ވަންކްލިކް ފިހާރަ-- ފޮޓޯ: ވަންކްލިކް
07 މެއި 2020 - 12:40
ރާއްޖޭގައި ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރިކުރާ "ވަންކްލިކް"ގެ އެޕް ޝެއާ ކޮށްގެން ކޮންމެ ދުވަހަކު 30 ރުފިޔާއަށްވާ ވަރަށް ޕޮއިންޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ވަންކްލިކް ފިހާރައިން ބުނީ، ވަރަށް ގިނަ ގޮތްގޮތުން އޮންލައިންކޮށް ޕޮއިންޓް ލިބޭނެ ކަމަށެވެ. އެގޮތުން އެ ފިހާރައިގެ އެޕް އިންސްޓޯލްކޮށް، އެއަށް ވަނުމަށް ފަހު ރައްޓެހިންނަށް އެ އެޕް ޝެއާކޮށްގެންނާއި ފޭސްބުކާއި ޓްވިޓާ މެދުވެރިކޮށް، އެ ފިހާރައިން ވިއްކާ އުފެއްދުންތައް ޝެއާކޮށް ޕްރޮޑަކްޓްތަކާ ގުޅޭ ގޮތުން ރިވިއުއެއް ލިޔުމުން ވެސް ޕޮއިންޓް ލިބޭނެ އެވެ. މީގެ އިތުރުން އޮންލައިންކޮށް ތަކެއްޗަށް އޯޑަރު ކުރުމުން ވެސް ޕޮއިންޓް ހޯދޭނެ އެވެ. މިގޮތަށް ޕޮއިންޓް ހޯދުމަށް، އެ ފިހާރައިގެ އޮންލައިން ޕްލެޓްފޯމުގައި ރަޖިސްޓާވާން ޖެހޭނެ އެވެ.
ކޮންމެ ދުވަހަކު ލިބޭ މި ރިޑީމަބަލް ޕޮއިންޓްތައް އެއްކޮށްގެން، އޮންލައިންކޮށް ވިޔަފާރި ކުރުމުގެ ފުރުސަތު ކޮންމެ ކަސްޓަމަރަކަށް ވެސް ލިބޭނެ އެވެ. އެގޮތުން މިގޮތަށް ރިޑީމަބަލް ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ވެސް މުދާ ހޯދޭނެ އެވެ.
Oneclick Maldives | Online Store
Default Description
One Click
ވަންކްލިކް އޮންލައިން ސްޓޯ
ވަންކްލިކަކީ، ގޭތެރެއަށް ބޭނުން ކުރާ ސާމާނު ވިއްކުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އާންމުކޮށް ހުޅުވި އޮންލައިން ފިހާރަ އެވެ. އެ ފިހާރަ 2013 ވަނަ އަހަރު ހުޅުވި އިރު 100ރ. އަށް ވުރެ މަތިން ކުރާ ހުރިހާ ވިޔަފާރިއެއް ޑެލިވަރީކޮށްދެ އެވެ.
ވަންކްލިކް ފިހާރަ
ރީޓެއިލް ވިޔަފާރީގެ އިތުރުން އެ ފިހާރައިން ހޯލްސޭލްކޮށް ވެސް ތަކެތި ގަނެވޭނެ އެވެ. އަދި މިހާރު ވެސް ރާއްޖޭގެ 40 އަށް ވުރެ ގިނަ ރިސޯޓުތަކަށް އަންނަނީ ތަކެތި ފޯރުކޮށްދެމުންނެވެ.
ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ޑެވޮންޑޭލް އާއި ސުޕަ ޝެފް އާއި ހެއިންޒް އާއި ކެލޯގްސްގެ އިތުރުން ޖޯނަސް އާއި އޮލޭ އާއި ލާމާ ފަދަ ބްރޭންޑްތަކުގެ ބާވަތްތައް އެތަނުން އަންނަނީ ވިއްކަމުންނވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy