މާލޭގެ ޕެޓްރޯލް ޝެޑެއް--ފޮޓޯ:ހުސައިން ވަހީދު/މިހާރު
08 މެއި 2020 - 17:33
ޕެޓްރޯލް އެޅުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައިފި އެވެ.
ބީއެމްއެލް އިން ބުނީ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޕެޓްރޯލް ސްޓޭޝަންތަކުން ވެހިކަލްތަކަށް ތެޔޮ އެޅުމަށްފަހު ބީއެމްއެލްގެ ކާޑުތަކުން ފައިސާ ދެއްކޭނެ ކަމަށެވެ. މިގޮތަށް ހުޅުމާލެ އާއި މާލެއިން ވެސް ހިދުމަތް ލިބޭނެ އެވެ. ބީއެމްއެލްގެ ވިސާ ކާޑާއި އެމެރިކަން އެކްސްޕްރެސް އަދި މާސްޓާ ކާޑުން ވެސް ފައިސާ ދެއްކޭނެ އެވެ. ބީއެމްއެލްގެ ހުރިހާ ޕެޓްރޯލް ސްޓޭޝަންތަކުގައި ބީއެމްއެލް ޕީއޯއެސް ބަހައްޓާފައިވާ ކަމަށެވެ.
Refuelling made more convenient with BML cards! pic.twitter.com/O8VGJVt26s
— Bank of Maldives (@bankofmaldives) May 7, 2020
ބީއެމްއެލްގެ ޓްވީޓް
ބީއެމްއެލްގެ ކާޑުގެ ހިދުމަތްތައް ޕެޓްރޯލް ސްޓޭޝަންތަކުން ދިން އިރު މީގެ ކުރިން ޓެކްސީތަކުގައި ވެސް ބީއެމްއެލްގެ ކާޑުގެ ހިދުމަތް ބޭނުން ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވެ އެވެ.
ބީއެމްއެލް އިން ބުނީ، މި ހިދުމަތް ދިނުމަށްޓަކައި މަސައްކަތް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި މިއާ އެކު ވެސް ކަސްޓަމަރުންނަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ހުސެއިން
08 May 2020
ޕެޓްރޯލަށް ފައިސާ ދެއްކުނީމަ ނިމުނީތަ، ތިޔާ ކާރޑެއް ހޯދަން ފޯރމްލައިގެން އުލޭތާ ކޮވިޑައް ވީދުވަހެއް ވެއްޖެ، ކޮންްމެކަމެއް ކޮވިޑު ބޮލަށް ކަނޑާލީމަ ހުރިހާ ކަމެއް ނިމުނީ. ބޮއިހަލާކު...!!!
ސިމްޕަލް
08 May 2020
މިއީ ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމެއް. ޕެޓްރޯލް އަޅަންދާ ކޮންމެ ފަހަރަކު މިޚިދްމަތް ނުލިބެނީ ކީއްވެބާއޭ ހިތަށް އަރާ. މިކަމުން ޚިދުމަތުގެ ސްޕީޑް ވަރަށް ބާރުވާނެ.
ކާފަބޭ2020
09 May 2020
ހުއްޓާލަން ޖެހުނީ ބައެއް ބޭފުޅުންގެ އަމަލުފުޅުން ޕެޓްރޯލު އަޅާފަ ކާޑު ދިއްކޮށްލާއިރު އަދަދު ހަމަވާވަރަށް ކާޑުގައި ލާރި ނުހުންނަ ފަހަރު ދިމާވާން ފެށީމަ މައްސަލަ ޖެހޭތީ