ލައިފްސްޓައިލް / އެމެރިކާ

އީލޮން މަސްކްގެ ދަރިއަށް ދިން ނަން ކިޔާކަށް ނޭނގެ!

އީލޮން ދަރިފުޅާ އެކު.

ޓެސްލާ އާއި ސްޕޭސް އެކްސް ފަދަ ކުންފުނިތަކުގެ ވެރިޔާ އަދި މަހުޖަނު އީލޮން މަސްކަށް މި ހަފުތާގައި ލިބުނު ދަރިފުޅުގެ ނަން އިއުލާންކުރުމާ އެކު، އެ ނަން ކިޔާނެ ގޮތެއް ނޭނގިގެން ގިނަ ބަޔަކު އެ ވާހަކަ ދައްކަން ފަށައިފި އެވެ.

އީލޮން، 48، އާއި ކެނެޑާ އަށް އުފަން އޭނާ ބައިވެރިޔާ ގްރައިމްސް އަށް ހޯމަ ދުވަހު ލިބުނު ފިރިހެން ދަރިފުޅުގެ ނަމަކީ "X Æ A-12" އެވެ. މި ނަން ކިޔާނެ ގޮތެއް ނޭނގިގެން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ވެސް ހިނގަމުން ދަނިކޮށް ގްރައިމްސް ވަނީ ނަމުގައި ހިމެނޭ އަކުރުތަކުގެ ތަފުސީލު ޓްވިޓާގައި ހިއްސާކޮށްފަ އެވެ.

އޭގައި ބުނެފައިވާ ގޮތުން "X" އަކީ ވަކި އެއްޗެއް ދޭހަނުވާ އަކުރެކެވެ. "Æ" އަކީ ލަވް/އާޓިފިޝަލް އިންޓެލިޖެންސެވެ. "A-12" އަކީ އެ މީހުންގެ ފެވަރިޓް މަތިންދާ ބޯޓް SR-17 އެވެ. އަދި "A" ރަމްޒުކޮށް ދެނީ އާޗެންޖެލް އެވެ.

މި ނަމާ ބެހޭ ގޮތުން ބައެއް މީހުން ބުނެފައި ވަނީ މިއީ ދަރިއަކަށް ނަން ކިޔަން ޖެހޭ ގޮތެއް ނޫން ކަމަށާއި މިކަމުގެ ސަބަބުން، ކުއްޖާ ބޮޑުވަމުން އަންނަ އިރު، ބޮޑެތި އުނދގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އެގޮތުން އެ ނަން ކިޔާނެ ގޮތެއް ނޭނގިގެން ސްކޫލްގައި ބުލީއާ ކުރިމަތިލާން ޖެހި ނަން ބަދަލު ނުކުރެވިގެން އުޅޭނެ ކަމަށް ބުނެފައިވެ އެވެ.

ބައެއް މީހުން ބުނީ އެ ކުއްޖާ އަށް ތަންދޮރުފިލައި އަމިއްލަ އަށް ކަންކަން އެނގެން ފަށާ ހިސާނުން އެ ނަން ބަދަލުކުރަން އުޅޭނެ ކަމަށެވެ.

"X Æ A-12" އަކީ އީލޮން އަށް ލިބުނު ހަތް ވަނަ ދަރިފުޅެވެ. އެއީ މުޅިން ވެސް ފިރިހެން ކުދިންނެވެ. އެ ކުންދިންގެ ނަންތަކަކީ ނަވާޑާ އެލެގްޒެންޑާ މަސްކް، ޑެމިއަން މަސްކް، ގްރިފިން މަސްކް، ޒޭވިއާ މަސްކް، ސެޒޯން މަސްކް އަދި ކައީ މަސްކެވެ.

އިލޮން މިހާތަނަށް ދެ މީހަކާ ކައިވެނިކޮށް، އެ ކައިވެނިތައް ރޫޅިފައިވާ އިރު، ދެވަނަ އަށް ކައިވެނިކުރި ތަލޫލާ ރައިލީއާ ދެ ފަހަރެއްގެ މަތިން ކައިވެނިކުރި އެވެ. އެއީ 2010-2012 އަދި 2013-2016 އަށެވެ. އޭނާގެ އަލަތު ކައިވެންޏަކީ 2000 ވަނަ އަހަރު ޖަސްޓީން މަސްކްއާ ކުރި ކައިވެންޏެވެ. އެ ކައިވެނި ރޫޅުނީ 2008 ގަ އެވެ.

އިލޮން އާއި މިހާރުގެ ބައިވެރިޔާ، ލަވަކިޔުންތެރިޔާ ގްރައިމްސް ލޯބީގެ ގޮތުން ގުޅުނީ 2018 ގަ އެވެ.

2 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 19%
icon angry icon angry 59%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަޑިގިއްލާ

08 May 2020

ޒައިއާ ޓްވެލް ...... ވަރަށްރީތި ނަމެއް.

The name is already taken The name is available. Register?

އަލީ1234

08 May 2020

ދިވެހިންގެ ތެރޭ މިއުޅޭ ވީއެކުސް ބާގައިގެ މީހުންނަށް ތިޔަ ބުނާ އެއްޗެއް އިނގިދާނެ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454