ބުދަ ދުވަހުގެ ނިޔަލަށް ވަނީ 393،000 އެހީ ލިބިފައި. --ފޮޓޯ: އަލްއަރަބިއްޔާ
08 މެއި 2020 - 13:09
ދުބާއީ (މެއި 8) - ކޮރޯނާވައިރަހުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް "10 މިލިއަން ކޮއްތު"ގެ ނަމުގައި ޔޫއޭއީގައި ފެށި ކެމްޕޭނުގައި ހަދިޔާ ކުރާ ކޮންމެ އެހީއަކަށް ދުބާއީގެ ބުރްޖް ޚަލީފާގެ ބޮތްކެއް ދިއްލުމުގެ ޕްރޮގްރާމުގެ ދަށުން ބުދަ ދުވަހުގެ ނިޔަލަށް ދުނިޔޭގެ އެންމެ އުސް އިމާރާތުން 393،000 ބޮކި ދިއްލައިފި އެވެ.
ކެމްޕޭން މިދިޔަ އާދިއްތަ ދުވަހު ފެށި ފަހުން ފުރަތަމަ 24 ގަޑިއިރު ތެރޭ ވަނީ 176،000 އެހީ ލިބިފަ އެވެ. ދުނިޔޭގެ އެންމެ އުސް "ޚައިރާތު ފޮއްޓަށް" މިހާތަނަށް ވަނީ 100 އަށް ވުރެ ގިނަ ގައުމުގެ މީހުން އެހީވެފަ އެވެ. ވެބްސައިޓް މެދުވެރިކޮށް، 828 މީޓަރު (2،717 ފޫޓުގެ) އުސް ބުރްޖް ޚަލީފާގެ ކޮންމެ ބޮތްކަކަށް ދައްކާ ފައިސާ އަށް އި އިމާރާތުން ބޮތްކެއް ދިއްލާލަ އެވެ. ކޮންމެ ބޮތްކަކަށް ދައްކަން ޖެހެނީ 10 ދިރްހަމް (2.7 ޑޮލަރު) އެވެ. އެއީ އެކެއްގެ އެއް އިރުގެ ކޮއްތެވެ. މި ކެމްޕޭނުގެ ދަށުން ބުރްޖް ޚަލީފާގެ 1.2 މިލިއަން ލެޑް ލައިޓް ދިއްލާނެ އެވެ.
ދުނިޔެ އަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން މީގެ ކުރިން ވެސް ވަނީ ބުރްޖް ޚަލީފާ ދިއްލައިފަ އެވެ.
ޔޫއޭއީ އިން މިހާތަނަށް ވަނީ 16,240 މީހުން ޕޮޒިޓިވްވެ 165 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރަނި ދަންތުރަ
08 May 2020
އެކަހަލަ ކަމެއްކޮށްލީމައި ގިނަމީހުން ބައިވެރިވާނީ މަޖާވެގެންވެސް ރަނގަޅުކަމެއްތީ އިތުރު ބަޔަކު އެހެންޓަވަރެއް ދިއްލާލާނަމަ ....
ބަބުރުލް ސަލީމް
08 May 2020
ސަޅިކަމެއް ތީ.
ޙައިރާން
08 May 2020
ދެކޮޅުނުޖެހޭ ކަންތައް. 10މިލިޔަން ބޮކި ދިއްލުމަށް ދާނެ ހަރަދުން ތިޔަ 10 މިލިޔަން ކޮއްތު ތައްޔާރު.ކޮއްލެވުމަކީ ހަމަ ދާދި ގާތްކަމެެއް. ވީމާ، ތި ބޮކި ނުދިއްލާ ތި 10 މިލިޔަން މީލް ހަމަޖައްސާދީބަ.