11 މެއި 2020 - 10:17
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ރަންވީރު ސިންގްގެ "83" ގެ ސްކްރިޕްޓް ނިންމަން ދޮޅު އަހަރު ނެގި ކަމަށާއި މިއީ މިހާތަނަށް އެންމެ ބޮޑަށް ތައްޔާރުވާން ޖެހުނު ފިލްމު ކަމަށް ޑައިރެކްޓަރު ކަބީރް ޚާން ބުނެފި އެވެ.
ކުރިން މިދިޔަ މަހުގެ 10 ގައި ރިލީޒްކުރަން ތާވަލުލުކޮށްފައި ވަނިކޮށް، ކޮރޯނާވައިރަހާ އެކު އިންޑިއާގައި އިއުލާންކުރި ލޮކްޑައުންގެ ސަބަބުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ އެ ފިލްމަކީ އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރަން ކުރި މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.
މުމްބާއީ މިރާ އަށް ދިން އިންޓަވިއުއެއްގައި ކަބީރް ބުނީ "83" އަކީ މި ޖީލުގެ ވަރަށް ގިނަ ބަޔަކު ޓީވީން ބަލާފައިވާ ބޮޑު މުބާރާތަކަށް ހެދި ފިލްމަކަށްވާތީ ސްކްރިޕްޓަކީ އަސްލާ ވީހާ ވެސް އެއްގޮތަށް ގެނެސްދޭން މަސައްކަތްކުރަން ޖެހުނު އެއްޗެކެވެ. އެގޮތުން ވަރަށް ގިނަ ރިސާޗްތައް ހެދި ކަމަށް ބުންޏެވެ.
A victory that brought our nation together 💫
— Nadiadwala Grandson (@NGEMovies) March 7, 2020
Ranveer Singh as Kapil Dev, raising the 1983 World Cup trophy 🏆 #ThisIs83@RanveerOfficial @kabirkhankk @deepikapadukone #SajidNadiadwala @Shibasishsarkar @vishinduri @ipritamofficial @WardaNadiadwala pic.twitter.com/Q6L2KdJxvL
އޭގެ ތެރޭގައި އޭރު އިންޑިއާގެ ޓީމް މުބާރާތަށް ތައްޔާރުވާން ކުރި މަސައްކަތްތަކާއި ޓީމްގެ ވަކިވަކި ކުޅުންތެރިންގެ އަމިއްލަ ދިރިއުޅުމާއި މުބާރާތުގެ ތެރޭގައި ދިމާވި ހުރިހާ ކަމެއް ވަރަށް ބޮޑަށް ދިރާސާކުރި ކަމަށް ބުންޏެވެ. އެގޮތުން ފިލްމުގެ ހާދިސާތައް ރާވަން 100 ވަރަކަށް ވާހަކައިގެ ތެރެއިން 25 ވާހަކައަކަށް ނަގައި، އެ އެއްޗެހި ދިރާސާކުރި ކަމަށް ބުންޏެވެ.
"83" ހަދާފައި ވަނީ އިންޑިއާގެ ގައުމީ ކްރިކެޓް ޓިމްގައި އޭރު ތިބި ގިނަ ކުޅުންތެރިންގެ އެހީ ވެސް ވަރަށް ބޮޑަށް ހޯދައިގެންނެވެ. އޭރު ޓީމްގެ ކެޕްޓަނަކަށް ހުރީ ކްރިކެޓް ލެޖެންޑް ކަޕިލް ދޭވް އެވެ. އޭނާގެ ރޯލް ފިލްމުގައި ކުޅުނީ ރަންވީރު ސިންގެވެ. އަދި ފިލްމުގައި ކަޕިލްއާ އެކު އޭނާގެ އަންހެނުން އަދާކުރި ދައުރު ވެސް "83" ގައި ދައްކުވައިދޭނެ އެވެ. ކަޕިލްގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލް ކުޅުނީ، ރަންވީރުގެ އަންހެނުން ދީޕިކާ ޕަދްކޯން އެވެ.
"މީގައި ހަމައެކަނި ދައްކުވައިދޭނީ ކުޅުންތެރިން އަދާކުރި ދައުރު އެކަންޏެއް ނޫން. މުބާރާތުގެ ކޮމެންޓޭޓަރުންނާއި ކުޅިބެލި މީހުންގެ ދައުރު ވެސް ވަރަށް ބޮޑަށް ފިލްމުގައި ދައްކުވައިދޭނެ،"
"ބަޖިރަންގީ ބައިޖާން" އާއި "އޭކް ތަ ޓައިގާ" އަދި "ޓިއުބްލައިޓް" ފަދަ ފިލްމުތައް ގެނެސްދިން ކަބީރު ބުނީ އޭނާ މަސައްކަތްކޮށްފައި ވަނީ 83 ގެ މުބާރާތް އިންޑިއާ އިން ކާމިޔާބުކުރަން ދެއްކި ހިތްވަރު ވީހާ ވެސް ފުރިހަމަކޮށް ފިލްމުގައި ގެނެސްދޭށެވެ. އަދި ކުރެވުނު މަސައްކަތްތަކާ ދޭތެރޭ ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށް ބުންޏެވެ. ފިލްމުގެ ބޮޑުބައި ޝޫޓްކޮށްފައި ވަނީ 83 ގެ މުބާރާތް ބޭއްވި އިނގިރޭސިވިލާތުގަ އެވެ. އަދި ފިލްމުގެ ޝޫޓިން ފެށީ ކާސްޓުން ކްރިކެޓަށް ހައެއްކަ މަސް ދުވަހުގެ ޓްރޭނިންތަކެއް ވެސް ހެދުމަށް ފަހު އެވެ.
"މީގައި ހަމައެކަނި ދައްކުވައިދޭނީ ކުޅުންތެރިން އަދާކުރި ދައުރު އެކަންޏެއް ނޫން. މުބާރާތުގެ ކޮމެންޓޭޓަރުންނާއި ކުޅިބެލި މީހުންގެ ދައުރު ވެސް ވަރަށް ބޮޑަށް ފިލްމުގައި ދައްކުވައިދޭނެ،" ކަބީރް ބުންޏެވެ.
"83" ގެ ކާސްޓުންގެ ތެރޭގައި ސާގިބް ސަލީމް، ތާހިރު ރާޖް ބާސިން، އައްމީ ވާކް، ޖިވާ، ހާޑީ ސަންދޫ، ސާހިލް ޚައްތަރް، ޗިރާގް ޕަޓިލް، އަދިނާތު ކޮތާރޭ، އާރް ބަދުރީ، ދައިރިއާ ކަރްވާ، ޑިންކަރް ޝަރުމާ، ޖަތިން ސަރްނާ، ނިޝާންތު ދަހިޔާ، ބޮމަން އިރާނީ، ޕަންކަޖް ތުރިޕަތީ، ނީނާ ގުޕްތާ އަދި އަމްރިތާ ޕޫރީގެ އިތުރުން ވެސް ގިނަ ފަންނާނުންތަކެއް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy