކުރާނެ ކަމުގެ އަޑު ފެތުރިފައިވަނިކޮށް ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ބޯޑުން މި ގޮތަށް ނިންމުމާ އެކު، އެފްއޭއެމްގެ ރައީސަކަށް ތޯރިގް ވާދަކުރާނެ ކަމުގެ ޔަގީންކަން ވަނީ ލިބިފައި،" ފާއިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބަކުން ތޯރިގަށް ތާއީދުކުރާނެ ކަމުގެ މައުލޫމާތު އެ ކްލަބަށް ލިބިފައިވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ތޯރިގުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
އެފްއޭއެމްގެ އިންތިހާބުގައި ރައީސްގެ މަގާމަށް މިހާތަނަށް ކުރިމަތިލައްވާފައިވަނީ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް އެކަންޏެވެ.
އެކްސްކޯ އުވުމުގެ ކުރިން އެފްއޭއެމްގެ ރައީސް ތޯރިގް ވަނީ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ބައްސާމް ވަކިކުރައްވައިފަ އެވެ. އެކަމަކު، އޭނާ ވަކިކުރީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ނިންމައި ފީފާ އިން ވަނީ ބައްސާމް އަލުން މަގާމާ ހަވާލުވާން އަންގައިފަ އެވެ.
އެފްއޭއެމްގެ އިމަޖެންސީ ކޮމިޓީއެއް ނެތުމާ އެކު އިންތިހާބު އިއުލާންކޮށް މިވަގުތު އެފްއޭއެމް ހިންގުމާ ހަވާލުވެފައިވަނީ ބައްސާމެވެ. އެކަމަކު އިންތިހާބު ކުރިއަށްގެންދާނީ ކޮންގްރެސް އިން ފާސްކޮށްފައިވާ އިލެކްޓޯރަލް ކޮމިޓީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހަންމާ
16 October 2016
ކޮމެންޓުކުރާބޭފުޅުން ކޮމެންޓުކުރަނީ ލިއެފައޮތްއެއްޗެއްބަލާފަބާ ތޯރިގު އެބުނަނީ އެކްސްކޯއަށް އޭނަމިފަހަރުގެންނާނީ ކުލަބުތައްހިންގަންތިބިމީހުންނޭ އެހެންވީމާ އެފްއޭއެމް ހިންގުމުގައިސްކޮށް ތިބޭނީ ކުލަބްތައްހިންގާފަރާތްތައް އެހެންކަމައްވާނަމަ މިއީފުޓްބޯޅަޔައްލޯބިކުރައްވާ ހުރިހާބޭފުޅުން އުފާކުރަންޖެހޭކަމެއް މަރުހަބާ ތޯރިގް
ހަސަން
16 October 2016
ބޭނުންވަނީ އެއްވެސް މީހެއްގެ ނުފޫޒްނެތް ކެނޑިޑޭޓެއް. ޓޮމް އަކީ ސަރުކާރުގެ ސިޔާސީ ޕަޕެޓެއް. ބައްސާމަކީ ޝަވީދުގެ ޕަޕެޓެއް. ތިނޫން މީހަކު ދައްކާ އަހަރުމެންނަށް. މަށަކީ ވިކްޓަރީގެ ސަޕޯޓަރެއް. އިވޭ އަޑުތަކަށް ބަލާއިރު އިމްރާން ރިޓަޔަރކުރީވެސް އޭނަގެ ތިމާގެ ޓޮމްގެ ރައީސްކަން ގެއްލުވާލީމަ ބަދަލުހިފުމުގެ ގޮތުން.
އަހްމަދު
16 October 2016
އަނެއްކާ ޓޮމ ހޮވަންވީ ވަކިކޮޅަކަށްގޮސްހުސްވެފައިވާ ސިޔާަސީ މީހަކުލީމާ ވީގޮތް ހަމަ ނޭގއނީބާ ފުޓްބޯޅއިގެވގެ ދުވަސް އެއްކޮށް ޤައުމުންފޮހެލާނަމަ ސިޔާސީމީހުން ތިޔަކަމަށް ލައްވާ .
ތަކުރު
16 October 2016
އަހަރެންނަކީ ޓޮމްގެ ރައްޓެއްސެއް، އޭނަ ވިކްޓަރީއާ ހަބޭހައް ދެކޮޅުވާނެ! ވިކްޓަރީން މިއުޅެނީ މޮޔަވެގެންތަ؟ އޭން ހެޔޮނުވާނެ އިތުރަށް ތިތާގް ބަހައްޓަން
ހުސެއިން
15 October 2016
ވާހަކަ ދައްކާނީ ކީކޭ ކިޔާފަ... އިތުބާރު ނެތްކަމަށް އަމިއްލައަށް ހޮވި މީހުންގެ ތެރެއިން 5 މީހުން ނޫނެކޭ ބުނިތާ މަސް ދުވަސް ނުވަނީސް އަނެއްކާ މިއުޅެނީ ހާދަ ބޮޑު ފިލްމެއް ފެންނާތީއޭ ދޯ؟ ފުޓްބޯލައަށް ހެޔޮއެދިގެނެއް ނޫން ތިއުޅެނީކީ.... ތިއުޅޭ ކަންތައް ވަރަށް ސާފުކޮށް އެނގެން އެބައޮތް އެތަނަށް ގަތް 1000 ބޯޅައިންވެސް.... ގަތަރަށް ކުރި ދަތުރުން ވެސް... ދެން ކޮން ވާހަކައެއް ތި ދައްކަނީ.
ދޮން މޮހޮނު
15 October 2016
އިތުބާރު ގެއްލިފައިވާ މީހެއް، އަނެއްކާ ކޮންމެވެސް ކަމެއްވެގެންތާ މީނަ މީޑިޔާގައި އެއްޗެކޭނުބުނެ އެއުޅެނީ. މިރީތިކުޅިވަރުން މީހުންގެ އިތުބާރު ހިފަހައްޓަން ބޭނުންނަމަ އިތުބާރު ކުރެވޭ މީހަކާ ރައީސްކަން ހަވާލު ކޮއްލަދެއްވާ.
GAN Island
15 October 2016
މީނަ މިމަޤާމަށް ހޮވައިފިނަމަ މިޤައުމުގެ ރައީސަކަށް ހޮވިމީހާ ޤައުމަށް ހަދާލިގޮތަށް ހަދާނެ. ކަން ނިމޭއިރު އޭއެފްސީ އާއި ފީފާއިން ވެސް ވަކިވެދާނެ. ތިއީ އަތޮޅު ތަކުގެ ޓީމް ތަކަށް އެފްއޭއެމް އިންތިހާބުގައި ވޯޓް ލުމަށް ބައްސާމް މެން ދިން ފުރުސަތު ބާތިލް ކުރިމީހާ. އަދި އަތޮޅުތެރޭގެ ފްޓުބޯޅަ މުބާރާތް ތައް ހުއްޓާލުމަށް ނިންމީވެސް ހަމަ ތި ޓޮމް.
ވާނުވާ
15 October 2016
ރަށްރަށުގެ ކައުންސިލްތަށް ތަމްސީލުކުރާ ޓީމްތަކަކަށް ވޯޓުލެވޭކަށް ނުޖެހޭނެ. އެއީކީ އެފްއޭއެމް ގަ ރަޖިސްޓްރީވެފައިވާ ކްލަބު ޖަމިއްޔާތަކެއްނޫން. ކައުންސިލަރުން އައިސް އެފްއޭއެމް އިންތިހާބުގަ ވޯޓުލާންޖެހޭ އެއްވެސް ހަމައެއްނެތް. އަތޮޅު ތަކުގެ މުބާރާތް މިއަހަރުވެސް އެއޮށްދަނީ ކުރިއަށް. ނޭގޭ ވާހަކަ ނުދައްކާ.
ރަދީފް އެންޑް ރަދީފާ
15 October 2016
އަހަރެމެން ޓޮމެއް ބޭނުމެއްނޫން. ހަމަ ވަރަށް ސާފްކޮށް މިބުނަނީ ޓޮމެއް ބޭނުމއް ނޫނޭ. ބޭނުނީ ސިޔާސީ ވަކިތަކުން ސަލާމަތްވެފާވާ މީހެއް.
މުގާބޭ
15 October 2016
ޓޮމް ބޭނުންނެތިއްޔާ ޖެރީ ބަރާބަރުވާނެއެއްނު.
ޒުވާނާ
15 October 2016
އައި މިސޑު ޔޫ